[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 21 –

ދެވަނައީ: ތާބިޢީ ބޭކަލުންގެ ޒަމާނުގައި ސުންނަތަށް ދެއްވާފައިވާ އަހަންމިއްޔަތު

ޞަޙާބީ ބޭކަލުންގެ ދުވަސްވަރު ނިމުނުއިރު ތާބިޢީ ބޭކަލުންގެ ދުވަސްވަރުވަނީ ފެށިފައެވެ. އޭރު ފިތުނައާއި ބިދުޢައާއި ހަވާނަފްސަށް ތަބާވުމުގެ ކޮޅުމަތިވަނީ ފެށިފައެވެ. އެހެނީ އިސްލާމްދީނުގެ ޢަދާވާތްތެރިންކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންނާއި މަޖޫސީންނާއި ޞާބިއީންނާއި ފަލްސަފާވެރިންވަނީ މީސްތަކުންނާ ހަމައަށް ޞަހާބީ ބޭކަލުން އެގެނެސްދެއްވި ދީނާ ދިމާކޮށްފައެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކަށް އިސްލާމްދީން ފެތުރިގެން ދިޔުމާ އަދި މުސްލިމުންނަށް ލިބެމުން ދިޔަ މަތިވެރި ނަޞްރުތަކާމެދު އެބައިމީހުންވަނީ ނުހަނު ކަންބޮޑުވެފައެވެ. އިސްލާމްދީން ފެތުރިގެންދާތީ ޢަސްކަރީ ގޮތުން ކުރިމަތިލައިގެން ކުރިއެރުމެއް ނުލިބުމުން، ދީނުގެ ޢަދާވާތްތެރިން ދެން މަސައްކަތްކުރީ އިސްލާމްދީނަށާއި އެދީނުގެ އަހުލުވެރިންނަށް މަކަރާއި ޙީލަތް ހެދުމަށެވެ. ފަހެ އެގޮތުން މުސްލިމުންގެ މެދުގައި ފިތުނަތަކާއި ޝައްކުތަކާއި ޝުބުހަތައް ފެތުރިއެވެ. ޚާއްޞަކޮށް އަލަށް އިސްލާމްވާ މީސްތަކުންގެ މެދުގައެވެ.

އެފިތުނަތައް ފެށިފައިވާނީ ޙުޛައިފާ رضي الله عنه ގެ އަރިހުން އިމާމް މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘްގައިވާ ފަދައިން ފިތުނައިގެ ދޮރު ހަލާކުވެގެން ދިޔުމުންނެވެ. ކަނޑުގެ ރާޅުތައްފަދައިން އަންނާނެކަމަށް ރަސޫލާ صلى الله عليه وسلم ޚަބަރުދެއްވާފައިވާ ފިތުނައާ ބެހޭގޮތުން ޢުމަރު رضي الله عنه އެކަލޭގެފާނަށް ސުވާލު ދެންނެވިއެވެ. ފަހެ ޖަވާބުގައި ޙުޛައިފާ ވިދާޅުވިއެވެ.

“އޭ އަމީރުލް މުއުމިނޫންނެވެ. ކަލޭގެފާނާ އެކަމަކާ ގުޅުމެއް ނުވެއެވެ. ކަލޭގެފާނާ އެއާ ދެމެދުގައި ބަންދުކުރެވިފައިވާ ދޮރެއް ވެއެވެ. ފަހެ، އުމަރުގެފާނު ވިދާޅުވިއެވެ. އެ ދޮރު ހުޅުވޭނީ ހެއްޔެވެ؟ ނުވަތަ ހަލާކުކޮށްލެވޭނީ ހެއްޔެވެ؟ ވިދާޅުވިއެވެ. ކިއެއް ހެއްޔެވެ. ހަލާކުކޮށްލެވޭނީއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. ފަހެ ހަމަކަށަވަރުން އެހެންވިއްޔާ ގާތްވެގެންވަނީ އެދޮރު ދެވަނަ ފަހަރަށް ނުލެއްޕުމެވެ.”

މިޙަދީޘްގައި ޙުޛައިފަތުގެފާނު ޚަބަރުދެއްވާފައި އެވަނީ އެދޮރަކީ ޢުމަރުގެފާނުކަމަށް، ޢުމަރުގެފާނަށް އެނގިވަޑައިގަންނަވާކަމުގައެވެ. އެއީ މާދަމާއާ ދެމެދުގައިވަނީ މިރޭކަން އެނގޭ ފަދައިންނެވެ. [އެބަހީ: އެހާ ޔަޤީންކަމާ އެކުއެވެ.] [1]

= ނުނިމޭ =

______________________

އެހެނިހެން ބައިތައް

[1]  صحيح مسلم – كتاب الفتن واشراط الساعة – باب في الفتنة التي تموج كموج البحر ٤ / ۲۳۱٨ ح ۲٦. وهو أيضا في كتاب الفتن في صحيح البخاري.