[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙަލާލު ގޮތުގައި ރިޒުޤު ހޯދާށެވެ.

އަޅުގަނޑުމެންގެ ޙަޔާތްބައަޓަން ކުރަން ޖެހޭނީ މާތްﷲ އަންގަވާފައިވާ ގޮތަށެވެ. އެއްވެސް ޙާލެއްގައި އުރެދުމަކަށް އަރައިގަނެ މާތްﷲ ޢަމުރު ކުރައްވާފައިވާ ކަންތަކާއި ދުރުހެލިވުމުގައި އަޅުގަނޑުމެން ޙަޔާތް ވޭތު ކޮށްގެން ނުވާނެއެވެ. އިރު އަރާ އޮއްސޭ ކޮންމެ ދުވަހަކީވެސް ތިމާގެ ޙަޔާތުން ދުވަހެއްކަމުން، އެފަދަ ކޮންމެ ދެވަހެއްގައިވެސް މާތްﷲ ރުހި ވޮޑިގަންނަވާ ގޮތަށް އުޅެން މައްސަކަތްކުރަންވާނެއެވެ. މަޤްސަދަކީ އަޅުގަނޑުމެންގެ ޢަމަލުތައް މާތްﷲ ޤަބޫލު ކުރައްވައި އާޚިރުގައި ނިމިގެންދާއިރު ސުވަރުގެ ވަންތަ ވެރިއެއްކަމުގައި ވުމެވެ.

ޙަޔާތުން ކުރެވޭ ކޮންމެ ކަމެއް ބިނާ ވެފައިވަނީ ތިމާ ކުރާ މަސައްކަތެއްގެ މައްޗަށެވެ. އެހެނީ ޢާމްދަނީ ހޯދުމަށްޓަކައި ކުރެވޭ މަސައްކަތަކީ ރަނގަޅު ޙަލާލު މަސައްކަތެއްނަމަ މާތްﷲ އެ މަސައްކަތުގައި ބަރަކާތްލައްވައި، އެ މަސައްކަތް އިތުރު ކޮށްދެއްވައި އަދި ހަމަ އެހެންމެ ފާގަތި ޙަޔާތަކާއި ބާއްޖަވެރި އާޚިރަތެއް އެމީހަކަށްޓަކައި މާތްﷲ ތަނަވަސް ކޮށްދެއްވައެވެ. މަސައްކަތް ކޮށް ފައިސާ ހޯދުމުގައި ޙަރާމް ގޮތްތަކާއި އުޞޫލުތައް ބޭނުން ކުރުމުގެ ބަދަލުގައި މާތްﷲ ޙަލާލު ކުރެއްވި ގޮތަށް ކަންކަން ކޮށް ޙަލާލު ރިޒުޤު ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. މި ކަމަކީ އިސްލާމްދީން ނުހަނު ބާރު އަޅާ ކަމެއްވެސްމެއެވެ.

މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

فَكُلُوا مِمَّا رَزَقَكُمُ اللَّـهُ حَلَالًا طَيِّبًا وَاشْكُرُوا نِعْمَتَ اللَّـهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ ﴿١١٤﴾  سورة النحل

މާނައީ: ” ފަހެ، اللَّه ތިޔަބައިމީހުންނަށް ރަނގަޅު حلال ތަކެތީގެ ގޮތުގައި ދެއްވި رزق ން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި اللَّه ގެ نعمة އަށް ތިޔަބައިމީހުން شكر ކުރާށެވެ! (އެއީ) ހަމައެކަނި، އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާ ކަމުގައި ވާނަމައެވެ. “

ޙަލާލް ނޫން ގޮތުގައި ހޯދާ ރިޒުޤަކުން ދުނިޔެއާއި އާޚިރަތުގައިވެސް އަޅުގަނޑުމެންނަކަށް ފައިދާ އެއްނުކުރާނެއެވެ. ތިމާގެ ހުރިހާ ކަމެއް ބިނާވެފައި އޮންނަނީ ތިމާ ކުރާ މަސައްކަތާއި ގުޅިފައިކަމުން، ގެއެއް އަޅައިގެން ދިރިއުޅުނަސް އަދި އަންނައުނު އަނދެގެން އުޅުނަސް އަދި ހަމަ އެހެންމެ އެތެރެ ހައްޓަށް ލާ ކާއެތިކޮޅެއްނަމަވެސް ޙަރާމް ގޮތުއި ހޯދައިބޭނުން ކުރުމަކީ އަޅުގަނޑުމެން ޙަޔާތުން މާތްﷲ ބަރަކާތް އުފުއްލަވާނޭ ސަބަބުތަކުގެ ތެރެއިން ސަބަބެއްކަމާއިމެދަކު ޝައްކެތްނެތެވެ.