[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 43

womens rights

ޝަރުޢީ ޙައްޤު

އިސްލާމީ ޝަރީޢަތުގެ ކުރިމަތީގައި އަންހެނުންނާއި ފިރިހެނުންނީ ހަމަހަމަ ބައެވެ. އެހެނީ ފިރިހެނަކު ކުށެއް ކުރިކަމުގައިވީނަ، އެފިރިހެނާއަށް އަދަބުދެވޭ ފަދައިން، ހަމަ އަންހެނަކު ކުށެއް ކުރުމުންވެސް އަދަބު ދެވޭނެއެވެ. ކުރީގެ ބައެއް އުންމަތްތަކުގައި ފިރިހެނުން ކުރާ ކުށުގެ އަދަބު އަނބިމީހާއަށް ތަންފީޒުކުރިއެވެ. މިސާލަކަށް ބެބެލޯނިއަން ސިވިލައިޒޭސަންއެވެ. ނަމަވެސް އިސްލާމްދީނުގައި ވަނީ އެމީހަކު ކުރި ކުށެއްގެ ޒިންމާ އެމީހަކު ނަގަންޖެހޭ ގޮތަށެވެ. މިސާލަކަށް ވައްކަންކުރުމުގެ ޙުކުމާއި މެދު ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّـهِ ۗ وَاللَّـهُ عَزِيزٌ حَكِيمٌ ﴿٣٨﴾ [سورة المائدة]

މާނައީ:”ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނައެވެ!) ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، اللَّه ގެ ޙަޟުރަތުން ކަނޑައަޅުއްވާފައިވާ ޢިބުރަތްތެރި ޢުޤޫބާތެެއްގެ ގޮތުންނެވެ. اللَّه އީ، ޢަޒީޒުވަންތަ ޙަކީމު ވަންތަ ރަސްކަލާނގެއެވެ.”

އަދި ޤިޞާާޞް ހިފުމާއިމެދު އައިސްފައިވާ ހަމަހަމަ އުޞޫލަށްވެސް ބަލައިލަމާތޯއެވެ.

يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ ﴿١٧٨﴾  [سورة البقرة]

މާނައީ:”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ މީހުންނާމެދު ޤިޞާޞްހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) އަޚާ ގެ ފަރާތުން ޤިޞާޞް ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި އިޙްސާންތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަޙުމަތެކެވެ އެއަށްފަހު، ދެކޮޅުވެރިވެ ޢަދާވާތްތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި ޢަޛާބު ހުށްޓެވެ.”

الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّـهِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ ﴿٢﴾[سورة النور]

މާނައީ:”ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން ޙައްދު ޖަހާށެވެ! އަދި اللَّه އަށާއި އާޚިރަތް ދުވަހަށް ތިޔަބައިމީހުން އީމާންވާކަމުގައިވަނީނަމަ، اللَّه ގެ ދީނުގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ ޢުޤޫބާތު، މުއުމިނުންގެ ބަޔަކު ދެކޭހުށިކަމެވެ!”

މިދަލީލުތަކުން އަދި ކުށުގެ ޢަދަބުތައް ދެވިފައިވާ ގޮތަށް ބަލައިލާއިރު އެއްވެސް ޖިންސަކަށް އަނިޔާވެރިވެވިފައިވާ ތަނެއް ނެތެވެ. ޝަރުޢީ އުޤޫބާތުގެ ކުރިމަތީގަައި ކޮންމެ އިންސާނަކީވެސް ހަމަހަމަ މީހެއްކަމުގައި މެނުވީ ނުވެއެވެ.

= ނުނިމޭ =

___________________

މިލިޔުމުގެ އެހެނިހެން ބައިތައް