[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އޭ ﷲ ގެ އަޅުތަކުންނޭވެ! މިޤުދުސިއްޔަ ޙަދީޘްފުޅުން ނަސޭހަތް ލިބިގަންނަމާތޯއެވެ.

 

عَنْ أَبِي ذَرٍّ الغفاريِّ رَضِيَ اللهُ عَنْهُ: عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِيمَا يَرْوِيْهِ عَنْ رَبِّهِ – عَزَّ وَجَلَّ- أَنَّهُ ” قَالَ :

(يَا عِبَادِيْ: إِنِّي حَرَّمْتُ الظُّلْمَ عَلَى نَفْسِي، وَجَعَلْتُهُ بَيْنَكُمْ مُحَرَّمًا فَلاَ تَظَالَمُوا.

يَا عِبَادِيْ: كُلُّكُمْ ضَالٌّ إِلاَّ مَنْ هَدَيْتُهُ، فَاسْتَهْدُونِي أَهْدِكُمْ.

يَا عِبَادِيْ: كُلُّكُمْ جَائِعٌ إِلاَّ مَنْ أَطْعَمْتُهُ، فَاسْتَطْعِمُونِي أُطْعِمْكُمْ.

يَا عِبَادِيْ: كُلُّكُمْ عَارٍ إِلاَّ مَنْ كَسَوْتُهُ، فَاسْتَكْسُونِي أَكْسُكُمْ.

يَا عِبَادِيْ: إِنَّكُمْ تُخْطِئُونَ بِاللَّيْلِ وَالنَّهَارِ، وَأَنَا أَغْفِرُ الذُّنُوبَ جَمِيعًا، فَاسْتَغْفِرُونِي أَغْفِرْ لَكُمْ.

يَا عِبَادِيْ: إِنَّكُمْ لَنْ تَبْلُغُوا ضَرِّي فَتَضُرُّونِي، وَلَنْ تَبْلُغُوا نَفْعِي فَتَنْفَعُونِي.

يَا عِبَادِيْ: لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ، وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَتْقَى قَلْبِ رَجُلٍ وَاحِدٍ مِنْكُمْ، مَا زَادَ ذَلِكَ فِي مُلْكِي شَيْئًا.

يَا عِبَادِيْ: لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ، وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَفْجَرِ قَلْبِ رَجُلٍ وَاحِدٍ، مَا نَقَصَ ذَلِكَ مِنْ مُلْكِي شَيْئًا.

يَا عِبَادِيْ: لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ، وَإِنْسَكُمْ وَجِنَّكُمْ قَامُوا فِي صَعِيدٍ وَاحِدٍ، فَسَأَلُونِي، فَأَعْطَيْتُ كُلَّ إِنْسَانٍ مَسْأَلَتَهُ، مَا نَقَصَ ذَلِكَ مِمَّا عِنْدِي إِلاَّ كَمَا يَنْقُصُ الْمِخْيَطُ إِذَا أُدْخِلَ الْبَحْرَ.

يَا عِبَادِيْ: إِنَّمَا هِيَ أَعْمَالُكُمْ أُحْصِيهَا لَكُمْ، ثُمَّ أُوَفِّيكُمْ إِيَّاهَا؛ فَمَنْ وَجَدَ خَيْرًا فَلْيَحْمَدِ اللَّهَ وَمَنْ وَجَدَ غَيْرَ ذَلِكَ فَلَا يَلُومَنَّ إِلاَّ نَفْسَهُ. ) – رواه مسلم

މާނައީ: އަބޫ ޛައްރުލްޣިފާރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި ﷲ ރަސޫލާ މާތްﷲގެ ޙަޟްރަތުން ރިވާކުރެއްވިއެވެ. ހަމަކަށަވަރުން މާތްﷲ ވަޙީކުރެއްވިއެވެ.

” އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަން އިލާހުގެ އަމިއްލަ ޛާތުފުޅުގެ މައްޗަށް އަނިޔާވެރިވުން ޙަރާމް ކުރެއްވީމެވެ. އަދި ހަމަކަށަވަރުން އެއީ ތިޔަބައިމީހުންގެ މެދުގައިވެސް ޙަރާމް ކަމެއްކަމުގައި ލެއްވީމެވެ. ފަހެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރި ނުވާށެވެ!

އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ!ތިމަން އިލާހު އެމީހަކަށް ތެދުމަގު ދެއްކެވި މީހަކު މެނުވީ ތިޔަބައިމީހުންކުރެ އެންމެންނީ މަގުފުރެދިފައިވާ ބައެކެވެ. ފަހެ ތިޔަބައިމީހުން ތިމަން އިލާހުގެ ޙަޟްރަތުން ތެދުމަގު ލިބިގަތުމަށް އެދޭށެވެ! (އެއިރުން ) ތިމަން އިލާހު ތިޔަބއިމީހުންނަށް ތެދުމަގު ދައްކަވާ ހުށީމެވެ.

އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ! ތިމަން އިލާހު އެމީހަކަށް ކާންދެއްވި މީހަކު މެނުވީ ތިޔަބައިމީހުން ކުރެ އެންމެންނީ ބަނޑުހައި ހޫނުކަމުގައިވާ ބައެކެވެ. ފަހެ ތިޔަބައިމީހުން ތިމަން އިލާހުގެ ޙަޟްރަތުން ކާނާއަށް އެދޭށެވެ. (އެއިރުން ) ތިމަން އިލާހު ތިޔަބައިމީހުންނަށް ކާންދެއްވާހުށީމެވެ.

އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ! ތިމަން އިލާހު ފޭރާން ދެއްވި މީހަކު މެނުވީ، ތިޔަބައިމީހުންކުރެ އެންމެންނީ އޮރިޔާން ޙާލުގައިވާ ބައެކެވެ. ފެހެ ތިޔަބައިމީހުން ތިމަން އިލާހުގެ ޙަޟްރަތުން ފޭރާން ލިބިގަތުމަށް އެދޭށެވެ. (އެއިރުން ) ތިމަން އިލާހު ތިޔަބައިމީހުންނަށް ފޭރާން ދެއްވާ ހުށީމެވެ.

އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ރެއާއި ދުވާލު ފާފަ ކުރަނީއެވެ! ތިމަން އިލާހު އެންމެހައި ފާފަތައް ފުއްސަވަމެވެ. ފަހެ ތިޔަބައިމީހުން ތިމަން އިލާހުގެ ޙަޟްރަތުން ފާފަ ފުއްސަވައި ދެއްވުމަށް އެދި ދަންނަވާށެވެ. (އެއިރުން ) ތިމަން އިލާހު ތަޔަބައިމީހުންގެ ފާފަތައް ފުއްސަވައި ދެއްވާހުށީމެވެ.

އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންނަކަށް ތިމަން އިލާހަކަށް ގެއްލުމެއް ނުދެވޭނެތެވެ. އަދި ތިޔަބައި މީހުންނަކަށް ތިމަން އިލާހަށް ފައިދާއެއްވެސް ފޯރުކޮށެއް ނުދެވޭނެތެވެ.

އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންކުރެ މަރުވެ ގޮސްފައިވާ މީހުންނާއި، ފަހުން އަންނާން ތިބިހައި ބަޔަކާއި، ހުރިހާ އިންސީންނާއި ހުރިހާ ޖިންނީން ( އެހުރިހައިމީހުން )، ތިޔަބައިމީހުންގެ ތެރެއިން އެންމެ ތަޤުވާވެރިމީހާގެ ހިތްފަދަ ހިތެއްގެ މަތީގައި ވީނަމަވެސް ތިމަން އިލާހުގެ ރަސްކަމުގައި (އެކަމުގެ ސަބަބުން ) އެއްވެސް އެއްޗެއް އިތުރު ނުވާނެތެވެ.

އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންކުރެ މަރުވެ ގޮސްފައިވާ މީހުންނާއި، ފަހުން އަންނާން ތިބިހައި ބަޔަކާއި، ހުރިހާ އިންސީންނާއި ހުރިހާ ޖިންނީން ( އެހުރިހައިމީހުން )، ތިޔަބައިމީހުންގެ ތެރެއިން އެންމެ ނުބައި ނުލަފާ މީހާގެ ހިތްފަދަ ހިތެއްގެ މަތީގައި ވީނަމަވެސް، ތިމަން އިލާހުގެ ރަސްކަމުގައި (އެކަމުގެ ސަބަބުން ) އެއްވެސް އެއްޗެއް އުނި ނުވާނެތެވެ.

އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންކުރެ މަރުވެ ގޮސްފައިވާ މީހުންނާއި، ފަހުން އަންނާން ތިބިހައި ބަޔަކާއި، ހުރިހާ އިންސީންނާއި ހުރިހާ ޖިންނީން ( އެހުރިހައިމީހުން )، އެއް ބިމަކަށް އެއްވެ، ތިމަން އިލާހުގެ ޙަޟްރަތުގައި ދެންނެވުމުން، ކޮންމެ މީހަކު އެދުނު ކޮންމެ ކަމެއް އެމީހަކަށް ދެއްވި ކަމުގައި ވިޔަސް، ކަނޑަށް ތިނޯހެއް ލައިފައި ނަގާއިރު އެކަނޑުން އުނިވާ މިންވަރަށްވެސް، ތިމަން އިލާހުގެ ޙަޟްރަތުގައިވާ ޚަޒާނާއިން އުނި ނުވާނެތެވެ.

އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ކުރާ ޢަމަލުތައް، ތިމަން އިލާހު ހިމަނުއްވައި ލަހައްޓަވަމެވެ. ދެން އެ ޢަމަލުތަކަށް ފުރިހަމައަށް ޖަޒާ ދެއްވަމެވެ. ފަހެ ހެޔޮ ގޮތް މެދުވެރިވެއްޖެ މީހާ ﷲ ށް ޙަމްދު ކުރާހުށިކަމެވެ. އަދި އެ ނޫން ގޮތެއް މެދުވެރި ވެއްޖެމީހާ، ތިމާގެ އަމިއްލަ ނަފްސަށް މެނުވީ މަލާމާތް ނުކުރާ ހުށިކަމެވެ! “