[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 37

womens rights

އެގޮތުން އަންހެނާ ވަޒީފާއަށް ނުކުތުކުގެ ކުރިން ބަލާލަން ޖެހޭ ބައެއް ކަންތައްތައް އެބަހުއްޓެވެ.

  • އޭނާ ކޮންމެހެން ވަޒީފާއެއް އަދާކުރުމަށް ޙާޖަތެއް އޮތުން
  • އެވަޒީފާއަކީ އަންހެނަކަށް އެކަށީގެންވާފަދަ ވަޒީފާއެއް ކަމުގައިވުން
  • އެވަޒީފާ އަދާކުރުމުގައި ހިލޭފިރިހެނުންނާއި މަސްހުނިނުވާ ގޮތުގައި ވަޒީފާގެ މާހައުލު އޮތުން
  • އިސްލާމްދީނުގައިވާ ފުރިހަމަ ޙިޖާބުން ޙިޖާބުވެގެންހުރެ އަދާކުރެވޭ ވަޒީފާއަކަށްވުން
  • މަހުރަމަކާ ނުލައި ދަތުރުނުކުރުން
  • ވަޒީފާ އަދާކުރުމުގައި އެއްވެސް ޙަރާމްކަމެއް ކުރުމަށް ނުޖެހުން
  • އޭނާގެ މައްޗަށްވާ ވާޖިބުތަކަށް ހުރަސްއެޅޭ ކަމެއްކަމުގައި އެވަޒީފާ ނުވުން

މިކަންކަން ފުރިހަމަވާ ގޮތުގެ މަތިން އަންހެނުން ވަޒީފާއަށް ދިއުމީ މަނާކުރައްވާފައިވާ ކަމެއް ނޫނެވެ.

ޝައިޚް އުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ.

“އަންހެނުން ވަޒީފާ އަދާކުރާ މާހައުލަކީ އެކަނބަލުންނަށް ޚާއްޞަކުރެވިފައިވާ މާހައުލުތަކެވެ. މިސާލަކަށް އަންހެނުންނަށް ކިޔަވައިދިނުން، އެޑްމިނިސްޓްރޭޓިވް ނުވަތަ އޭނާ އޭނާގެ ގޭގައި މަސައްކަތް ކުރުމެވެ. މިސާލަކަށް އަންހެނުންނަށް ހެދުން ފެހުންފަދަ ކަންކަމެވެ.”

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް