[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 42

womens rights

އެހެންކަމުން މިމައްސަލާގައި ބަލާލަންވީ ކަން ހިނގާ ގޮތަށެވެ. އަންހެނާއަށް ޚަރަދު ކުރުން ވާޖިބުވެފައި މިވަނީ ފިރިންގެ މައްޗަށް ކަމަށްވާއިރު، އަންހެނަކަށް ލިބޭ ބައިގެ ދެބައި ފިރިހެނުންނަށް ލިބުމަކީ މައްސަލައަކަށް ނުވެއެވެ. އެއީ ފިރިހެނާއަށް ލިބޭ ދެބައިންވެސް ޚަރަދުކުރަން ޖެހެނީ ހަމަ އަންހެނާއަށް ކަމުގައިވުމެވެ. ނަމަވެސް އަންހެނާއަށް ލިބޭ ބައިން އޭނާ ޚަރަދެއް ކުރާކަށް ނުޖެހެއެވެ. ހަމައެކަނި ރިވެތި ގޮތުގައި އިސްރާފުނުކޮށް ހޭދަކުރުމުން ދިޔުމަކުން އޭނާއަށް އެކަން މަނާކުރެވޭނެ ގޮތެއް ނެތެވެ. މިއީ އިސްލާމްދީނުގައި އެކަން އޮތް ގޮތެވެ.

ނަމަވެސް ފިރިހެނާއަށް ލިބޭ ބައިގެ ބޮޑު މިންވަރެއް ޚަރަދުވެގެންދާނީ އެއަންހެނާގެ ޚަރަދުތަކަށެވެ. އެހެންކަމުން ފިރިހެނާއަށް ލިބޭ ބައި ގިނަވުމަކުން ޢަދުލުވެރިކަމެއް ނުގެއްލެއެވެ. މިސާލަކަށް 12000 ރުފިޔާ ބަހަން އޮތް ތަނަކުން، އަންހެނާއަށް 4000 ލިބި، ފިރިހެނާއަށް 8000 ލިބޭކަމުގައިވާ ޙާލަތެއްގައި، ކަންވެގެންދާނެ ގޮތަކީ، އަންހެނާއަށް އެލިބުން 4000 ރުފިޔާއަކީ އޭނާ އެހެން މީހަކަށް އޭގެން ދޭންޖެހޭނެ އެއްޗެއް ނޫނެވެ. އެހެނީ އަންހެނާއަށް އިސްލާމްދީނުގައި އެހެންމީހެއްގެ މައްޗަށް ޚަރަދުކުރަން ވާޖިބުކުރައްވާފައި ނުވުމެވެ. ނަމަވެސް އިސްލާމްދީނުގައި އަނބިދަރިންގެ ކެއިންބުއިމާއި، ބޯހިޔާވަހިކަން ފަދަ، ހުރިހާ ޚަރަދެއް ކުރުން ވާޖިބުކުރައްވާފައިވަނީ ފިރިހެނުންނަށެވެ. އެހެންކަމުން ފިރިހެނާއަށް އެލިބޭ ބައިގެ ބޮޑުބައެއް ޚަރަދުވެގެންދާނީ ހަމަ އެއަންހެނުންނަށެވެ. ނުވަތަ ޢާއިލާގެ ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމުގައެވެ. އެހެންކަމުން މިކަމުގައިވެސް މޮޅު މިއޮތީ ހަމަ އަންހެނާއަށެވެ. އެއީ އޭނާގެ ބައިން ޚަރަދުކުރުން ވާޖިބު ނުވެ ފިރިހެނާގެ ބައިން އޭނާއަށް ޚަރަދު ކުރުން ވާޖިބުވާތީއެވެ. އެހެންކަމުން މިކަމުގައި އަންހެނުންނަށް އެއްވެސް އިހުމާލުވުމެއް އަދި އަންހެނާއަށް އޭނާގެ ޙައްޤުން އުނިވެފައިނުވާކަން ބަޔާންވެއެވެ. ﷲ އީ މޮޅަށް ކަންކަން ރާއްވަވާ އިލާހެވެ.

= ނުނިމޭ =

___________________

މިލިޔުމުގެ އެހެނިހެން ބައިތައް