[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 32

17760

  1. ހިޖްރަކުރުމަށް މަނާވެގަތް މީހުން:

މުސްލިމު ޤައުމަކަށް ހިޖްރަކުރުމުގެ ފުރުސަތު އޮތްކަމުގައި ވާނަމަ، ކާފަރު ޤައުމެއްގައި މުސްލިމުން ދިރިއުޅުން ހުއްދަ ވެގެން ނުވެއެވެ. ޚާއްޞަކޮށް އެގައުމެއްގައި އުޅުމުން މުސްލިމުން އެކި ފިތުނަތަކަށް ހުށަހެޅޭ ކަމަށް ވާނަމައެވެ. އެހެންވެ ﷲ ތަޢާލާ ހިޖްރަކުރުމުން މާނާވެގަތް މީހުންގެ ޢުޛުރު ގަބޫލެއް ނުކުރައްވާނެތެވެ. އަދި މަލާއިކަތުން އެބައިމީހުންގެ މަރު ހިއްޕަވާ ހިނދު އެބައިމީހުންނާއި ހަރުކަށިކޮށް މުޢާމަލާތް ކުރައްވާނެތެވެ. އަދި އެބައިމީހުން ތިމަންމެންވީ ބިމުގައި ނިކަމެތިކަން ލިބިގެންވީ ބައެއް ކަމުގައިބުނާ ބުނުމެއް ޤަބޫލެއް ނުކުރައްވާނެތެވެ.

ﷲ ވަޙީކުރެއްވިއެވެ.

(إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ قَالُوا فِيمَ كُنتُمْ ۖ قَالُوا كُنَّا مُسْتَضْعَفِينَ فِي الْأَرْضِ ۚ قَالُوا أَلَمْ تَكُنْ أَرْضُ اللَّـهِ وَاسِعَةً فَتُهَاجِرُوا فِيهَا ۚ فَأُولَـٰئِكَ مَأْوَاهُمْ جَهَنَّمُ ۖ وَسَاءَتْ مَصِيرًا ﴿٩٧﴾ إِلَّا الْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ لَا يَسْتَطِيعُونَ حِيلَةً وَلَا يَهْتَدُونَ سَبِيلًا ﴿٩٨﴾) [سورة النساء]

މާނައީ: “ހަމަކަށަވަރުން އެއުރެންގެ ނަފްސުތަކަށް އަނިޔާވެރިވެގެން ތިބޭ ޙާލުގައި، މަލާއިކަތުން، އެއުރެންގެ މަރު ހިއްޕަވާ މީހުންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުން އުޅުނީ ކޮންގޮތެއްގައިހޭ؟ އެއުރެން ދަންނަވާނެތެވެ. ތިމަންމެންވީ، ބިމުގައި ނިކަމެތިކަން ލިބިގެންވީ ބަޔަކު ކަމުގައެވެ. އެބޭކަލުން ވިދާޅުވާނެތެވެ. ތިޔަބައިމީހުން، އެ ބިމުގައި ހިޖުރަކުރުމަށް ﷲގެ ބިން ތަނަވަސްވެގެންނުވޭހޭ؟ ފަހެ (ޤިޔާމަތް ދުވަހުން) އެއުރެން ތިބެނިވި ތަނަކީ ނަރަކަޔެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ.[97] (ހިޖުރަކުރާނެ) ގޮތެއްގެ ކުޅަދާނަކަން ލިބިގެންނުވާ، އަދި، (ހިޖުރަޔަށް) ދާނެމަގެއް ފެނިފައިނުވާ ނިކަމެތި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން މެނުވީއެވެ.”

މިއާޔަތުގައި ﷲ ތަޢާލަ ޢުޛުރު ގަބޫލޫ ކޮށްފައިވާ މީހުންނަކީ ހިޖުރަކުރާނެ ގޮތެއްގެ ކުޅަދާނަކަން ލިބިގެންނުވާ، އަދި، ހިޖުރަޔަށް ދާނެމަގެއް ފެނިފައިނުވާ ނިކަމެތި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން އެކަންޏެވެ.

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ