[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 28

womens rights

އަދި އެއީ ފާފަތައް ފުއްސެވުމާއި ހެޔޮޢަމަލު ޤަބޫލުވެވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. މާތް ﷲ ވަޙީކުރައްވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.

وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا  [سورة الأحقاف]

މާނައީ: “އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ…”

މިއާޔަތުގައި މައިންބަފައިންނަށް އިޙްސާންތެރިވުމާއި ގުޅޭގޮތުން ވަޙީކުރައްވާފައިވާ ބަސްފުޅު ނިންމަވައިލައްވަމުން ޖެހިގެން އޮތް އާޔަތުގައި، އެކަމުގެ ދަރުމައާއި ޘަވާބުގެ އުފާވެރިކަމުގެ ޚަބަރުވަނީ ދެއްވާފައެވެ.

أُولَـٰئِكَ الَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا وَنَتَجَاوَزُ عَن سَيِّئَاتِهِمْ فِي أَصْحَابِ الْجَنَّةِ ۖ وَعْدَ الصِّدْقِ الَّذِي كَانُوا يُوعَدُونَ ﴿١٦﴾  [سورة الأحقاف]

މާނައީ: “އެއުރެންނީ، އެއުރެން ކުޅަ ހެޔޮކަންބޮޑު ޢަމަލުތައް އެއުރެންގެ ކިބައިން ތިމަންރަސްކަލާނގެ ޤަބޫލުކުރައްވައި، އެއުރެންގެ ކުށްތައް ތިމަންރަސްކަލާނގެ ފުއްސަވައި، ސުވަރުގޭގެ އަހުލުވެރިންގެ ތެރޭގައި ލައްވާނެ މީހުންނެވެ. (އެއީ) އެއުރެންނަށް ވަޢުދުކުރައްވަމުން ގެންދެވި ތެދު ވަޢުދެވެ.”

ހަމައެފަދައިން އެއީ މާތް ﷲ ގެ ރުއްސެވުން ޙާޞިލްވެގެންދާނެ ކަމެކެވެ. އަދި އެއީ ދުޢާ ޤަބޫލުކުރެއްވުމާއި ފާފަފުއްސެވުމުގެ ސަބަބެއް
އެކަމުގެ މައްޗަށް އޮތް ދަލީލަކީ ކީރިތި ރަސޫލު ﷲ صلى الله عليه وسلم ގެ ޙަދީޘްގައި ބަނީއިސްރާއީލު މީހުންގެ ތެރެއިން ތިންމީހަކު ފަރުބަދައެއްގެ ހޮހަޅައަށް ރޭކުރުމަށްޓަކައިވަނުމުން، ހޮހަޅައިގެ ދޮރުމައްޗަށް ބޮޑު ހިލައެއް ވެއްޓި އެމީހުން ހޮހަޅަ ތެރޭގައި ތާށިވި ހާދިސާ ބަޔާންކުރައްވާފައިވާ ވާހަކައެވެ. އެވާހަކައިގައި ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވިފައިވާ ހެޔޮ ޢަމަލަކުން ދަންނަވައި މާތް ﷲ އަށް ދުޢާކުރިއެވެ. އަދި އެދުޢާގެ ސަބަބުން އެމީހުން ސަލާމަތްކޮށްދެއްވިކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. އެތަނުން އެކަކު ދުޢާކުރިއެވެ.

اللَّهُمَّ إِنَّهُ كَانَ لِى وَالِدَانِ شَيْخَانِ كَبِيرَانِ وَامْرَأَتِى وَلِىَ صِبْيَةٌ صِغَارٌ أَرْعَى عَلَيْهِمْ فَإِذَا أَرَحْتُ عَلَيْهِمْ حَلَبْتُ فَبَدَأْتُ بِوَالِدَىَّ فَسَقَيْتُهُمَا قَبْلَ بَنِىَّ وَأَنَّهُ نَأَى بِى ذَاتَ يَوْمٍ الشَّجَرُ فَلَمْ آتِ حَتَّى أَمْسَيْتُ فَوَجَدْتُهُمَا قَدْ نَامَا فَحَلَبْتُ كَمَا كُنْتُ أَحْلُبُ فَجِئْتُ بِالْحِلاَبِ فَقُمْتُ عِنْدَ رُءُوسِهِمَا أَكْرَهُ أَنْ أُوقِظَهُمَا مِنْ نَوْمِهِمَا وَأَكْرَهُ أَنْ أَسْقِىَ الصِّبْيَةَ قَبْلَهُمَا وَالصِّبْيَةُ يَتَضَاغَوْنَ عِنْدَ قَدَمَىَّ فَلَمْ يَزَلْ ذَلِكَ دَأْبِى وَدَأْبَهُمْ حَتَّى طَلَعَ الْفَجْرُ فَإِنْ كُنْتَ تَعْلَمُ أَنِّى فَعَلْتُ ذَلِكَ ابْتِغَاءَ وَجْهِكَ فَافْرُجْ لَنَا مِنْهَا فُرْجَةً نَرَى مِنْهَا السَّمَاءَ. [رواه مسلم]

މާނައީ: “އޭ ﷲ! އަޅާގެ މުސްކުޅިވެފައިވާ މައިންބަފައިންނާއި އަންބަކާއި ކުޑަ ދަރިންތަކެއްވެއެވެ. އެމީހުންނަށް ކާންބޯންދިނުމަށްޓަކައި ކުރާ މަސައްކަތަކީ ބަކަރިހުއިހެއްޕުމެވެ. ބަކިރިހުއިހެއްޕުމަށްފަހު އެނބުރިއަންނައިރު ގެންނަ ކިރުން އެންމެ ފުރަތަމަ ބޯންދެނީ އަޅާގެ ދަރިންނަށްވެސް ދިނުމުގެ ކުރީގައި މައިންބަފައިންނަށެވެ. ދެން އެއްދުވަހަކު މަސައްކަތް ބުރަވުމުގެ ސަބަބުން އެނބުރިއާދެވުނީ އިރުއޮއްސުނު ފަހުންނެވެ. އެއިރު މަންމައާއި ބައްޕަ ނިދައިފިއެވެ. ދެން އަޅާ ކިރުފެލައިގެން ގެނައި ކިރު ކަންވާރު ހިފައިގެން އެދެމީހުންގެ ބޯލާކޮޅުގައި ހުރީއެވެ. އެދެމީހުންގެ ނިދިން ހޭލައްވައިލުމަށް ނުކުރިގެންނެވެ. އަދި އެދެމީހުންގެ ކުރީގައި ދަރިންނަށް އެކިރުން ބޯންދިނުމަށް ހިތްހަމަނުޖެހިގެންނެވެ. އެހިނދު އެ ތުއްތު ކުދިންތައް އަޅާގެ ގާތުގައި ބަނޑުހައިވެގެން ރޮއެވެ. އެގޮތުގައި އަޅާއާއި އެކުދިން ފަތިސްވަންދެން ތިބެއްޖައީމެވެ. ތިމަންއަޅާ އެގޮތަށް އެކަކުންކުރީ އިބަރަސްކަލާނގެ ވަޖުހަފުޅުއަދައިގެން ކަމުގައިވާނަމަ، ތިމަންމެން މިތިބަތަނުން ނުކުމެވޭނެ ގޮތެއް މިންވަރުކުރައްވާނދޭވެ.” (ދެން ތިންމީހުންގެ ދުޢާގެ ބަރަކާތުން، އެ ހިލަ ފުރޮޅިގެންގޮސް އެ ހޮހަޅައިން އެމީހުން ސަލާމަތްވެގެން ދިޔައީއެވެ.)

މި ޙަދީޘްގައި ބަޔާންކޮށްދެއްވާފައި އެވަނީ، މައިންބަފައިންގެ ޙައްޤުގައި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ މީހާގެ ދުޢާ އިޖާބަކުރައްވާކަމެވެ.

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް