[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިފްކުގެ ޙާދިޘާ 2

Ifku ge haadhisaa

 

ރަސޫލާ صلى الله عليه  وسلم ރަށުން ބޭރަށް ދަތުރުފުޅަކު ނިކުމެވަޑައިގަންނަވާ ކޮންމެ ފަހަރަކު އެކަލޭގެފާނުގެ އަނބިކަބަލުންގެ ތެރެއިން އަނބިކަނބަލެއް އަރިހުގައި ގެންދަވަން ބޭނުންފުޅުވެވަޑައިގެންފިނަމަ އެންމެހާ އަނބިކަނަބަލުންގެ މެދުގައި ގުރުލައްވައެވެ. އަދި އެދަތުރެއްގައި ދިޔުމަށް ފުރުޞަތުލިބިވަޑައިގަންވާ އަނބިކަނބަލެއް އެކަލޭގެފާނުގެ އަރިހުގައި ގެންދަވައެވެ. އެގޮތުގެމަތިން ރަސޫލާ صلى الله عليه  وسلم ގެ އަރިހުގައި ބަނުލްމުޞްޠޮލިޤް ހަނގުރާމައަށް ނިކުމެވަޑައިގަތުމައްޓަކައި އަރިހުގައި ގެންދަވާނެ އަނބިކަނބަލެއް ޚިޔާރުކުރެއްވުމައްޓަކައި އެކަލޭގެފާނގެ އަނބިކަނބަލުންގެ މެދުގައި ގުރުނެންގެވިއެވެ. އަދި ކަންދިމާކުރިގޮތުން އެދަތުރުގައި ބައިވެރިވުމުގެ ފުރުޞަތު ޢާއިޝާ رضي الله عنها އަށް ލިބިވަޑައިގެންނެވިއެވެ. އެހެންކަމުން އެކަމަނާ އެދަތުރުފުޅަށް ތަންމަތިފުޅު ބަންނަވައި ތައްޔާރުވެވަޑައިގެން އިތުރުއެކަލޭގެފާނުގެ އަރިހުގައި ދަތުރުފެއްޓެވިއެވެ.

ﷲ ތަޢާލާގެ ރަޙްމަތާއި ފަޟްލުވަންތަކަމުން ރަސޫލާ صلى الله عليه  وسلم ގެ ޤިޔާދަތުގައި ކުރެވުނު މިހަނގުރާމައިގައި މަތިވެރިވެގެންވާ ނަޞްރެއް މުސްލިމުންގެ ލަޝްކަރަށް ލިބިގެން ދިޔައެވެ. އެއާއެކު ހަނގުރާމައިން ލިބިވަޑައިގެންނެވި ނަޞްރާމެދު އުފާފުޅުކުރައްވާ ޙާލު އެކަލޭގެފާނާއި އެކަލޭގެފާނުގެ އަރިހުގައި ވަޑައިގެންނެވި އެންމެހާ މުޖާހިދުން މަދީނާއަށް އަނބުރާ އައުމަށް ދަތުރުފުޅު ތައްޔާރު ކުރެއްވިއެވެ. އަދި މަދީނާގައި ތިއްބެވި އަޞްޙާބުބޭކަލުންނާއި އަހުލުވެރިންނަށް މިއުފާވެރި ޚަބަރު ފޯރުކޮށްދެއްވުމަށް އަވަސްވެވަޑައިގެން މަދީނާއާ ދިމާލަށް މިސްރާބު ޖެއްސެވިއެވެ.

އޭރުގެ ދަތުރުފަތުރުގެ ކަންކަން ހުންނަ ގޮތުންގެމަތިން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެކަލޭގެފާނުގެ ޤާފިލާއާއެކު މަދީނާއަށް އެނބުރިވަޑައިގެން މަގުމަތީގައި ރޭގަނޑުވުމުން ރާސްތާގެ ވަކިހިސާބަކަށް މަޑުކުރުމަށްފަހު ސަވާރީތައް ބަނޑުޖައްސައި ، ހައުދަޖުތައް ތިރިކުރެވުނެވެ. (ހައުދަޖަކީ: އެޒަމާނުގައި ދަތުރުކޮށް އުޅުނުއިރު ޖަމަލު މަތީގައި އަންހެން ކަނބަލުން އުފުލުމައްޓަކައި ހަރުކޮށްފައިހުންނަ ކުޑަގެއެއް ކަހަލަ އެއްޗެކެވެ). އަދި ދަތުރުގެ ބާކީ އޮތްބައި ފުރިހަމަ ކުރުމައްޓަކައި ހަށިގަނޑަށް ބޭނުންވާނެ ރާހަތް ލިބިގަނެ ،  ދުވަހުގެ ދިގު ދަތުރުން ލިބިފައިވާ ވަރުބަލިކަން ފިލުވާލައި ރޭގަނޑުގެ ނަމާދުތައް އަދާކުރުމަށްޓަކައި މަރުކަޒުކުރެވުނެވެ.

 

(ނުނިމޭ)

 

ގުޅޭ އިހުގެ ލިޔުންތައް:

އިފްކުގެ ޙާދިޘާ 1