[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 15

womens rights

އިސްލާމްދީނުގައި އަނބިންނަށްވަނީ ވަރަށް މަތިވެރި ދަރަޖައެއް ދެއްވާފައެވެ. އެއީ އޭނާގެ ފިރިމީހާގެ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަވުން ކަމުގައި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((مَنْ رَزَقَهُ اللَّهُ امْرَأَةً صَالِحَةً، فَقَدْ أَعَانَهُ اللَّهُ عَلَى شَطْرِ دِينِهِ، فَلْيَتَّقِ اللَّهَ فِي الشَّطْرِ الثَّانِي)) [صحيح الترغيب والترهيب]   

މާނައީ: “މާތް ﷲ މީހަކަށް ޞާލިޙް އަތްނބަކު ދެއްވައިފިނަމަ އޭނާގެ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަ ކުރުމުގައި އެހީތެރިވެދެއްވައިފިއެވެ. ބާކީ އޮތް ބަޔާމެދު ތިޔަބައިމީހުން މާތް ﷲ އަށް ތަޤްވާވެރިވާށެވެ.”

އެހެން ރިވާޔަތެއްގައި ވެއެވެ.

ﷲ ވަނީ އަންހެނުން ހެއްދެވުން، އެއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެއް ކަމުުގައި ޤުރުއާނުގައި ބަޔާންކުރައްވާފައެވެ.

وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ﴿٢١﴾ [سورة الروم]

މާނައީ: “ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.”

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް