[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދު ( الصلاة ) – 6

salat

ބަންގި އާއި ޤަމަތް

ބަންގި :

ބަހުގެ ގޮތުން الأذان (ބަންގި) ގެ މާނައަކީ ކަމަކާއި ބެހޭގޮތުން އަންގައިދިނުމެވެ.

ޝަރުޢީ އިޞްތިލާޙުގައި الأذان އަކީ ﷲ ތަޢާލާއަށް އަޅުކަމެއް ކުރުމުގެ ނިޔަތުގައި، ނަމާދުގެ ވަޤުތު ވަނުމުން، އެ ނަމާދުގެ ވަޤުތު ވަދެއްޖެކަން އަންގައިދިނުމުގެ ގޮތުން އިއްވާލެވޭ ޚާއްސަ ޒިކުރު ތަކެކެވެ.

( އެހެނީ ބަންގި އަކީ އަޅުކަމެކެވެ. އެހެން ކަމުން އެ ނިޔަތް އޮންނަން ޖެހޭނެއެވެ. )

ބަންގިއަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް އަމުރުކުރައްވާފައިވާ، ދީނުގައި ވާޖިބު އަޅުކަމެކެވެ. އަދި ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ބަންގީގެ ވާހަކަ ބަޔާންކުރައްވާފައި ވެއެވެ.

ޤަމަތް :

الإقامة ( ޤަމަތް ) އަކީ ބަހުގެ ގޮތުން، އެއްޗެއް ސީދާކޮށްލުމެވެ. ނުވަތަ ތެދުކޮށްލުމެވެ.

ޝަރުޢީ އިޞްތިލާޙުގައި الإقامة އަކީ ނަމާދު ކުރަން ތެދުވާ ވަޤުތު ޖެހުމުން، އަޅުކަމެއްގެ ގޮތުގައި ގޮވާލެވޭ ޚާއްސަ ޒިކުރު ތަކެކެވެ.

ބަންގި އާއި ޤަމަތުގެ މައިގަނޑު ތަފާތަކީ، ބަންގި ގޮވެނީ ނަމާދުގެ ވަޤުތު ވަނުމުން  ނަމާދަށް ތައްޔާރުވުމަށްޓަކައެވެ. ނަމަވެސް ޤަމަތް ދެވެނީ، ނަމާދުގެ ތެރެއަށް ވަނުމަށްޓަކައި އަދި އިޙްރާމް ބަނުމަށްޓަކައި ތެދުވަންވީ ވަޤުތު ވީކަން އަންގައިދިނުމަށެވެ.

ބަންގިގޮވުމާއި އާއި ޤަމަތާއި ނަމާދުގައި އިމާމުވުމާއި، މިތިން ކަމުގެ ތެރެއިން އެންމެ މާތްވެވެފައި މަތިވެރީ ކޮން ކަމެއްތޯއާމެދު ޢިލްމުވެރިންގެ ރައުޔު ތަފާތުވެފައި ވެއެވެ.   ނަމަވެސް، ބަންގިއާއި ބަންގިގޮވުމުގެ މަތިވެރިކަމާއި ބެހޭގޮތުން އައިސްފައިވާ ގިނަގުނަ ޙަދީޘްތަކަށް އަޅުގަނޑުމެން ނަޒަރު ހިންގައި ބަލައިލުމުން، އެންމެ ޞައްޙަ ގޮތެއް ކަމަށް ބުރަވެވެނީ، އެންމެ މާތްވެފައި މަތިވެރީ ބަންގި ގޮވުން ކަމެވެ.


  – ނުނިމޭ –

މަސްދަރު: މި ލިޔުމަށް މައިގަނޑުގޮތެއްގައި މަޢުލޫމާތު ނަގާފައިވާނީ ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން ( ރަޙިމަހުﷲ ) ގެ الشرح الممتع على زاد المستقنع އިން.