[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުޙައްމަދު (صلى الله عليه وسلم) އަކީ ކޮން ބޭކަލެއް؟ 7

muhammadh

އާދެ! މިއީ އެނަބިއްޔެއްގެ ނަބީކަމަށް އެ ރަސޫލެއްގެ ރަސޫލުކަމަށް އަޅުގަނޑުމެން ހެކިވެގެން ތިބި މުޙައްމަދު (صلي الله عليه وسلم) ގެ ކުރުކުރު ޚުލާސާއެކެވެ. އެނަބިއްޔާގެ މުއްސަނދި ސިޔަރަތުން ހޮވާލެވުނު މަދު މަޢުލޫމާތުކޮޅެކެވެ. ޣައިރު މުސްލިމުން އެބޭކަލެއްގެ ނަމޫނާގެ މައްޗަށް ހެކިވެފައިވާ، އަދި އަޅުގަނޑުމެން އަޅުގަނޑުމެންގެ ފުރާނައަށްވުރެ ވެސް އެ ބޭކަލެއްއްދެކެ ލޯބިވާންޖެހޭ ބޭކަލެއްގެ ވާހަކައެވެ. ޞަޙާބީބޭކަލުން އެކަލޭގެފާނުގެ ދިފާޢުގައި އެބޭކަލުންގެ މޭތަށް ލޮންސިތަކާއި ތީރުތަކަށް ކުރިމަތި ކުރުވިއެވެ. އެ ޝަޚްސިއްޔަތުގެ ދިފާއުގައި އަޅުގަނޑުމެންނަށް ކުރެވުނީ ކޮންކަމެއްތޯ ސުވާލުކުރަން އެބަޖެހެއެވެ.

 އެކަލޭގެފާނުގެ ސުންނަތްތައް އަގެއްނެތް އެއްޗެއްގެ ގޮތުގައި އަޅުގަނޑުމެންގެ ޙަޔާތުން އެއްފަރާތް ކޮށްފައިވާއިރު އެކަލޭގެފާނަކީ  ހޫނުވެގެންވާ ޤިޔާމަތް ދުވަހު މިއުއްމަތުގެ މައްޗަށްޝަފާޢަތްތެރި ވާނެ ބޭކަލެވެ. ކޮންމެ މީހަކު ނަފްސީ ނަފްސީ ގޮވަމުންދާނެ އެ ޤިޔާމަތްދުވަހު އެކަލޭގެފާނު އިސްކުރައްވާނީ އެކަލޭގެފާނުގެ އުއްމަތެވެ. ރިވެތިވެގެންވާ ދިރިއުޅުމެއް އެކަލޭގެފާނު ދައްކަވައިފަ ވާއިރު އެއަށް އަޅުގަނޑުމެންގެ ދިރިއުޅުން އަމާޒު ނުކުރެވެނީ ކީއްވެގެންތޯ ސުވާލު ކުރަން އެބަޖެހެއެވެ. ކާމިޔާބުވާނެ ހުރިހާ ސިފަތަކާއި ގޮތްތަކެއް ބަޔާންކޮށްދެއްވާފައިވާއިރު ޣައިރު މުސްލިމުންގެ ގޮތްތަކާއި އުޅުންތައް އަޅުގަނޑުމެންނަށް ކަމު ދިޔުމަކީ ހައިރާން ވާންޖެހޭ ކަމެކެވެ. އެކަލޭގެފާނު މިއަދުވަނީ އަވަހާރަވެފައެވެ. ފަސްގަނޑުގެ ދަށުގައި ވަޅުލެވިފައެވެ. ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ.

إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ ﴿٣٠﴾ الزمر

މާނައީ : (ހަމަކަށަވަރުން ކަލޭގެފާނީ، އަވަހާރަވާނޭ ބޭކަލެކެވެ. އަދި ހަމަކަށަވަރުން، އެއުރެންނީވެސް މަރުވާނޭ ބަޔެކެވެ.)

ދުނިޔެ ދޫކޮށް ﷲގެ ދާޢިމީ ރަޙްމަތަށް ދަތުރުކުރެއްވި އިރު މިލުކުގައި އެއްވެސް އެއްޗެއް ދޫކުރައްވާފައެއް ނުވެއެވެ. ހަމައެހެންމެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރުމަށް ބޭނުންވާނެ އެއްވެސް ކަމެއް ބަޔާން ނުކޮށް ދޫކޮށްލާފައެއްވެސް ނުވެއެވެ.

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް