[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الفاتحة ގެ ތަފްސީރު – 1

بسم الله الرحمن الرحيم

އަލް ފާތިޙާ ސޫރަތަށް އަލް ފާތިޙާއޭ ކިޔުނީ އެ ސޫރަތުން ޤުރުއާން ފެށިފައިވާތީއެވެ. އަދި ބުނެވޭ ގޮތުގައި މި ސޫރަތަކީ އެންމެ ފުރަތަމަ އެއްކޮށް ބާވައިލެއްވި ސޫރަތެވެ.

ޢިލްމުވެރިން ވިދާޅުވާގޮތުގައި މި ސޫރަތުގައި ޤުރުއާނުގެ މާނަތައް ޖުމްލަގޮތެއްގައި ހިމެނިގެންވެއެވެ. މިގޮތުން ތައުޙީދާއި، ޙުކުމްތަކާއި، ޖަޒާއާއި، އިންސާނުން އުޅޭ ގޮތްތަކާއި، އެހެނިހެންކަންތަކެވެ. މި ސޫރަތަށް “އުއްމުލް ޤުރުއާން” ގެ ނަމުން ނަންދެވިގެންވަނީ މިހެންވެއެވެ. އެއްޗެއްގެ މަރުޖިޢު އަށް “އުއްމު” އޭ ކިޔެއެވެ.

އެހެން ސޫރަތްތަކާއި މި ސޫރަތާއި ތަފާތުވާ ޚާއްޞަކަންތައްތަކެއް މި ސޫރަތަށް ލިބިގެންވެއެވެ. މިގޮތުން ބާލާއިރު ޝަހާދަތަށް ފަހު އިސްލާމްކަމުގެ އެންމެ މާތް ރުކުން ކަމުގައި ނަމާދުގައި މި ސޫރަތް ކިޔެވުމަކީ ރުކުނެކެވެ. އެހެނީ ނަމާދުގައި އަލްފާތިޙާ ސޫރަތް ނުކިޔަވާ މީހާގެ ނަމާދު ޞައްޙަ ނުވާނެއެވެ. އަދި މި ސޫރަތަކީ ރުޤުޔާ އެކެވެ. މި ސޫރަތައް ބަލިމީހެއްގެ ގާތުގައި ކިޔަވައިފިކަމުގައި ވަނީނަމަ ﷲ ގެ އިޒުނަފުޅާއި އެކީ އެމީހަކުގެ ބަލި ފަސޭހަވެއެވެ. އެހެނީ މި ސޫރަތް ސޫތްޕެއް ވިހަޖަހާފައިވާ މީހެއްގެ ކައިރީގެ ކިޔެވުމުން އެ މީހާ ރަނަގަޅުވުމުން އެ ކިޔެވި މީހާއަށް ނަބިއްޔާ ޞައްލަﷲ ޢަލަިއިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ

 ((و ما يدريك أنها رقية ))

މާނައީ” ތިބާއަށް އެއީ ރުޤުޔާއެއްކަން އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟”

ބައެއް މީހުންވަނީ މި ސޫރަތާއި މެދު ބިދުޢަތަކެއް ހަދާފައެވެ. މިގޮތުން ދުޢާކޮށް ނިންމާލުމަށް މި ސޫރަތް ކިޔަވައެވެ. އަދި ޚުޠުބާތައް ފެށުމަށްޓަކައި މި ސޫރަތް ކިޔަވައެވެ. އަދި ބައެއް މުނާސަބަތު ތަކުގައި މި ސޫރަތް ކިޔަވައެވެ. މިއީ ރަނގަޅުގޮތެއް ނޫނެވެ. ބައެއް މިހުން ދުޢާ ކުރުމަށް ފަހު އޭނާގެ ވަށައިގެން ތިބޭ މީހުންނާ ދިމާލަށް “އަލްފާތިޙާ” އޭ ކިޔާ ގޮވާތީ ފެންނާނެއެވެ. އެބަހީ ތިޔަބައިމީހުން އަލްފާތިޙާ ކިޔަވާށެވެ. އަދި ބައެއް މީހުން އެބައިމީހުން ގެ ޚުޠުބާތައް ފަށަނީ މި ސޫރަތުންނެވެ. ނުވަތަ މި ސޫރަތް ފަދަ އެހެން ސޫރަތްތަކުންނެވެ. މިއީވެސް ރަނގަޅުގޮތެއް ނޫނެވެ. އެހެނީ އަޅުކަން ވަނީ ޤުރުއާނާއި ސުންނަތުން އެކަމެއް ޘާބިތުނުވާހާ ހިނދަކު މަނާވެގެނެވެ. އަދި އަޅުކަންތައް ބިނާވެގެންވަނީ ޤުރުއާން އާއި ސުންނަތަށް ތަބަޢަވުމުގެ މައްޗަށެވެ.

=ނުނިމޭ=

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الفاتحة  ގެ ތަފްސީރުގެ ތަރުޖަމާއެވެ.

 

سورة الفاتحة  ގެ ތަފްސީރު