[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 29

womens rights

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ، ތިބާގެ ދަރީން ތިބާއަށް ހެޔޮކޮށް ހިތުމަށް މެދުވެރިވާ، އަދި ދަރިން އިޞްލާޙުވާނޭ ކަމެވެ. ދުނިޔޭގެ ކަންތައްތައް ހިނގާ އުޞޫލަކީ، ތިމާ ކުރާ ޢަމަލުތަކާ އެއްފަދަ ގޮތެއް ތިމާއަށް މެދުވެރިވުމެވެ. އެހެންކަމުން މައިންބައިފައިންނަށް ހެޔޮކޮށްހިތައި އިޙްސާންތެރިވެ އޯގާތެރިވުމަކީ، ތިބާގެ މުސްކުޅި ޙަޔާތުގައި ދަރީންގެ އޯގާތެރިކަން ލިބޭނޭކަމެއްކަމުގައި ވެގެންދާނެއެވެ.

އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމީ ﷲ ފޮނުއްވި އެންމެހައި ނަބިއްޔުންނާއި ރަސޫލުންގެ ވެސް ސުންނަތެެކެވެ.
ޔަޙްޔާގެފާނާ ބެހޭގޮތުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

وَبَرًّا بِوَالِدَيْهِ وَلَمْ يَكُن جَبَّارًا عَصِيًّا  [سورة مريم]

މާނައީ: “އަދި އެކަލޭގެފާނުގެ މައިބަފައިކަލުންނަށް ހެޔޮކޮށް ހިއްތަވާ ބޭކަލަކު ކަމުގައިވިއެވެ. އަދި ނުކިޔަމަންތެރި، ޖައްބާރަކު ކަމުގައި އެކަލޭގެފާނު ނުވެއެވެ.”

ޢީސާގެފާނާ ބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ.

وَبَرًّا بِوَالِدَتِي وَلَمْ يَجْعَلْنِي جَبَّارًا شَقِيًّا [سورة مريم]

މާނައީ: “އަދި މިއަޅާގެ މަންމައަށް ހެޔޮކޮށް ހިތާމީހަކު ކަމުގައިވުމަށްވެސްމެއެވެ. އަދި މިއަޅާޔަކީ އަބާއްޖަވެރި، ޖައްބާރަކު ކަމުގައި ނުލައްވަތެވެ.”

އިސްމާޢީލްގެފާނާ ބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ. فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّـهُ مِنَ الصَّابِرِينَ [سورة الصافات]

މާނައީ: “ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ قربانކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެތެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް أمرކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ.”

ބަޔާންވެދިޔަ ހުރިހާ ދަލީލުތަކަކުންވެސް ބަޔާންވެގެން ދަނީ އިސްލާމްދީނުގައި މައިންނަށް ދެވިފައިވާ ޤަދަރެވެ. މައިންނީ ފަބައިންނަށްވުރެ 3 ގުނައަށް މާތް ކުރެވިފައިވާ މީހެއް ކަމެވެ. އަދި އޭނާއަށް އަޅާލައި އޯޤާތެރިވުމީ އެކަމަށް އަމުރުކުރައްވާފައިވާ ކަމެއް ކަމާއި، އެކަން ނުކޮށްފިނަމަ އެތައް ދަތި އުންދަގޫ ތަކެއް ކުރިމަތިވެގެންދާނެ ކަމެއް ކަމެވެ.

އެހެންކަމުން އިސްލާމްދީނުގައި އަންހެނުންގެ މަޤާމަކީ ކުޑަ މަޤާމެއް ނޫނެވެ. ފިރިހެންނުންނާއި އަންހެނުންގެ މެދު އެކިއެކި ތަފާތުތައް ހުރި ނަމަވެސް އިސްލާމްދީނުގައި ދެޖިންސައްވެސް އެންމެ ފުރިހަމަ ޢަދުލުވެރިކަމުގައި ޙައްޤުތައް ލިބިދީފައިވާ ކަމެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّـهَ وَرَسُولَهُ ۚأُولَـٰئِكَ سَيَرْحَمُهُمُ اللَّـهُ ۗ إِنَّ اللَّـهَ عَزِيزٌ حَكِيمٌ  [سورة التوبة]

މާނައީ: “މުއުމިނު ފިރިހެނުންނާއި، މުއުމިނު  އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް أمر ކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ. އަދި އެއުރެން ނަމާދު ޤާއިމް ކޮށް، ޒަކާތް ދީ، اللَّه އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވެތެވެ. އެއުރެންނަށް اللَّه ރަޙުމަތް ލައްވާހުށްޓެވެ. ހަމަކަށަަވަރުން، اللَّه އީ، ޢަޒީޒް ވަންތަ ޙަކީމް ވަންތަ ރަސްކަލާނގެއެވެ”.

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް