[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة العلق ގެ ތަފްސީރު 1

 

﴿اقْرَأْ بِاسْمِ رَبِّكَ الَّذِى خَلَقَ * خَلَقَ الإِنسَنَ مِنْ عَلَقٍ * اقْرَأْ وَرَبُّكَ الاَكْرَمُ * الَّذِى عَلَّمَ بِالْقَلَمِ * عَلَّمَ الإِنسَنَ مَا لَمْ يَعْلَمْ﴾

ބިސްމީގެ ތަފްސީރުވާނީ ކުރިން ބަޔާންކުރެވިފައެވެ.

﴿اقْرَأْ بِاسْمِ رَبِّكَ الَّذِى خَلَقَ * خَلَقَ الإِنسَنَ مِنْ عَلَقٍ * اقْرَأْ وَرَبُّكَ الاَكْرَمُ * الَّذِى عَلَّمَ بِالْقَلَمِ * عَلَّمَ الإِنسَنَ مَا لَمْ يَعْلَمْ﴾

މާނައީ: “ކަލޭގެފާނުގެ ވެރިރައްބުގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! (އެއިލާހީ) ހުރިހާ އެއްޗެއް ހެއްދެވި އިލާހެވެ. [1] ގަނޑުލޭކޮޅަކުން އެއިލާހު އިންސާނާ ހެއްދެވިއެވެ. [2] ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރައްބަކީ، އެންމެ ދީލަތިވަންތަ އިލާހެވެ. [3] އެއިލާހީ ޤަލަމުން) ލިޔަން އުނގަންނައިދެއްވި އިލާހެވެ. [4] އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެއިލާހު އުނގަންނައިދެއްވިއެވެ. [5]”

މިއާޔަތްތަކަކީ ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ކީރިތި ޤުރުއާނުން އެންމެ ފުރަތަމަ ބާވާލެއްވުނު އާޔަތްތަކެވެ. [1]

މި އާޔާތްތައް ބާވާލެއްވުނީ އެކަލޭގެފާނު އަޅުކަންކުރެއްވުމުގައި ހިރާ ހޮހޮޅައިގައި އިންނަވަނިކޮށެވެ. އެކަލޭގެފާނަށް ފުރަތަމަ ވަޙީބާވާލެއްވުނު އިރުފެނިވަޑައިގަތީ ހުވަފެންތަކެކެވެ. ފަހެ، ހުވަފެނުގައި އެފެނުނު ފަދައިން ދުވާލު ވަޤުތު އެކަމެއް ހިނގައިގެން ދެއެވެ. [2]

އެބަހީ: އެ ހުވަފެނުގެ ތެދުކަން ހާމަކޮށްދޭ ކަންކަން ހިނގަގެންދެއެވެ. އެންމެ ފުރަތަމަ އެފަދަ ހުވަފެނެއް ފެނިވަޑައިގަތީ ރަބީޢުލް އައްވަލު މަހުގައެވެ. ދެން ހަމަސް ދުވަސް ވަންދެން އެފަދަ ހުވަފެންތައް ފެނިވަޑައިގަތެވެ. އެހުވަފެނުގައި ފެންނަ ގޮތަށް ކަންތައްތައް ހިނގައެވެ. ދެންފަހެ ހޭލާ ހުންނަވަނިކޮށް ފުރަތަމަ ވަޙީބާވާލެއްވުނީ ރަމަޟާން މަހުގައެވެ. ރަމަޟާންމަހާއި ރަބީޢުލް އައްވަލު މަހާދެމެދު ވީ ހަމަހެވެ. ވަޙީ ބާވާލެއްވުނު (ޖުމްލަ) މުއްދަތަކީ 23 އަހަރެވެ. އެހެންކަމުން ޙަދީޘްގައި އައިސްފައިވެއެވެ.

«الرُّؤْيَا الصَّالِحَةُ جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ» [3]

މާނައީ: “ހަމަކަށަވަރުން ރަނގަޅުހުވަފެނަކީ ނަބީކަމުގެ ސާޅީސްހަބައިންކުރެ ބައެކެވެ.”

= ނުނިމޭ =

_______________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة العلق  ގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް

[1]   أخرجه البخاري كتاب بدء الوحي باب (3) كيف كان بدء الوحي إلى رسول الله صلى الله عليه وكتاب التعبير باب أول ما بدئ به رسول الله صلى الله عليه وسلم من الوحي (6982) ومسلم كتاب الإيمان باب بدء الوحي إلى رسول الله صلى الله عليه وسلم (160) (252) .

[2]    أخرجه البخاري كتاب كتاب بدء الوحي باب كان بدء الوحي إلى رسول الله صلى الله عليه وسلم (2) ومسلم كتاب الإيمان باب بدء الوحي إلى رسول الله صلى الله عليه وسلم (160) (254) .

[3]    أخرجه البخاري كتاب التعبير باب رؤيا الصالحين (6983) ومسلم كتاب الرؤيا باب كون الرؤيا من الله وانها جزء من النبوة (2261) (1) .