[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ފާޚާނާގައި ޛިކުރެއް ކިޔުމުގެ ޙުކުމް

zikuru faahaanaa

ފާޚާނާގައި ﷲ ގެ ޛިކުރުކުރުމަކީ ހުއްދަކަމެއް ހެއްޔެވެ؟

 

ޖަވާބު: ފާޚާނާގެ ތެރޭގައި ހުރެގެން ﷲ ގެ މަތިން ހަނދުމަކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. އެހެނީ އެއީ އެކަމަށް އެކަށީގެންވާ ތަނެއް ނޫނެވެ. ދުލުން ޛިކުރެއް ނުކިޔައި ހިތުން ހަނދުމަކުރުމަކީ މައްސަލައެއް ނޫނެވެ. އެންމެ މޮޅު އިތުރު ގޮތަކީ ފާޚާނާއިން ނުކުމެވެންދެން ދުލުން ޛިކުރު ނުކިޔައި މަޑުކޮށްލުމެވެ.

ޤަޟާ ޙާޖަތްކުރާ ތަނާ ވުޟޫކުރާތަން ވަކިން ހަދާފައި ހުންނަ ނަމަ، ވުޟޫކުރާ ތަނުގައި ﷲ ގެ ޛިކުރުކުރުމަކީ މައްސަލައެއް ނޫނެވެ.

 

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީހުން رحمه الله

مجموع فتاوى ابن عثيمين 11/109