[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލް އިމާމު އަޙްމަދު: أحمد بن حنبل – إمام أهل السنة – 5

imaam ahmed

 

أبو يعلي الموصلي ވިދާޅުވިއެވެ. أحمد بن إبراهيم الدورقي ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“އަޙްމަދު ބުން ޙަންބަލް އާއިމެދު މީހަކު ނުބައިގޮތަކަށް ވާހަކަދައްކާ އަޑު ތިޔަބައިމީހުންނަށް އިވިއްޖެނަމަ އެމީހެއްގެ އިސްލާމުކަމާއިމެދު ތުހުމަތުކުރާށެވެ.”[1]

أبو نعيم އެކަލޭގެފާނުގެ ސަނަދުން، سعيد بن الخليل الخزاز ގެ އަރިހުން ރިވާކުރެއްވިއެވެ.

“އަޙްމަދު ބުން ޙަންބަލް ބަނީ އިސްރާއިލުންގެ ތެރެއިން ވީނަމަ ފާޅުވެގެންހުރު އާޔަތެއް ކަމުގައި ވީހެވެ.”[2]

المزني ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ އަރިހުގައި އިމާމު ޝާފިޢީގެފާނު ވިދާޅުވިއެވެ.

“ތިމަންކަލޭގެފާނު ބަޣުދާދުން ޒުވާނަކު ދެކުނީމެވެ. އެބޭފުޅަކު ތިމަންމެންނަށް ޙަދީޘް ރިވާކުރެއްވިއޭ ބުނެވިއްޖެނަމަ އެންމެހާ މީސްތަކުން ބުނެއެވެ. އެކަލޭގެފާނު އެހެދީ ތެދެކެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އެއީ ކޮންބޭކަލެއްތޯއެވެ؟ ވިދާޅުވިއެވެ. އަޙްމަދު ބުން ޙަންބަލްއެވެ.”[3]

إمام الأئمة ابن خزيمة ވިދާޅުވިއެވެ. محمد بن سحتوية ވިދާޅުވަނިކޮށް އަޑުއެއްސެވީމެވެ. أبو عمير بن النحاس الرملي އިމާމު އަޙުމަދުގެ ވާހަކަ ޛިކުރު ކުރައްވަމުން ވިދާޅުވާ އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“އެކަލޭގެފާނަށްވުރެ ދުނިޔެއަށް ކެތްތެރި މީހަކު ނުވެއެވެ. އަދި މާޒީވެ ގޮސްފައިވާ މީހުންގެ ތެރެއިން އެކަލޭގެފާނާއި އެއްފަދަ މީހަކު ނުވެއެވެ. އަދި ޞޯލިޙުންގެ ތެރެއިން އެކަލޭގެފާނާއި ހަމައަށް ފޯރި މީހަކު ނުވެއެވެ. އެކަލޭގެފާނަށް ދުނިޔެ ހުށައެޅުނެވެ. ދެންފަހެ އެކަލޭގެފާނު އެކަމާ ދެކޮޅުހެއްދެވިއެވެ. އަދި އެކަލޭގެފާނަށް ބިދުޢަ ހުށައެޅުނެވެ. ދެންފަހެ އެކަލޭގެފާނު އެކަން ނަފީ ކުރެއްވިއެވެ.”[4]

أبو داود ވިދާޅުވިއެވެ.

“އިމާމް އަޙުމަދުގެ ޢިލްމީ މަޖުލިށްތަކަކީ އާޚިރަތުގެ މަޖުލީސް ތަކެކެވެ. ދުނެވީ އެއްވެސް ކަމަކާއި ބެހޭގޮތުން އެކަލޭގެފާނުގެ މަޖުލީށްތަކުގައި ވާހަކަފުޅު ނުދައްކަވައެވެ.”[5]

الخطيب އެކަލޭގެފާނުގެ ސަނަދުން أحمد بن سعيد الدارمي ގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“އަޙަމަދު ބުން ޙަންބަލްގެ ބޮލަށްވުރެ ކަޅު، އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުތަށް އެބޭކަލަކަށްވުބޮޑަށް ހިތުދަސް އަދި އެބޭކަލަކަށްވުރެ ފިޤުހުވެރި، އަދި ޙަދީޘް ބަސްފުޅުތަކުގެ މާނަ އެބޭފުޅަކަށްވުރެ ބޮޑަށްދަންނަ ބޭކަލެއް ތިމަންކަލޭގެފާނު ދެކިވަޑައި ނުގަންނަވަމެވެ.”[6]

އަދިވެސް އެކަލޭގެފާނުގެ ސަނަދުން عبد الله بن أحمد بن حنبل ގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. أبو زرعة الرازي ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“އަޙްމަދު ބުން ޙަންބަލް އެތައް ހާސް ޙަދީޘެއް ހިތުދަސްކުރައްވާފައި ވެއެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. ކަލޭގެފާނަށް އެނގެނީ ކޮންގޮތަކުންތޯއެވެ؟ ވިދާޅުވިއެވެ. އެކަލޭގެފާނާއި އެކު ތިމަންކަލޭގެފާނު ކިޔަވާވިދާޅުވީމެވެ. (ޢިލްމުގެ) އެތަކެއް ބާބެއް ތިމަންކަލޭގެފާނު އެކަލޭގެފާނުގެ އަރިހުން އުނގެނުނީމެވެ.”[7]

أبو نعيم އެކަލޭގެފާނުގެ ސަނަދުން خلف بن سالم ގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

الخطيب އެކަލޭގެފާނުގެ ސަނަދުން محمد بن الحسين الأنماطي  ގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ތިމަންބޭކަލުން މަޖުލީސްއެއްގައި ވީމެވެ. އެމަޖުލީހުގައި يحيى بن معين އާއި أبو خيثمة އާއި زهير بن حرب އާއި އަދިވެސް ބޮޑެތި ޢިލްމުވެރިންގެ ޖަމާޢަތެއްގެ ބޭކަލުން ތިއްބެވިއެވެ. ދެންފަހެ އެބޭކަލުން އަޙުމަދު ބުން ޙަންބަލް އަށް ޘަނާ ކިޔުއްވަމުން ގެންދެވިއެވެ. އަދި އެކަލޭގެފާނުގެ މާތްކަން ބަޔާންކުރަމުން ގެންދެވިއެވެ. ދެންފަހެ މީހަކު ބުނެފިއެވެ. އެންމެ ފަހުން ތިބުނި ބަހަށްފަހުގައި ދެން އިތިރަށް ތިވާހަކަތައް ދިގު ނުކުރާށެވެ. ދެންފަހެ ޔަޙްޔާ ބުން މުޢީނު ވިދާޅުވިއެވެ. އަޙްމަދު ބުން ޙަންބަލްއަށް ޘަނާކިޔުމަށް އިންކާރު ކުރަނީ ހެއްޔެވެ؟ އެކަލޭގެފާނަށް ޘަނާ ކިޔުމަށްޓަކައި ތިމަންބޭކަލުން ޚާއްޞަ މަޖުލީހެއްބޭވި ކަމުގައި ވީނަމަވެސް އެކަލޭގެފާނުގެ މާތްކަމެއް އެންމެ ފުރިހަމަ ގޮތުގައި ބަޔާނެއް ނުކޮށްދެވޭނެއެވެ.”[8]

(ނުނިމޭ)


[1]  تاريخ بغداد (4/520)، وذكر المزي في التهذيب الكمال (1/457)

[2]  حلية الأولياء, (9/166)

[3]  وسير أعلام النبلاء للذهبي (11/195)

[4]  السابق (11/198)

[5] السابق (11/199)

[6]  تاريخ بغداد (4/419)

[7]  السابق (11/419، 420)

[8]  تاريخ بغداد (4/421)

މިލިޔުމުގެ އެހެންބައިތައް