[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޣީބަބުނުމުގެ ޙަޤީޤަތާއި އޭގެ ނުރައްކާތެރިކަން! – 10

* ބައެއްމީހުން އެމީހުނަށް ނަސޭހަތްދީ އެމީހެއްގެ ކައިރީގައި ﷲ އަށް ބިރުވެތިވާށޭ ، މީސްތަކުންގެ ވާހަކަ ދައްކައި، އެމީސްމީހުންގެ އަބުރަށް ނާރާށޭ ބުނެފިކަމުގައި ވަނީނަމަ، އެމީހެއްގެ ޣީބަބުނެ ހަދައެވެ. އަދި ޖަވާބުގައި ބުނެއެވެ. “މިވާހަކަތައް އޭނާގެ ކުރިމަތީގައި ބުނަންވެސް ތިމަންނަ ޖެހިލުމެއް ނުވަމެވެ. ނޫނީ “އޭނާގެ ވާހަކަ މިގޮތަށް ދެއްކިކަމުގައި ވީނަމަވެސް މިކަމާ އޭނާ ރުޅިއެއް ނާންނާނެއެވެ.” ނަމަވެސް އެއަޚާ ރުޅިނާންނާނެ ކަން ތިބާއަށް އެނގުނީ ކިހިނަކުން ހެއްޔެވެ؟ ނޫނީ ތިބާގެ ކައިރީގައި އެވާހަކަދެއްކި ނަމަވެސް އޭނާ ތިބާގެ ފުށުން އެހެން މީހަކަށް އެވާހަކަ އަޑުއިވުމަށް ނުރުހިދާނެ ނޫން ހެއްޔެވެ؟ ނަމަވެސް އެކަން ނޭނގޭ ޙާލުގައިވެސް މީސްތަކުންގެ މެދުގައި އެވާހަކަ ފެތުރުމުގައި، އޭނާގެ ވާހަކަ އޮމާންކޮށް ރީތި ކުރަން މަސައްކަތް ކުރެއެވެ.

* އޭ ލޮބުވެތި އަޚާއެވެ! ތިބާ ދައްކާފައިވާ ވާހަކައެއް، ނޫނީ ބުނެފައިވާ ޖުމުލައެއް އެވާހަކަ ދެކެވުނު މަޖިލިހެއް ނިމުމުން އެކަން ހަނދާންނެތިދާނެއެވެ. ނަމަވެސް އެވާހަކަތަށް ﷲ ގެ ޙަޟްރަތުގައި ލިޔެވި، ތިބާއަށްޓަކައި ރައްކާކުރެވިފައިވާކަން ދަންނާށެވެ! އަދި ޤިޔާމަތްދުވަހުން ﷲ ސުބުޙާނަހޫ ވަތަޢަލާގެ ޙަޟްރަތުގައި އެކަނި ހުއްޓެން ޖެހޭ ހިނދު ތިބާ ކޮށްފައިވާ ހެޔޮކަން ތަކުން އެބައި ނެގި އުނިވާނެކަން ދަންނާށެވެ! ތިބާ އެމީހެއްގެ ޣީބަބުނެފައިވާނަމަ ތިބާގެ ހެޔޮކަމުން އެ މީސްތަކުންނަށް، ދޭންޖޭހޭނެކަން ދަންނާށެވެ. އަދި ތިބާގެ ހެޔޮކަން އެގޮތުގައި ހުސްވުމުން ތިބާ ޣީބަބުނެފައިވާމީހާ ކޮށްފައިވާ ނުބައިކަންތައް ތިބާ އުފުލަން ޖެހިދެއެވެ. އެފަދަ ބޮޑުވެގެންވާ ބިރުވެރި ދުވަހެއްގައި ތިބާގެ ހެޔޮ ޢަމަލުތަކުން ބައި އަޅަން ޖެހުމަށްވުރެ ވަކިން ބޮޑު މުޞީބާތެއް މީހަކަށް ކުރިމަތި ވެދާނެ ހެއްޔެވެ؟ އަދި އެކަން ކުރިމަތި ވެގެންދާނީ ތިބާ އެންމެ ހެޔޮކަމަކަށްވެސް އިތުރަށް އެދި އެދި ހުންނަ ޙާލަތުގައެވެ. މިކަމުން ދުރުވެ ރައްކާތެރިވުމަކީ އާޚިރަތުގައި ތިމާގެ ހެޔޮކަންތައް މީސްތަކުންނަށް ބަހަން ނުޖެހި، ތިމާގެ ހެޔޮ އަމަލު ތަކައިގެން ސުވަރުގެއަށް ވަދެވެން އޮތް މަގެކެވެ.

ތިބާގެ އަބުރާއި އިއްޒަތް ވެއްޔާމޮޑެވި، ތިބާ ހުންނަ ތަންތަނުގައްޔާއި ތިބާ ނުހުންނަ ތަންތަނުގައި ތިބާގެ މައްޗަށް މީސްތަކުން ޣީބަބުނަން ނޭދޭނެ ފަދައިން އެހެންމީހުންވެސް އެމީހުންގެ ޢަބުރާއި ޢިއްޒަތް ގެއްލޭފަދަ ކަންކަން ވުމަކަށް ނޭދޭނެކަން ދަންނާށެވެ. އެހެންކަމުން ތިބާގެ މައްޗައް ވަނީ ދޫ ރައްކާތެރިކޮށް ތިބާ، ވާހަކަދައްކާ މަޖިލިސްތައް، ޣީބައިން ޠާހިރުކުރުމެވެ. އެއްވެސް މީހަކަށް ތިބާ ހުންނަ ތަނެއްގައި، އެހެންމީހެއްގެ ޣީބަބުނަން ފުރުޞަތު ނުދޭށެވެ. އަދި ތިބާގެ މުސްލިމު އަޚެއްގެ ޣިބަބުނެފިނަމަ، އެކަމުގެ ހުރި ނުބައިކަން ބަޔާންކޮށްދޭށެވެ. އަދި ތިބާގެ ކައިރީގައި މުސްލިމް އަޚެއްގެ ޣީބަބުނެ، އޭނާގެ އަބުރު ކަތިލަން އުޅޭހިނދު އެކަން ހުއްޓުވާ ތިބާގެ އަޚާ ދިފާޢުކުރާށެވެ. ދަންނާށެވެ. އެކަމަކީ ނުހަނު މަތިވެރި ދަރުމަހުރިކަމެކެވެ.

=ނުނިމޭ=

_________________________________

(މިއީ މަދާރުލްވަތަންގެ މަޖައްލާ ފާކިހަތުލް މަޖާލިސް، ޢަދަދު 146، އަސްލަކަށް ބަލައިގެން ކޮށްފައިވާ ތަރުޖަމާއެއް)

މިލިޔުމުގެ އެހެންބައިތައް