[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީންނަކީ ޙަޤީޤަތެކެވެ. ޚުރާފާތެއްނޫނެވެ. 14

ބައެއް ޖަނަވާރުތަކަށް ޝައިޠާނުން ފެނެއެވެ.

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘްކުރެއްވިއެވެ.إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ فَإِنَّهَا رَأَتْ مَلَكًا وَإِذَا سَمِعْتُمْ نَهِيقَ الْحِمَارِ فَتَعَوَّذُوا بِاللَّهِ مِنْ الشَّيْطَانِ فَإِنَّهُ رَأَى شَيْطَانًا (متفق عليه) “ތިޔަބައިމީހުންނަށް ހާ ގޮވާއަޑު އިވޭހިނދު، ފަހެ ﷲގެ ފަޟްލަވަންތަކަމަށް އެދި އެއިލާހަށް ދަންނަވާށެވެ. ފަހެ ހަމަކަށަވަރުން އެއަށް(ހާލަށް) މަލާއިކަތްބޭކަލަކު ފެނިއްޖެއެވެ. (އެބަހީ، އޭތި ގޮވާނީ މަލާއިކަތްބޭކަލަކު ފެނުމުންނެވެ.) އަދި ތިޔަބައިމީހުންނަށް ޙިމާރުގެ ހަޅޭކުގެ އަޑު އިވޭހިނދު، ފަހެ ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދި ﷲތަޢާލާގެ ޙަޟްރަތަށް ދަންނަވާށެވެ. ފަހެ ހަމަކަށަވަރުން އެއަށް (ޙިމާރަށް) ޝައިޠާނަކު ފެނިއްޖެއެވެ. (އެބަހީ، އޭތި ހަޅޭއްލަވާނީ ޝައިޠާނަކު ފެނުމުންނެވެ.)”

ޝައިޠާނުން އުޑުގެ ޚަބަރުތައް ވަގަށް އަޑުއެހުން

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. أَخْبَرَنِى رَجُلٌ مِنْ أَصْحَابِ النَّبِىِّ -صلى الله عليه وسلم- مِنَ الأَنْصَارِ أَنَّهُمْ بَيْنَمَا هُمْ جُلُوسٌ لَيْلَةً مَعَ رَسُولِ اللَّهِ -صلى الله عليه وسلم- رُمِىَ بِنَجْمٍ فَاسْتَنَارَ فَقَالَ لَهُمْ رَسُولُ اللَّهِ -صلى الله عليه وسلم- : مَاذَا كُنْتُمْ تَقُولُونَ فِى الْجَاهِلِيَّةِ إِذَا رُمِىَ بِمِثْلِ هَذَا. قَالُوا: اللَّهُ وَرَسُولُهُ أَعْلَمُ كُنَّا نَقُولُ وُلِدَ اللَّيْلَةَ رَجُلٌ عَظِيمٌ وَمَاتَ رَجُلٌ عَظِيمٌ فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم-  : فَإِنَّهَا لاَ يُرْمَى بِهَا لِمَوْتِ أَحَدٍ وَلاَ لِحَيَاتِهِ وَلَكِنْ رَبُّنَا تَبَارَكَ وَتَعَالَى اسْمُهُ إِذَا قَضَى أَمْرًا سَبَّحَ حَمَلَةُ الْعَرْشِ ثُمَّ سَبَّحَ أَهْلُ السَّمَاءِ الَّذِينَ يَلُونَهُمْ حَتَّى يَبْلُغَ التَّسْبِيحُ أَهْلَ هَذِهِ السَّمَاءِ الدُّنْيَا ثُمَّ قَالَ الَّذِينَ يَلُونَ حَمَلَةَ الْعَرْشِ لِحَمَلَةِ الْعَرْشِ مَاذَا قَالَ رَبُّكُمْ فَيُخْبِرُونَهُمْ مَاذَا قَالَ – قَالَ – فَيَسْتَخْبِرُ بَعْضُ أَهْلِ السَّمَوَاتِ بَعْضًا حَتَّى يَبْلُغَ الْخَبَرُ هَذِهِ السَّمَاءَ الدُّنْيَا فَتَخْطَفُ الْجِنُّ السَّمْعَ فَيَقْذِفُونَ إِلَى أَوْلِيَائِهِمْ وَيُرْمَوْنَ بِهِ فَمَا جَاءُوا بِهِ عَلَى وَجْهِهِ فَهُوَ حَقٌّ وَلَكِنَّهُمْ يَقْرِفُونَ فِيهِ وَيَزِيدُونَ (رواه مسلم) “ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޞަޙާބީބޭކަލުންގެ ތެރެއިން އަންޞާރިއްޔަ ބޭކަލަކު ތިމަންކަލޭގެފާނަށް ކިޔައިދެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއެކު އެއްރެއަކު އެބޭކަލުން ތިއްބަވަނިކޮށް ތަރިއެއް ފޮނުވާލެވުނެވެ. އެހިނދު ވިދައިގެންދިޔައެވެ. ދެންފަހެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެބޭކަލުންނަށް ހަދީޘްކުރެއްވިއެވެ. މިފަދަ އެއްޗެއް ފޮނުވާލެވޭހިނދު ތިޔަބައިމީހުން ޖާހިލިއްޔަ ޒަމާނުގައި ބުނެއުޅުނީ ކީކޭހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. އެންމެމޮޅަށް ދެނެވޮޑިގަންނަވަނީ ﷲއެވެ. އަދި އެއިލާހުގެ ރަސޫލާއެވެ. (މިފަދަ އެއްޗެއް ފެންނަ ހިނދު) ތިމަންބޭކަލުން ބުނަމުން އައީ މިރޭ މާތް މީހަކު އުފަންވެއްޖެއެވެ. އަދި މާތް މީހަކު މަރުވެއްޖެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ފަހެ ހަމަކަށަވަރުން އެއީ މީހަކު އުފަންވުމުން ނުވަތަ މަރުވުމުން ފޮނުވޭ އެއްޗެއް ނޫނެވެ. އެހެނެއްކަމަކު މަތިވެރިވެވޮޑިގެންވާ އަޅުގަނޑުމެންގެ ވެރިއިލާހު، ކަމަކަށް އިރާދަކުރައްވައިފިހިނދު އަރުޝި އުފުއްލަވާ މަލާއިކަތްބޭކަލުން އެއިލާހަށް ތަސްބީޙަ ދަންނަވައެވެ. ދެންއެއަށްފަހު އެބޭކަލުންނާއި އެންމެ ކައިރީގައިވާ އުޑުގެ އަހުލުވެރިން ތަސްބީޙަ ދަންނަވައެވެ. މިގޮތަށް (ހުރިހާ އުޑެއްގެ އަހުލުވެރިން ތަސްބީޙަ ދަންނަވަމުން އައިސް) ދުނިޔޭގެ އުޑުގެ އަހުލުވެރިންވެސް ތަސްބީޙަ ދަންނަވައެވެ. ދެންފަހެ އަރުޝި އުފުއްލަވާ މަލާއިކަތްބޭކަލުންނާއި އެންމެކައިރީގައިވާ އުޑުގެ އަހުލުވެރިން އެބޭކަލުންނަށް ދަންނަވައެވެ. ތިޔަބައިމީހުންގެ ވެރިރައްބު އެންގެވީ ކޮންކަމެއް ހެއްޔެވެ؟ ދެންފަހެ ﷲތަޢާލާ އެންގެވީ ކޮންކަމެއްކަން އެބޭކަލުން ކިޔައިދެއްވައެވެ. (ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ) ޙަދީޘްކުރެއްވިއެވެ. ދެންފަހެ ކޮންމެ އުޑެއްގެ އަހުލުވެރިންވެސް ޖެހިގެންއޮތް އުޑުގެ އަހުލުވެރިންގެ އަރިހުން އެ ޚަބަރު އައްސަވަމުންގޮސް ދުނިޔޭގެ އުޑާއި ހަމަޔަށް އެޚަބަރު އާދެއެވެ. އެހިނދު ޖިންނީންތައް އެޚަބަރު އަޑުއެހުމުން ވައްކަން ކުރެއެވެ. (އެބަހީ ސިއްރުން އެ ޚަބަރުތައް އަޑުއަހައެވެ.) އަދި އެއަށްފަހު އެބައިމީހުންގެ ބައިވެރިން(ސިޙުރުވެރިންނާއި ކާހިނުން)ގެ ގާތަށް އެ ޚަބަރު ގެންދެއެވެ. ދެން މި ތަރިތައް އެބައިމީހުންނާ ދިމާލަށް ފޮނުވާލެވެއެވެ. ފަހެ އެބައިމީހުން ގެންނަ ޚަބަރުތަކުގެ ތެރެއިން އެއްވެސް އުނިއިތުރެއް ނުކުރާ ޚަބަރުތަކަކީ ތެދެވެ. އެހެނެއްކަމަކު އެބައިމީހުން ދޮގުހަދައި އެއަށް (އެތައް ވާހަކަތަކެއް) އިތުރުކުރާނެއެވެ. (އެބަހީ، އުނިއިތުރު ނުކޮށް އެބައިމީހުން އެޚަބަރުތައް ނުގެންނާނެއެވެ.)”

ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ތިމަންކަމަނާ ދެންނެވީމެވެ. يَا رَسُولَ اللَّهِ إِنَّ الْكُهَّانَ كَانُوا يُحَدِّثُونَنَا بِالشَّىْءِ فَنَجِدُهُ حَقًّا قَالَ: تِلْكَ الْكَلِمَةُ الْحَقُّ يَخْطَفُهَا الْجِنِّىُّ فَيَقْذِفُهَا فِى أُذُنِ وَلِيِّهِ وَيَزِيدُ فِيهَا مِائَةَ كَذْبَةٍ (رواه مسلم) ” އޭ ﷲގެ ރަސޫލާއެވެ! ކާހިނުންތައް އަހަރެމެންނަށް ކަންތައްތަކާއި ބެހޭގޮތުން ޚަބަރުތައް ދީއުޅުނެވެ. އަދި އެމީހުން ބުނާގޮތަށް އެކަންތައް ވާތަން އަހަރެމެންނަށް ފެނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. އެއީ ވަގަށްނަގައި، ޖިންނި އޭނާގެ ބައިވެރިއާއަށް (ކާހިނުމީހާއަށް) ގެންގޮސްދޭ ޙައްޤު ކަލިމައެވެ. އަދި (އެ ކަލިމަ ގެންގޮސްދޭއިރު) އެއަށް ސަތޭކަ ދޮގު އިތުރުކުރާނެއެވެ.” 

– ނުނިމޭ –

________________________

އަޞްލު: وِقَايَةُ الْإِنْسَانِ مِنْ الْجِنِّ وَالشَّيْطَانِ

މި ސިލްސިލާގެ އެހެން ބައިތައް ބެއްލެވުމަށް