[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 38

womens rights

އަންހެނުން މުދާ މިލްކުކުރުމާއި ތަސައްރަފްކުރުން:

ނަބިއްޔާ صلى الله عليه وسلم ގެ ރިސާލަތުގެ ކުރިން، އެކި ޒަމާންތަކުގައި އަންހެނުން ވިޔަފާރީގެ މުދަލެއްގެ ގޮތުގައި ބޭނުންކުރެވެމުން ދިޔަކަމީ ތާރީޚުން ފެންނަން އޮތް ޙަޤީޤަތެކެވެ. އަންހެނާ ވައްޓާލެވިފައިވާ މިނިކަމެތި ހާލުން ނަގައި ވިއްކާލެވޭ މުދަލެއްގެ މަގާމުން، އޭނާއަކީވެސް ފިރިހެނުން ފަދައިން މުދާ ގަނެވިއްކާ މީހެއްގެ ޙައްޤު އޮންނަމީހަކަށް ބަދަލުކޮށްލަދިނީ އިސްލާމްދީނެވެ. އޭގެ ކުރީގައި އޭނާވީ އޭނާގެ ބައްޕަ އަދި ފިރިމީހާ ބޭނުންވެއްޖެ ޙާލަތެއްގައި ވިއްކާލެވޭ ވިޔަފާރި މުދަލެއްފަދަ އެއްޗަކަށެވެ. އަދި ފިރިމީހާ މަރުވުމަށްފަހު އޭނާގެ ވާރުތަވާ މުދަލާއި އެކު އެހެން މީހުންނަށް އެއަންހެނާގެ އެއްވެސް އިޒުނައަކާއި ނުލައި ވާރުތަކުރާ މުދަލެއްގެ ޙައިޞިއްޔަތެއްގައެވެ.

އިސްލާމްދީނުގައި އަންހެނުން މުދާހޯދުމަކީ ޙަރާމްކުރެވިފައިވާ ކަމެއް ނޫނެވެ. އޭނާއާއި އެކަށީގެންވާ ވަޒީފާއެއް އޭނާ އަދާކުރުމަށް އިސްލާމް ދީން ހުއްދަ ދީފައިވެއެވެ. ފިރިހެނުންނަށް ޚާއްޞަ މަސައްކަތްތައް ހުންނަ ފަދައިން އަންހެންނަށްވެސް ކޮންމެ މަސައްކަތެއް ނުކުރެވޭނެތެވެ. އެހެންކަމުން އޭނާއަށްވެސް އަދާކުރެވޭ ފަދަ އެކަށީގެންވާ މަސައްކަތެއް ކުރުމީ އިސްލާމްދީން ހުއްދަކުރާ ކަމެކެވެ. އަދި ހަމައެއާއިއެކު ދެޖިންސައްވެސް މުދާހޯދުމުގައި އިސްލާމްދީން ހުއްދަކުރާ ގިއުގަނޑުގެ ތެރޭގައި މެނުވީ މުދާ ހޯދުމާއި މިލްކުކުރުން ހުއްދައެއް ނުވެތެވެ. އެހެންކަމުން މުދަލާއި ފައިސާ ހޯދުމަށް ވަޒީފާއަކަށް ދާން ބޭނުންވާނަމަ ފިރިހެނާއަށް ޝަރުޠުތަކެއްވާ ފަދައިން އަންހެނާއަށްވެސް ޝަރުޠުތަކެއް ވެތެވެ.

އެގޮތުން މުދާ ހޯދާ ގޮތަކީ އިސްލާމްދީނުގައި ޙަލާލް ގޮތަކަށް ވާންޖެހެއެވެ. އަދި ހޯދޭ ފައިދާއަކީ ހުއްދަގޮތުގައި ހޯދޭ އެއްޗަކަށް ވާންޖެހެއެވެ. ﷲ ޙަރާމްކުރައްވާފައިވާ އެއްވެސް ގޮތަކުން އާމްދަނީ ހޯދުމަކީ ފިރިހެނަކަށް އަދި އަންހެނަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ. މިސާލަކަށް ﷲ ޙަރާމް ކުރެއްވި ތަކެތި ގަނެވިއްކުމާއި އޭގެން ލިބޭ މަންފާ ބޭނުންކުރުމީ ހުއްދަކަމެއް ނޫނެވެ.

އަދި ހަމައެއާއިއެކު އަނބިމީހާ ހޯދާ އާމްދަނީއިން ފިރިމީހާއަށް ނުވަތަ ދަރީންނަށް ނުވަތަ ގެއަށް ވިޔަސް، އެއްވެސް ޚަރަދެއްކުރުމީ އަންހެނާގެ މައްޗަށް އޮތް ވާޖިބެއް ނޫނެވެ. އެކަން ވަނީ ފިރިހެނުންގެ މައްޗަށްވާ ވާޖިބެއްގެ ގޮތުގައެވެ. ނަމަވެސް އަންހެނާއަށް ލިބޭ އާންމުދަނީއަކީވެސް ހެޔޮގޮތުގައި ހޭދަކުރެވޭ އެއްޗެއްކަމުގައި ހަދަންވާނެއެވެ. އެހެނީ އެއީވެސް ހަމަ ﷲ ގެ ރިޒުޤެވެ.

އެހެންކަމުން އިސްލާމްދީނުގައި އަންހެނުންނަށް މުދާ ހޯދުމާއި މިލްކުކުރުން މިވަނީ ކަނޑައަޅުއްވާފައެވެ. މީގެން އެނގިގެންދަނީ ހުޅަނގަށް ވުރެ 1400 އަހަރުކުރިން އިސްލާމްދީނުގައި ވަނީ އަންހެނުންނަށް “ރައިޓްސް” ދެއްވާފަކަމެވެ.

އެންމެ ފުރަތަމަ ހުޅަނގުން އަންހެނުންނަށް އެމީހުންގެ ފިރިންގެ ހުއްދައެއް ނެތި މުދާ ހޯދުމާއި މިލްކުކުރުމުގެ ހުއްދަ ދީފައިވަނީ  1870 ވަނަ އަހަރުއެވެ. އެއީ  SPECIAL MARRIED WOMEN PROPERTY ACT ގެ ދަށުންނެވެ. މި ޤާނޫނު 1982، އަދި 1987 ގައި ވަނީ އަލުން މުރާޖާކުރެވިފައެވެ.

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް