[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަޅުކަމުގެ ވައްތަރުތައް – ދަލާއިލުއް ތައުޙީދި 11

16– ﷲ ކިބައަށް އެކަނި މެނުވީ އަދާނުކުރެވޭ އަޅުކަންތަކުގެ ވައްތަރުތަކަކީ ކޮބާ؟

ޖަވާބު: އޭގެތެރޭގައި ހިމެނެނީ، ދުޢާކުރުމާއި، ވާތްގަށްއެދުމާއި، ސަލާމަތާއި ނަޞްރަށް އެދުމާއި ޛަބަޙަކުރުމާއި(ޤުރުބާންކުރުމާއި) ނަދުރުބުނުމާއި، ބިރުގަތުމާއި (އަލްޚައުފު)، އުއްމީދުކުރުމާއި، އިތުބާރުކުރުމާއި(ވަކީލުކުރުމާއި)، ތައުބާވުމާއި، ލޯބިވުމާއި، ބިރުވެތިވުމާއި(އަލްޚަޝްޔަތު)، ހެޔޮއެދުމާއި ބިރުގަތުމާއި(އައްރަހްބަތު)، ނިކަމެތިވެ އަޅުވެތިވުމާއި، ރުކޫޢުކުރުމާއި ސަޖިދަކުރުމާއި ޚުޝޫޢަތްތެރިވުމާއި، ބޯލަނބައި ކިޔަމަންގަތުމާއި އެއިލާހު މަތިވެރިކުރުމެވެ. މިހުރިހާ ކަންކަމަކީ އެއިލާހުގެ އުލޫހިއްޔަތަށް ޚާއްޞަވެގެންވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ރިސާލާ، ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =