[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހިނީގެ ފިޔަވަޅުތަކަށްވުރެ ބޮޑަށް ވަންހަނާވެގެންވާ ޝިރުކު – ދަލާއިލުއްތައުޙީދި 28

44- ޝިރުކަކީ ކޮބާ؟ އަދި ޝިރުކުރުގެ ވައްތަރުތަކަކީ ކޮބާ؟

ޖަވާބު: ދަންނާށެވެ! ހަމަކަށަވަރުން ތައުޙީދަކީ ޝިރުކުގެ އިދިކޮޅެވެ. ޝިރުކުގެ ތިން ބާވަތްވެއެވެ. އެއީ ބޮޑުޝިރުކާއި ކުޑަޝިރުކާއި ވަންހަނާވެގެންވާ ޝިރުކެވެ.

 1- ބޮޑު ޝިރުކު: މިވައްތަރުގެ ޝިކުރުގެ ހަތަރުބާވަތް ވެއެވެ.

ހ- ދުޢާކުރުމުގައި ޝިރުކު ކުރުން: ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ” العنكبوت: ٦٥  މާނަ: “ފަހެ އެބައިމީހުން (އެބަހީ މުޝްރިކުން) ނަވަކަށް އަރައިފިއްޔާ (ކަނޑުގަދަވެ ކަންބޮޑުވެއްޖެއްޔާ) ވަރަށް އިޚްލާޞްތެރިކަމާއެކު ﷲ އަށް ދުޢާކުރެއެވެ. ދެންފަހެ ތިމަންއިލާހު، އެމީހުން ހިކިފަސްތާކަށްލައްވައި ސަލާމަތްހަމަ ކުރާއިރަށް ދެން އަލުންވެސް އެމީހުން ޝިރުކުކުރެއެވެ. (އެހެނިހެން ފަރާތްތަކުން ވާގިއެދި ހަދައެވެ.)”

ށ- ނިޔަތުގައި ޝިރުކުކުރުން: އެއީ ބޭނުންވުމާއި ޤަޞްދުކުރުމުގައި ޝިރުކުކުރުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “مَنْ كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ * أُولَئِكَ الَّذِينَ لَيْسَ لَهُمْ فِي الْآَخِرَةِ إِلَّا النَّارُ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَا كَانُوا يَعْمَلُونَ” هود: ١٥ – ١٦ މާނަ: “ހަމައެކަނި ދުނިޔޭގެ ޙަޔާތާއި އެތާނގެ ޒީނަތްތެރިކަން އެދޭމީހާއަށް ތިމަންއިލާހު އެމީހާ އެދުނިޔޭގައި ކުރާ ޢަމަލަށް އެދުނިޔޭގައި ބަރާބަރަށް ޖަޒާދެއްވައި ހަމަ ކޮށްދޭހުށީމެވެ. އަދި އެމީހުން އެތާ އެކުރި އެއްވެސް ޢަމަލެއްގެ އެއްވެސް މިންވަރެއް މަދުނުކުރެވޭހުއްޓެވެ.* އެމީހުންނަކީ އާޚިރަތްދުވަހުން އެމީހުންނަށް ނަރަކަ ނޫނީ ނެތްބަޔެކެވެ. އެމީހުން އެދުނިޔޭގައި ކުރި ޢަމަލުގެ ދަރުމަޔާ ޘަވާބު ނެތިވެ ބާޠިލުވެގެން ދިޔައީއެވެ. (އެހެންވާންޖެހުނީ އެމީހުން ދުނިޔޭގައި ޢަމަލުކުރީ ﷲ ގެ ވަޖުހަފުޅުއެދިގެން ކަމުގައި ނުވުމެވެ. އާޚިރަތުގެ ދަރުމައާއި ޘަވާބު ނުއެދުމުގެ ސަބަބުންނެވެ. ހަމައެކަނި ދުނިޔެ އެދުމުގެ ސަބަބުންނެވެ.”

ނ- ކިޔަމަންގަތުމުގައި ޝިރުކުކުރުން: ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَهًا وَاحِدًا لَا إِلَهَ إِلَّا هُوَ سُبْحَانَهُ عَمَّا يُشْرِكُونَ” التوبة: ٣١  މާނަ: “އެމީހުންނަކީ އެމީހުންގެ ޢިލްމުވެރިންނާއި އަޅުވެރީން އެއީ ﷲ ފިޔަވައި ރައްބުންތަކެއްކަމުގައި ހެދިބަޔެކެވެ. އަދި މަރްޔަމް ޢަލައިހައްސަލާމްގެ ދަރިކަލުން އަލްމަސީޙްވެސް ރައްބަކުކަމުގައި ހެދިއެވެ. އަދި(އެހެނެއްކަމަކު) ހަމަ އެއްކައުވަންތަ އެންމެ އިލާހަކަށް މެނުވީ އަޅުކަން ނުކުރުމަށް އެމީހުންނަށް ވަނީ އަމުރުވެވިފައެވެ. އެއިލާހު ނޫން އެހެންއެއްވެސް އިލާހަކު ނުވެއެވެ. އެއީ ﷲ އެވެ. އެމީހުން އެ ޝިރުކުކުރާ ތަކެތިން އެއިލާހު ހުސްޠާހިރުވަންތަވެވޮޑިގެންވެއެވެ.”

 ރ- ލޯބިވުމުގައި ޝިރުކުކުރުން: ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “وَمِنَ النَّاسِ مَنْ يَتَّخِذُ مِنْ دُونِ اللَّهِ أَنْدَادًا يُحِبُّونَهُمْ كَحُبِّ اللَّهِ وَالَّذِينَ آَمَنُوا أَشَدُّ حُبًّا لِلَّهِ وَلَوْ يَرَى الَّذِينَ ظَلَمُوا إِذْ يَرَوْنَ الْعَذَابَ أَنَّ الْقُوَّةَ لِلَّهِ جَمِيعًا وَأَنَّ اللَّهَ شَدِيدُ الْعَذَابِ”  البقرة: ١٦٥  މާނަ: “އަދި ﷲ ފިޔަވައި ޝަރީކުންތަކެއް ހިފައި އިޚްތިޔާރުކޮށްގެން އުޅޭބަޔަކު (އެބަހީ ﷲ ނޫން އެހެން ފަރާތްތަކަށް އަޅުކަންކުރާ ބަޔަކު) މީސްތަކުންގެ ތެރޭގައިވެއެވެ. އެމީހުން އެމީހުންގެ އެޝަރީކުންތަކަށް ﷲ އަށް ލޯބިކުރާފަދައިން ލޯބިކުރެއެވެ. އަދި އެކަމަކު އީމާންވީ މީސްތަކުން ﷲ އަށް ލޯބިވާލެއް މާބޮޑެވެ. އަދި ޝަރީކުކުރި މީސްތަކުންނަށް ޤިޔާމަތްދުވަހުން ޢަޛާބުފެންނަ ހިނދު އެންމެހާ ބާރަކާއި އާރެއް ޚާއްޞަވެ މިލްކުވެވޮޑިގެންވަނީ ހަމައެކަނި ﷲ އަށް ކަން އެމީހުންނަށް އެނގޭނެ ނަމައެވެ.”

 2- ކުޑަޝިރުކު: ކުޑަޝިރުކަކީ ދެއްކުންތެރިކަމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “فَمَنْ كَانَ يَرْجُوا لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا”  الكهف: ١١٠  މާނަ: “ފަހެ އެމީހަކު އެމީހަކުގެ ރައްބާ ބައްދަލުވުމަށް އެދޭމީހާ ނުވަތަ އެކަމަށް ބިރުވެތިވާމީހާ އެމީހާ ޞާލިޙު ޢަމަލު ކުރާހުށިކަމެވެ. އަދި އޭނާ އޭނާގެ ރައްބުގެ އަޅުކަމުގައި ހަމައެކައްޗެއްވެސް ބައިވެރިނުކުރާށެވެ. އެއިލާހަށް ޝަރީކުނުކުރާށެވެ.”

 3- ވަންހަނާވެގެންވާ ޝިރުކު: މިކަމުގެ ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިބަސްފުޅެވެ. “الشِّرْكُ فِي هَذِهِ الأُمَّةِ أَخْفَى مِنْ دَبِيْبِ النَّمْلِ عَلىَ صَفَاةِ سَوْدَاءَ، فِي ظُلْمَةَ اللَّيلِ” (رواه ابن أبي حاتم في ” التفسير ” (1/62) قال ابن حجر : سنده قوي . ” العجاب في بيان الأسباب ” (ص/51) ، وقال مؤلف تيسير العزيز الحميد (ص 587) : وسنده جيد . وحسن إسناده الدكتور حكمت بشير في ” الصحيح المسبور من التفسير بالمأثور(1/121)) ” މާނަ: “ރޭގަނޑުގެ އަނދިރީގައި ކަޅުހިލަގަނޑެއްގެ މަތީ ހިނި ހިރޭ ފިޔަވަޅުތަކަށްވުރެ ބޮޑަށް މިއުއްމަތުގައި ޝިރުކު ވަންހަނާވެގެންވެއެވެ.”

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =

ދަލާއިލުއްތައުޙީދިގެ ކުރީގެ ލިޔުންތައް ވިދާޅުވުމަށް