[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

كتاب الزكاة (4)

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ޒަކާތް ވާޖިބުވުމުގެ ޙިކްމަތް:

  1. މުދާ ޠާހިރުކޮށް އިތުރު ކުރުވުމާއި، މުދަލަށް ބަރަކާތް ލިބުމާއި، އާފާތްތަކުން މުދާ ސަލާމަތް ކުރުން.
  2. ޒަކާތް ދޭމީހާ ދަހިވެތިކަމުގެ ސިފައިން ޠާހިރު ކުރުވުން. އަދި އެމީހާގެ ފާފަ ފުއްސެވުމާއި، ﷲގެ މަގުގައި ހޭދަކުރުމަށް އާދަކުރުވުން.
  3. ފަޤީރުންނާއި، ފުދުންތެރިކަން ނެތްމީހުންގެ ޙާޖަތްތައް ފުއްދައިދިނުން.
  4. މުޖްތަމަޢުގެ ފަރުދުންގެ މެދުގައި އެއްބައިވަންތަކަމާއި ލޯބި އުފެއްދުން.

ޒަކާތް ވާޖިބުވަނީ ކޮންބައެއްގެ މައްޗަށް؟

ތިރީގައި ބަޔާންކުރެވޭ ޝަރުޠުތައް ފުރިހަމަވާ މީހުންގެ މައްޗަށް ޒަކާތްދިނުން ވާޖިބުވެގެންވެއެވެ.

  1. މުސްލިމަކު ކަމުގައިވުން: ކާފިރެއްގެ މައްޗަށް، ޒަކާތް ވާޖިބުވެގެން ނުވެއެވެ. އެހެނީ، ޒަކާތަކީ މާތްﷲގެ ޙަޟްރަތަށް ކުއްތަންވުމުގެ ގޮތުން ކުރެވޭ އަޅުކަމެކެވެ. އިސްލާމެއްގެ ފަރާތުން ނޫނީ އަޅުކަމެއް ޤަބޫލު ނުކުރެވޭނެއެވެ.
  2. މިނިވަނަކު ކަމުގައިވުން: އަޅުންގެ މައްޗަށް ޒަކާތްނެރުން ވާޖިބުވެގެންނުވެއެވެ. އެހެނީ އެމީހާއަކީ އަމިއްލަ މުދަލެއް ހުރި މީހެއްނޫނެވެ. އަދި އެމީހާއަކީ އެމީހާގެ ސާހިބުމީހާގެ މިލްކެކެވެ.
  3. ނިޞާބު ހަމަވުން:
  4. ނިޞާބުހަމަވެ، އަހަރު ހަމަވުން: މުދަލުގެ ވެރިމީހާގެ އަތުގައި މުދާ ހުރެ، ހަނދުމަހުން ފުރިހަމަ އެއްއަހަރުވުން. މިޝަރުޠަކީ ނަޢަމްސޫފިތަކާއި، ރަންރިހި އަދި ވިޔަފާރި މުދަލަށް ޚާއްޞަ ޝަރުޠެކެވެ.

=ނުނިމޭ=

____________________________________

مصدر: الفقه الميسر

މިލިޔުމުގެ އެހެންބައިތައް