[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނިފާޤުކަން 7

nifaq

އަދިވެސް ޙުޒައިފާ ބުނުލް ޔަމާންގެ އަރިހުން އައިސްފައިވެއެވެ.

 عَنْ حُذَيْفَةَ رَضِيَ اللَّهُ عَنْهُ ، قَالَ : دُعِيَ عُمَرُ لِجِنَازَةٍ ، فَخَرَجَ فِيهَا أَوْ يُرِيدُهَا فَتَعَلَّقْتُ بِهِ فَقُلْتُ : ” اجْلِسْ يَا أَمِيرَ الْمُؤْمِنِينَ ، فَإِنَّهُ مِنْ أُولَئِكَ ، فَقَالَ : نَشَدْتُكَ اللَّهَ أَنَا مِنْهُمْ ، قَالَ : لا وَلا أُبَرِّئُ أَحَدًا بَعْدَكَ ” .

ޙުޒައިފާގެފާގެފާނުގެ އަރިހުން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ” ޢުމަރުގެފާނަށް ޖަނާޒާއަކަށް ގޮވާލެވުމުން އެޖަނާޒާގައި ބައިވެރިވުމަށް ނުކުމެވަޑައިގަތެވެ. ނުވަތަ ބޭނުންވިއެވެ. ފަހެ ތިމަންކަލޭގެ އެކަލޭގެފާނާއިއެކު ތެދުވެވަޑައިގަތީމެވެ. އަދި ދެންނެވީމެވެ. އޭ ޢަމީރުލް މުއުމީނީންއެވެ! އިށީންދެވަޑައިގަންނަވާށެވެ. ފަހެ ހަމަކަށަވަރުން އޭނާވަނީ އެބައިމީހުންގެ ތެރެއިންނެވެ. އެބަހީ: މުނާފިޤުންގެ ތެރެއިންނެވެ. އެހިނދު ވިދާޅުވިއެވެ. ﷲގެ ޙަޟްރަތުން އެދެމެވެ. ތިމަންކަލޭގެފާނުވަނީ އެމީހުންގެ ތެރެއިން ހެއްޔެވެ؟ ދެންނެވިއެވެ. ނޫނެކެވެ. ކަލޭގެފާނަށްފަހު އެއްވެސް މީހަކު ތިމަންކަލޭގެފާނު އެކަމުން ބަރީއަ ނުކޮށްދެއްވާނަމެވެ.”

އަދިވެސް އިބުން އަބީ މުލައިކާ ވިދާޅުވެފައިވެއެވެ. ” ނަބިއްޔާ (صلى الله عليه وسلم)  ގެ އަޞްޙާބުންގެ ތެރެއިން ތިރީސް ބޭކަލުންނާއި ތިމަންކަލޭގެފާނާއި ބައްދަލުވެވަޑައިގަތެވެ. އެހުރިހާ ބޭކަލުންވެސް އެބޭކަލުންގެ ނަފްސުގެ މައްޗަށް ނިފާޤުވެދާނެ ކަމުގެ ބިރުވެތިވެއެވެ. އަދި އޭގެ ތެރެއިން އެއްވެސް ބޭކަލެއް ވިދާޅެއްނުވެއެވެ. ހަމަކަށަވަރުން އެބޭކަލެއްވަނީ ޖިބުރީލުގެފާނާއި މީކާއީލުގެފާނުގެ އީމާންކަމާއި އެއްފަދަގޮތެއްގައެވެ.”

 _____________________________________

މުތަރްޖިމުގެ ނޯޓް: ޙުޒައިފާ ބުނުލް ޔަމާންއަކީ ނަބިއްޔާ (صلى الله عليه وسلم)  މުނާފިޤުންގެ ނަންތައް ބަޔާންކޮށްދެއްވި ޞަޙާބީއެވެ. އެހެންވެ އެކަލޭގަފާނު އުމަރުގެފާނަށް އެކަން މަނާ ކުރެއްވީއެވެ.