[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 16

womens rights

އެއްވެސް އަންހެނަކާ އޭނާގެ ނުރުހުމުގައި ކައިވެނިކުރުމީ ރަނގަޅުކަމެއް ނޫނެވެ.

އަންހެނާއަށް ރަނގަޅު މީހަކު ހޯދައިދީ ރަނގަޅު ގޮތްތައް މައިންބަފައިންނަށްވެސް އަދި ހެޔޮއެދޭ އެހެން މީހުންނަށްވެސް ބުނެދެވިދާނެއެވެ. އިރުޝާދު ދެވިދާނެއެވެ. އަދި މިފަދައިން ނަސޭޙަތާއި އިރުޝާދު ދިނުމީ ތިބާގެ މުސްލިމް އުޚްތަށް ކޮށްދެވޭ ހެޔޮކަމެކެވެ. އެއީ މަޖުބޫރުކުރުވުމެއް ނޫނެވެ. ކައިވެނި ކުރުމުގައި އެކައިވެނި ވެވޭ ދެމީހުންގެ ރުހުމާއި ޤަބޫލު އޮންނަން ޖެހެއެވެ.

މަޖުބޫރުން ކައިވެނިކުރުމާ ގުޅޭގޮތުން ޙާދިޘާއެއް ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ހުށަހެޅުނު ކަމުގައި އިބްނު ޢައްބާސް ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް އަންހެނަކު ވަޑައިގެން ދެންނެވިއެވެ. ތިމަންނާގެ ބައްޕަ ތިމަންނާގެ ރުހުމާއި ނުލައި، މަޖުބޫރުން ކައިވެނި ކުރުވައިފިއެވެ. އެހިނދު ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް އޭނާއަށް އެކައިވެނި ކުރިއަށް ގެންދިއުމާ އަދި އުވާލުމުގެ އިޚްތިޔާރު ދެއްވިއެވެ. (މުސްނަދު އަޙްމަދު-  2469)

މިހާދިޘާއިން ވަރަށް ޞަރީޙާކޮށް ކައިވެންޏަށް މަޖުބޫރު ނުކުރުމަށް ބާރުއަޅާފައިވެއެވެ.

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް