[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 18

17760

ޤިޔާމަތްދުވަހުގެ ކުރިން އެއްވެސް މީހަކަށް ނަރަކަ ހަމަލޮލަށް ފެނުނު ހެއްޔެވެ؟

އަހަރުމެންނަށް ހަމަޔަޤީނުންވެސް އެނގޭ ގޮތުގައި ރަސޫލު ﷲ صلى الله عليه وسلم  ގެ ޙަޔާތުގައި، އެކަލޭގެފާނަށް ސުވަރުގެ ފެނިވަޑައިގެންނެވިގޮތަށް ނަރަކަވެސް ފެނިވަޑައިގަތެވެ. ޞަޙީޙުލް ބުޚާރީ އަދި މުސްލިމުގައި ޢަބްދު ﷲ ބުން ޢައްބާސް ކިބައިން ރިވާވެގެން އައިސްފައިވެއެވެ.

(إِنِّي رَأَيْتُ الجَنَّةَ، فَتَنَاوَلْتُ عُنْقُودًا، وَلَوْ أَصَبْتُهُ لَأَكَلْتُمْ مِنْهُ مَا بَقِيَتِ الدُّنْيَا، وَأُرِيتُ النَّارَ، فَلَمْ أَرَ مَنْظَرًا كَاليَوْمِ قَطُّ أَفْظَعَ، وَرَأَيْتُ أَكْثَرَ أَهْلِهَا النِّسَاءَ)

” ހަމަކަށަވަރުން ތިމަން ކަލޭގެފާނަށް ސުވަރުގެ ފެނުނެވެ. އަދި ސުވަރުގޭގެ މޭވާތަކުގެ ތެރެއިން މޭވާތަކެއް ނެންގެވުމަށް ތިމަންކަލޭގެފާނު އުޅުއްވީމެވެ. ތިމަންކަލޭގެފާނަށް އެނެންގެވުނު ނަމަ ތިޔަބައިމީހުން ދުނިޔެ ނިމުމާއި ހަމަޔަށް އެއިން ކެއީމުހެވެ. އަދި ތިމަން ކަލޭގެފާނަށް ނަރަކަ ދެއްކެވުނެވެ. އެއަށްވުރެ ބިރުވެރި ތަނެއް ތިމަންކަލޭގެފާނު ދުވަހަކުވެސް ނުދެކެމެވެ. އަދި ތިމަން ކަލޭގެފާނަށް ފެނުނީ އެނަރަކައިގެ ގިނަ އަހުލުވެރިންނަކީ އަންހެނުންކަމެވެ.”

އަދި ޞަޙީޙުލް ބުޚާރީގައި އަސްމާއު ބިންތު އަބޫބަކްރު ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.

(قَدْ دَنَتْ مِنِّي الجَنَّةُ، حَتَّى لَوِ اجْتَرَأْتُ عَلَيْهَا، لَجِئْتُكُمْ بِقِطَافٍ مِنْ قِطَافِهَا، وَدَنَتْ مِنِّي النَّارُ حَتَّى قُلْتُ: أَيْ رَبِّ، وَأَنَا مَعَهُمْ؟ فَإِذَا امْرَأَةٌ تَخْدِشُهَا هِرَّةٌ، قُلْتُ: مَا شَأْنُ هَذِهِ؟ قَالُوا: حَبَسَتْهَا حَتَّى مَاتَتْ جُوعًا، لاَ أَطْعَمَتْهَا ، وَلاَ أَرْسَلَتْهَا تَأْكُلُ )

މާނައީ:” ސުވަރުގެ ތިމަންކަލޭގެފާނާއި ކައިރިއަށް އައެވެ. އެއީ ތިމަންކަލޭގެފާނު ބޭނުންވެ ވަޑައިގެންނެވި ނަމަ އެއިން މޭވާވެސް ނެންގެވޭ ވަރަށެވެ. އަދި ނަރަކަ ތިމަންކަލޭގެފާނު ކައިރިއަށް ގެނެވުނެވެ. އެހިނދު ތިމަންކަލޭގެފާނު ޙަދީޘްކުރެއްވީމެވެ. އޭ ރައްބުވަންތަ އިލާހެވެ. ތިމަންކަލޭގެފާނު އެމީހުންގެ ތެރޭގައި ހުންނަވަނިކޮށް ހެއްޔެވެ؟ އެނަރަކައިގެ ތެރެއިން އަންހެނެއް ގައިގައި ބުޅަލެއް ވަކި އަޅަނިކޮށް ދެކެވަޑައިގަތީމެވެ. ތިމަންކަލޭގެފާނު ސުވާލު ކުރެއްވީމެވެ. މިއީ ކޮންކަމެއް ހެއްޔެވެ. އެބޭކަލުން ދެންނެވިއެވެ. އޭނަ އެބުޅާ ބަނޑު ހައިވެގެން މަރުވަންދެން ހިފާފައި ބެހެއްޓިއެވެ. އޭނަ އެބުޅަލަށް ކާކަށް ނުދެތެވެ. އަދި އެބުޅާ އަމިއްލަޔަށް ކާކަށް ދޫކޮށްވެސް ނުލިއެވެ.”

ކޮންމެ މީހަކުވެސް މަރުވުމަށް ފަހުގައި ކައްވަޅުގައި އެމީހަކަށް ސުވަރުގެ ނުވަތަ ނަރަކައިން ތައްޔާރުކުރެވިގެންވާ ޖާގަ ދެއްކެވޭނެއެވެ. އެމީހަކީ މުއިމިނަކު ކަމުގައިވާނަމަ ސުވަރުގެއިންނެވެ. އަދި ކާފަރަކު ކަމުގައި ވާނަމަ ނަރަކައިންނެވެ.

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ