[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 34

womens rights

  • ފާތިމަތު ބިންތު ޤައިސް

ފާތިމަތު ބިންތު ޤައިސް އަކީވެސް މުސްލިމުންގެ ރަންޒަމާނުގައި ޢިލްމުވެރިއެކެވެ. އެކަމަނާއަކީ ޙުކުމްތަކުގެ ޢިލްމުގައި، ޤަޟާގެ ޢިލްމުގައި އަރާހުންނެވި ބޭކަނބަލެކެވެ. ޢުމަރު ރަޟިޔަﷲ ޢަންހު އާއި ޢައިޝަތު ރަޟިޔަﷲ ޢަންހާ އެކަމަނާގެ ރައުޔުތަކާއިމެދު ދެބަސްވެވަޑައި ނުގަންނަވާކަމުގައިވެއެވެ. އެއީ އެކަމަނާގެ ޢިލްމު އެކަމުގައި ފުރިހަމަކަމުންނެވެ.

އިމާމު އައް ނަވަވީ ވިދާޅުވެފައިވެއެވެ. :

“އެކަމަނާއަކީ އެންމެ ކުރީކޮޅު ހިޖުރަކުރެއްވި ބޭކަނބަލެކެވެ. އަދި ތޫނުފިލި، ޞާލިޙު ބޭކަނބަލެކެވެ.

  • އަނަސްގެފާނު މަންމާފުޅު އުންމު ސުލައިމް

އުންމު ސުލައިމްއަކީ ޞަޙާބިއްޔާއިންގެ ތެރެއިން ވަރަށް ބޮޑަށް މީސްތަކުން އިޙްތިރާމްކުރާ ބޭކަނބަލެކެވެ.

ޙާފިޒު އިބްނު ޙަޖަރު އެކަމަނާއަށް މާތްކޮށް ހިތްތަވައި ވިދާޅުވެއެވެ.

” އެކަމަނާގެ ރަނގަޅު ކަންކަމަކީ ބަޔާންކުރެވޭ ވަރަށްވުރެ ގިނަ ކަންތައްތަކެކެވެ. އެކަމަނާއަކީ ވަރަށް މަޝްޙޫރު ބޭކަނބަލެކެވެ. އިމާމް ނަވަވީ އެކަމަނާއަށް “ޞަޙާބިއްޔާއިންގެ ތެރެއިން އެންމެ މޮޅު ޢިލްމުވެރިޔާއެވެ.” ވިދާޅުވާކަމުގައި ވެއެވެ.”

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް