[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 17

womens rights

ދެމަފިރިންނީ ޢުމުރު އެކުގައި ހޭދަކޮށް އާއިލާއެއް ބިނާކުރުމަށްޓަކައި ދެމީހުންމެ އެއްބަސްވެ ޢަހުދުވެފައިވާ ދެމީހުންނެވެ. އަދި ދެމީހުންވެސްވަނީ އެކަކު އަނެކަކުގެ ފަރާތުން ހިތުން ރުހުމުން އެތައް ބޭނުންތަކެއް ފުއްދާފައެވެ. އެހެންކަމުން އެކަކުވެސް އަނެކާއަށް ދީފައިވާ އެއްޗެއް އަތުލުމީ ރަނގަޅުގޮތެއް ނޫނެވެ. ކައިވެނީގެ ރަނާ ބެހޭގޮތުން ﷲ ވަޙީކުރައްވާފައިވެއެވެ.

وَكَيْفَ تَأْخُذُونَهُ وَقَدْ أَفْضَىٰ بَعْضُكُمْ إِلَىٰ بَعْضٍ وَأَخَذْنَ مِنكُم مِّيثَاقًا غَلِيظًا ﴿٢١﴾  [سورة النساء]

މާނައީ:” ތިޔަބައިމީހުން އެތަކެތި އަތުލަނީ ކޮންފަދަޔަކުން ހެއްޔެވެ؟ ތިޔަބައިމީހުންގެ ތެރެއިން އެއްބަޔަކުވަނީ އަނެއްބަޔަކާއެކު އެއްދާންކޮށްފައެވެ. އަދި، އެކަނބަލުންވަނީ، ތިޔަބައިމީހުންގެ ކިބައިން ގަދަވެގެންވާ ޢަހުދެއް ހިފާފައެވެ.”

ކައިވެނީގެ ގުޅުމުގެ ސަބަބުން ދެމީހުންނަށްވެސް އެކަކު އަނެކަކަށް ވާ ޙައްޤުތަކެއް ވެއެވެ.

وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ وَاللَّـهُ عَزِيزٌ حَكِيمٌ ﴿٢٢٨﴾ [سورة البقرة]

މާނައީ:” ޝަރުޢީ ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤުވެގެން ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ. اللَّه އީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.”

ﷲ ތަޢާލާވަނީ މިއާޔަތުގައި ދެމީހުންގެ މައްޗަށްވެސް ވާޖިބުތަކެއް ވާކަން ބަޔާންކުރައްވާފައެވެ. މިއާޔަތުގައި ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވާކަން ބަޔާންކުރައްވާފައި އެބަވެއެވެ. ނަމަވެސް އެއީ އަންހެނާ ދައްވުމެއް ނޫނެވެ. އެއީ އޭނާއަށް ލިބުނު ލުއި ފަސޭހައެކެވެ. އެއީ މިއާޔަތުގައި އެވާ ދަރަޖައިގެ ތަފްޞީލް އަންނަނިވި އާޔަތުން ބަލާލުމުން އެވީގޮތް ރަންގަޅަށް އެނގިގެންދާތީއެވެ.

(الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّـهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ…) [سورة النساء ٣٤]

 މާނައީ:”ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމް ވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު اللَّه މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ.”

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް