[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: ސުނާމީއާ ގުޅިފައިވާ ފުން ހިތާމަ

الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.

2004ވަނަ އަހަރު ޑިސެމްބަރ މަހުގެ 26 ވީ އާދީއްތަ ދުވަހު ރާއްޖޭގެ ރަށްރަށަށް ސުނާމީ އެރި ޙާދިޘާއަކީ ބިރުވެރި ހިތާމަވެރި ނުރައްކާތެރި ކަމެއްކަމުގައި ސިފަކުރެވޭ ކަމެކެވެ. “ސުނާމީ” މިބަހަކީ ދިވެހިން މީގެ ކުރިން ދަންނަ ބަހެއްނޫނެވެ. އަދި އެތަޖްރިބާއަކީ މީގެކުރިން ދިވެހިންކޮށްފައިވާ ތަޖްރިބާއެއްވެސް ނޫނެވެ. ބިރުވެރިކަމުގެ އިންތިހާއެވެ. ވީނުވީއެއް ނޭނގި ތިއްބާ އެތައްބައެއްގެ ފުރާނަ ގެއްލި، ގެދޮރު ހަލާކުވެ، އަގުހުރި މުދާތަކެއް ގެއްލިގެން ދިޔައެވެ. ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

މިމަޟްމޫނަކީ، ރާއްޖެއަށް ސުނާމީ އެރުމާ ގުޅިގެން، އެދުވަސްވަރު “ދަރުމަ” މަޖައްލާގައި ސިލްސިލާކޮށް އަޅުގަނޑު ލިޔުނު ލިޔުމެކެވެ. ފަހެ، ﷲ ހަނދުމަކުރުމަކީ ކޮންމެ ޙާލެއްގައިވެސް، މުސްލިމުން އަބަދުވެސް ކުރަންޖެހޭ ކަމެކެވެ. އެއީ ހުރިހައި ގޮތަކުން ފައިދާކުރަނިވި ކަމެކެވެ.

އަޅަމެންގެ ވެރިރަސްކަލާކޮ! އަޅެމެންނަށް ދުނިޔެއާއި އާޙިރަތުގައި ބާއްޖަވެރިކަން ދެއްވާނދޭވެ! އާމީން!

އައްޝައިޚު އާދަމް ނަސީމް

 

ފޮތުގެ ނަން ސުނާމީއާ ގުޅިފައިވާ ފުން ހިތާމަ
ތަރުޖަމާކުރީ އައްޝައިޚު އާދަމް ނަސީމް (ބީއޭ ނަސީމް) – رحمه الله
ޞަފްޙާގެ ޢަދަދު  72 ޞަފްޙާ
ފައިލް ސައިޒް 836 KB

 

 

ފޮތް ޑައުންލޯޑު ކުރައްވާ