[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 23 –

ފިތުނަ އުފައްދާ މީހުންނާއި ބިދުޢަވެރިންނާއި ހަވާނަފްސަށް ތަބާވާ މީހުންގެ ފުށުން މިއުންމަތާ އިސްލާމްދީނާއި ދީނުގެ ޢަޤީދާ ރައްކާތެރިވެގެންދަނީ އެފަދައިންނެވެ. މިފަދައިން މުސްލިމުންގެ ޙާކިމަކީ އަމާނާތްތެރިކަމާއެކީ މުސްލިމުންގެ ދީނާއި ޢަޤީދާއާ އަދި އަޚްލާޤު ރައްކާތެރިކޮށްދޭ މީހަކަށް ވާންޖެހެއެވެ. މިޙުރާބުގައި ޝަހީދުވެގެން ދިޔަ ޢުމަރު رضي الله عنه އަށް ﷲ ރަޙްމަތް ލައްވާށިއެވެ. އަދި ތަނަވަސްވެގެންވާ ސުވަރުގެއަށް އެކަލޭގެފާނު ވައްދަވާށިއެވެ. އަދި އަޅަމެން އެކަލޭގެފާނުދެކެވާ ލޯބީގެ ސަބަބުން ޤިޔާމަތްދުވަހު އެކަލޭގެފާނާ އެކު އަޅަމެން މަޙްޝަރުކުރައްވާފާނދޭވެ.

ދެން މަޖޫސީންނާއި ނަސާރާއިން ގުޅިގެން ރޭވި ރޭވުންތަކަށް އިތުރުވެގެން ދިޔައީ ޔަހޫދީންގެ މަކަރުވެރިކަމެވެ. އެކަން ހިނގައިދިޔައީ އިބްނު ސަބާގެ އަތް މައްޗަށެވެ. އޭނާވެގެންދިޔައީ އެއަށްފަހު އިސްލާމްދީނަށް ކުރިމަތިވި ކޮންމެ ފިތުނައެއްގެ އަސާސްކަމެވެ. ދެން އެއަށްފަހު ފިތުނަތަކާއި ބިދުޢަތައް ވިދިވިދިގެންއައެވެ. ފަހެ އެއަށްފަހު ޤަޟާގަދަރަށް އިންކާރުކުރި މީހުންގެ ބިދުޢަ ފާޅުވިއެވެ. ދެން ފާޅުވީ ޖަހުމީންނާއި ރާފިޟީންނާއި މުޢުތަޒިލާއިންގެ ފިތުނައާއި އެނޫންވެސް ފިތުނަތަކެވެ.

ފިތުނަތަކާއި ބިދުޢަތަކާއި ހަވާނަފްސަށް ތަބާވުން ފެތުރިގެން ދިޔުމުން، ޞަޙާބީ ބޭކަލުންގެ ޖީލަށްފަހު ވަޑައިގަތް ތާބިޢީންނާއި އަތުބާޢުއްތާބިޢީންނާއި އެނޫންވެސް ޞާލިޙު ޖީލުތަކުގެ ބޭކަލުން ސުންނަތް ރައްކާތެރިކުރެއްވުމަށް ބޭނުންކުރެއްވީ އެހެން މަގުތަކަކާއި ދާއިރާތަކެކެވެ. އެއީ އެޒަމާނުގައި އެބޭކަލުންނަށް ލިބިވަޑައިގަތް ވަސީލަތްތަކުގެ އަލީގައެވެ.

= ނުނިމޭ =

______________________

އެހެނިހެން ބައިތައް