[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތައުހީދުގެ ކަލިމައަކީ އޭގައި ވަރަށް ބުރަދަން އެކުލެވިގެންވާ ކަލިމައެކެވެ.

وَعَنْ أَبِيْ سَعِيْدٍ الْخُدْرِيْ عَنْ رَسُوْلِ اللهِ صَلَى اللهُ عَلَيْهِ وَسَلَمَ قَالَ: ” قاَلَ مُوْسَى : يَا رَبِّ، عَلِّمْنِيْ شَيْئًا أَذْكُرُكَ وَأَدْعُوْكَ بِهِ. قَالَ: قُلْ يَا مُوْسَى : لاَ إِلَهَ إِلاَّ اللهُ. قاَلَ: يَا رَبِّ كُلُّ عِبَادِكَ يَقُوْلُوْنَ هَذَا. قَالَ: يَا مُوْسَى ، لَوْ أَنَّ السَّمَاوَاتِ السَّبْعَ وَعَامِرَهُنَّ غَيْرِيْ ، وَالأَرْضِيْنَ السَّبْعَ فِيْ كِفَّةٍ ، وَلاَ إِلَهَ إِلاَّ اللهُ فِيْ كِفَّةٍ ، ماَلَتْ بِهِنَّ لاَ إِلَهَ إِلاَّ اللهُ. ” – رواه ابن حبان ، والحاكم وصححه .

މާނައީ: އަބޫ ސަޢީދުނުލް ޚުދްރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރެއްވިއެވެ. ” މޫސާ ޢަލައިހި ސަލާމް ދެންނެވިއެވެ. ” އޭ އަޅުގެވެރި ރައްބެވެ. އިބައިލާހަށް މިއަޅާ ޛިކުރުކޮށް ދުޢާ ދަންނަވާނެ ކަލިމައެއް މިއަޅާއަށް އަންގަވައި ދެއްވާނދޭވެ! ” ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ” އޭ މޫސާއެވެ. މިކަލިމަ ( لاَ إِلَهَ إِلاَّ اللهُ ) ކިޔާށެވެ. ” މޫސާ ޢަލައިހި ސަލާމް ދެންނެވިއެވެ. ” އޭއަޅުގެ ވެރި ރައްބެވެ. އިބައިލާހުގެ ( މުއުމިން ) ކޮންމެ އަޅަކުވެސް ތިޔަ ކަލިމަކިޔައެވެ. ” ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ” އޭ މޫސާއެވެ. ހަތްއުޑާއި އަދި ތިމަން އިލާހު ފިޔަވައި އެތަންތާނގައި ވާހައި ތަކެއްޗާއި އަދި ހަތްބިމާއި މިތަކެތި ތިލަފަތެއްގެ އެއްކޮޅަށްލައި لاَ إِلَهَ إِلاَّ اللهُ މިކަލިމަ ތިލަފަތުގެ އަނެއްކޮޅަށް ލީނަމަވެސް އެހުރިހާ އެއްޗަކަށްވުރެ ބޮޑަށް لاَ إِلَهَ إِلاَّ اللهُ ވީ ކޮޅު ބަރުވާނެތެވެ. “