[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢައުރަ ނިވާކުރުމުގައި ފަރުވާކުޑަކުރުން 3

aura nivaakurun faruvaakuda

* ޢައުރައިގެ މިންވަރު

– އަނބިމީހާ، ފިރިމީހާގެ ކުރިމަތީ އޭނާގެ ހަށިގަނޑު ކަޝްފުކުރުން ހުއްދައެވެ.

– ފިރިހެނުން ފިރިހެނުން ކުރިމަތީ ޢައުރައަކީ ފޫޅާ ކަކުލާދެމެދު ކަމުގައި ޢިލްމުވެރިން އިއްތިފާޤުވެލައްވާފައިވެއެވެ. އެދެމެދުގައިވަ ތަން ކަޝްފުކުރުން ހުއްދަވެގެންނުވެއެވެ.

– ފިރިހެނުން ހިލޭ އަންހެނުން[1] ކުރިމަތީގައި ދަންނައެވެ. އަންހެނަކު ފިރިހެނަކަށް ބެލުންވަނީ ފިތުނައެއް ނުވަތަ ޝަހުވަތްތެރިކަމެއް ނެތްނަމައެވެ. ފަހެ، ފިތުނައެއް ނުވަތަ ޝަހުވަތްތެރިކަމެއް ވާނަމަ އަންހެނާއަށް ވާޖިބުވެގެންވަނީ ﷲ ތަޢާލާ ޤުރުއާނުގައި އަންގަވާފައިވާފަދައިން ބެލުން ތިރިކުރުމަށެވެ.

– އަންހެނުން ހިލޭ ފިރިހެނުން ކުރިމަތީގައި ދަންނައެވެ. އެންމެ ޞައްޙަ ގޮތަކީ ހިލޭ ފިރިހެނުން ކުރިމަތީގައި އަންހެނާގެ މުޅި ހަށިގަނޑަކީ ޢައުރައެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿…وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا…﴾ [سورة النــور ٣١]

މާނައީ: “… އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ…”

ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެއީ ރިދާއާއި (އެބަހީ: ހެދުމުގެ މަތިންލާ އުޅޭ ހެދުމާއި) ހެދުމެވެ. އެއީ ނުފޮރުވޭނެ އެއްޗެއްސެވެ.

ހަމައެފަދައިން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿…وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِن وَرَاءِ حِجَابٍ ۚ ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ…﴾ [سورة الأحزاب ٥٣]

މާނައީ: “… ފަހެ، ފަރުދާއެއްގެ އަނެއްފަރާތުން ތިޔަބައިމީހުން އެކަނބަލުންނާ ސުވާލުކުރާށެވެ. ތިޔަބައިމީހުންގެ ހިތްތަކަށާއި، އެކަނބަލުންގެ ހިތްޕުޅުތަކަށް އެންމެ ޠާހިރުކަންބޮޑީ އެގޮތެވެ…” 

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

﴿ يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ…﴾ [سورة الأحزاب ٥٩]

މާނައީ: “އޭ ނަބިއްޔާއެވެ. ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ދަރިދަރިކަނބަލުންނާއި އަދި މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ޖިލްބާބުތަކުން (ބޮލުން ފެށިގެން މޫނާއި އަދި ހަށިގަނޑު ނިވާވާގޮތަށް ލެވޭހެދުމެއް) ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ…”

ފަހެ، މިއާޔަތްތަކުން ދޭހަވާ ގޮތަކީ މަތިން ތިރިއަށް މުޅި ހަށިގަނޑު ނިވާކުރުމެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

((المرْأَةُ عَوْرَةٌ، فَإِذَا خَرَجَتْ اسْتَشْرَفَهَا الشَّيْطَانُ))  [رواه الترمذي وصححه الألباني في صحيح الجامع]

މާނައީ: “އަންހެނާއަކީ ޢައުރައެވެ. ފަހެ، އޭނާ ނުކުމެއްޖެނަމަ ޝައިޠާނާ އޭނާއަށް ބަލާ ފާރަލައެވެ.”

“އަންހެނާއަކީ ޢައުރައެވެ.” އެބަހީ: އޭނާގެ މުޅި ހަށިގަނޑަކީ ޢައުރައެވެ. ހިލޭ ފިރިހެނުންގެ ކުރިމަތީގައި އެއްވެސް ތަނެއް ކަޝްފުނުކުރެވޭނެއެވެ. މިޙަދީޘްގައި އެއްވެސް ތަނެއް އިސްތިޘްނާކޮށްފައި ވޭހެއްޔެވެ؟ “އަންހެނާއަކީ ޢައުރައެވެ. ފަހެ، އޭނާ ނުކުމެއްޖެނަމަ ޝައިޠާނާ އޭނާއަށް ބަލާ ފާރަލައެވެ.”

އަސްމާ رضي الله عنها ވިދާޅުވެފައިވެއެވެ. “ތިމަންމެންގެ މޫނުތައް ފިރިހެނުންނަށް ނިވާކުރަމެވެ.”

ރަސޫލުﷲ صلى الله عليه وسلم އިޙްރާމުގައި އަންހެނުން ނިޤާބު އެޅުން މަނާކުރެއްވުމުން، ޢާއިޝާ رضي الله عنها އަންހެނުންގެ ތެރޭގައި މޫނު ކަޝްފުކުރެއްވިއެވެ. އަދި ފިރިހެނެއް ހުރަސްކުރާނަމަ މޫނު ނިވާކުރައްވައެވެ. މިއިން ދޭހަކޮށްދެނީ އެކަނބަލުން މޫނު ނިވާކުރެއްވުމަށްޓަކައި ނިޤާބު ބޭނުންކުރެއްވިކަމެވެ. އަދި ފިރިހެނުންގެ ކުރިމަތީގައި މޫނު ނިވާކުރެއްވިކަމެވެ.

– އަންހެނުން އޭނާގެ މަޙްރަމުން[2] ކުރިމަތީގައި ދަންނައެވެ. އާދަވެގެން ފާޅުވާ މިންވަރު މަޙްރަމު ފިރިހެނުން ކުރިމަތީ ކަޝްފުކުރުން ހުއްދައެވެ. (އެއީ މޫނާއި އިސްތަށިގަނޑާއި ކަނދުރާއާއި ކަރުގައި އަޅާ ފަށަށްވުރެ މަތީގައިވާ ބަޔާއި އަތުގައިއަޅާ ތަނޑިއަށްވުރެ ތިރީގައިވާ ބައި އަދި ފައިގައިއަޅާ ކެވެއްޔަށްވުރެ ތިރީގައިވާ ބައެވެ.)

– އަންހެނުން ކުޑަކުދިންގެ ކުރިމަތީގައި ދަންނައެވެ. އަންހެނުންގެ ޢައުރައަކީ ކޮބާކަން ނޭނގޭވަރުގެ ކުޑަކުދިންގެ ކުރިމަތީގައި ޒީނަތްތެރިކަން ފާޅުކުރުން ހުއްދައެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿…أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ…﴾ [سورة النــور ٣١]

މާނައީ: “… ނުވަތަ އަންހެނުންގެ ޢައުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީއެވެ…”

އެބަހީ: ރީތި ހުތުރު ވަކިކުރަން ނޭނގޭވަރުގެ ކުދިންނެވެ. އެފަދަ ކުދިން އެކުދިންނަށް ހިލޭ އަންހެނުންގެ ތެރެއަށް ވެއްދިދާނެއެވެ. ނަމަވެސް އެކުދިންނަށް ރީތި ހުތުރު އެނގި ތަންދޮރު ވަކިވާވަރުވުމުން އެކުދިންގެ ކުރިމަތީގައި އެފަދަ މީހުން ނިވާވާންޖެހޭނެއެވެ.

* ކުޑަކުދިންގެ ޢައުރަ

ކުޑަކުދިންގެ ޢައުރައާމެދު ދަންނައެވެ. ގާތުންދޭ ވަރުގެ ތުއްތުކުދިންގެ ޢައުރައެއް ނުވެއެވެ. އަދި 7 އަހަރުން ދަށުގެ ކުދިންވެސް މެއެވެ. ނަމަވެސް ގާތުންދޭ ވަރުގެ ކުދިންނަށްވުރެ އެކުދިންގެ ޢައުރައާމެދު ރައްކާތެރިވުން ހުއްޓެވެ. އެކުދިންގެ އެންމެ ކުޑަމިނުން ކުރިމަތިފަރާތާއި ފުރަގަސްފަރާތް ފޮރުވަންވާނެއެވެ. އަންހެންކުއްޖާ ނުވަ އަހަރުވުމުން އަދި ފިރިހެންކުއްޖާ ދިހަ އަހަރުވުމުން ފުރިހަމައަށް ހެދުންއަޅާ ނިވާވާން ވާނެއެވެ.

=ނުނިމޭ=

________________________________

މިއީ އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ދެއްވާފައިވާ ޚުޠުބާއެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ޚުޠުބާގެ އަޞްލު ބެއްލެވުމަށް

[1]  ހިލޭ އަންހެނުންނަކީ އޭނާ އެމީހަކާ ކައިވެނިކުރުން ހުއްދަ ކޮންމެ އަންހެނެކެވެ.

[2] މަޙްރަމުންގެ ތަފްޞީލު ބެއްލެވުމަށް