[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 19

17760

ދުނިޔެއާއި އޭގެ އަހުލުވެރިންގެ މައްޗަށް ނަރަކައިން ކުރާ އަޘަރު

ޞަޙީޙުލް ބުޚާރީގައި އަބޫހުރައިރާ رضي الله عنه ގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.

(اشْتَكَتِ النَّارُ إِلَى رَبِّهَا فَقَالَتْ: رَبِّ أَكَلَ بَعْضِي بَعْضًا، فَأَذِنَ لَهَا بِنَفَسَيْنِ: نَفَسٍ فِي الشِّتَاءِ وَنَفَسٍ فِي الصَّيْفِ، فَأَشَدُّ مَا تَجِدُونَ مِنَ الحَرِّ، وَأَشَدُّ مَا تَجِدُونَ مِنَ الزَّمْهَرِيرِ )

މާނައީ: ” ނަރަކަ އޭގެ ރައްބުވަންތަ އިލާހު ޙަޟްރަތުގަައި ޝަކުވާ ކުރިއެވެ. ނަރަކަ ބުންޏެވެ. އޭ ރައްބުވަންތަ އިލާހެވެ. އަހަރެންގެ ބައެއް ބައިތައް އަނެއްބައި ބައިތައް ކާލައިފިއެވެ. އެހިނދު ﷲ ތަޢާލާ އެނަރަކަޔަށް ދެނޭވާ ބޭރުކުރުމުގެ އިޛްނަ ދެއްވިއެވެ. އެއްނޭވާ ފިނިމޫސުމުގައެވެ. އަދި އަނެއް ނެވާ ހޫނުމޫސުމުގައެވެ. އެހެންވެ ތިޔަބައި މީހުންނަށް ގަދަ ހޫނުކަން ހޫނުމޫސުމުގައި ފޯރައެވެ. އަދި ގަދަ ފިނިކަން ފިނިމޫސުމުގައި ފޯރައެވެ.”

އަދި ޞަޙީޙުލް ބުޚާރީގައި އަބޫސަޢީދު رضي الله عنه ގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.

(أَبْرِدُوا بِالصَّلَاةِ، فَإِنَّ شِدَّةَ الْحَرِّ مِنْ فَيْحِ جَهَنَّمَ)

މާނައީ: “(ހޫނުކަން ވަރަށް ގަދަވެއްޖެކަމުގައި ވާނަމަ) އެހޫނުކަން މަޑުވެއްޖައުމަށް ދާންދެން ނަމާދުކުރުން  މަޑުކޮށްލާށެވެ. އެހެނީ ގަދަ ހޫނުކަމަކީ ނަރަކައިގެ މަތީގެ ހޫނުކަން ގަދަވެ އެފެތުރިގެންދާހިނދު އަންނަ އެއްޗެކެވެ.”

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ