[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެން ތައުބާވާން ބޭނުން، އެކަމަކު… 4

މަތިވެރި ތައުބާއެއް

މިތަނުގައި އަޅުގަނޑުމެން ޛިކުރުކޮށްލާނީ މިއުންމަތުގެ ކުރިއަރައަރައިގެންދިޔަ ޖީލު ތައުބާވިގޮތުގެ މިޘާލެކެވެ. އެއީ ރަސޫލުﷲ صلى الله عليه وسلم ގެ އަޞްޙާބުންނެވެ.

عَنْ بُرَيْدَةَ رضي الله عنه: أَنَّ مَاعِزَ بْنَ مَالِكٍ الأَسْلَمِىَّ أَتَى رَسُولَ اللَّهِ -صلى الله عليه وسلم- فَقَالَ: (يَا رَسُولَ اللَّهِ إِنِّى قَدْ ظَلَمْتُ نَفْسِى وَزَنَيْتُ، وَإِنِّى أُرِيدُ أَنْ تُطَهِّرَنِى، فَرَدَّهُ فَلَمَّا كَانَ مِنَ الْغَدِ أَتَاهُ، فَقَالَ: يَا رَسُولَ اللَّهِ إِنِّى زَنَيْتُ. فَرَدَّهُ الثَّانِيَةَ، فَأَرْسَلَ رَسُولُ اللَّهِ -صلى الله عليه وسلم- إِلَى قَوْمِهِ، فَقَالَ ((أَتَعْلَمُونَ بِعَقْلِهِ بَأْسًا؟ تُنْكِرُونَ مِنْهُ شَيْئًا؟))، فَقَالُوا: مَا نَعْلَمُهُ إِلاَّ وَفِىَّ الْعَقْلِ، مِنْ صَالِحِينَا فِيمَا نُرَى، فَأَتَاهُ الثَّالِثَةَ، فَأَرْسَلَ إِلَيْهِمْ أَيْضًا، فَسَأَلَ عَنْهُ فَأَخْبَرُوهُ: أَنَّهُ لاَ بَأْسَ بِهِ وَلاَ بِعَقْلِهِ، فَلَمَّا كَانَ الرَّابِعَةَ حَفَرَ لَهُ حُفْرَةً، ثُمَّ أَمَرَ بِهِ فَرُجِمَ.

قَالَ: فَجَاءَتِ الْغَامِدِيَّةُ، فَقَالَتْ: يَا رَسُولَ اللَّهِ إِنِّى قَدْ زَنَيْتُ فَطَهِّرْنِى، وَإِنَّهُ رَدَّهَا، فَلَمَّا كَانَ الْغَدُ، قَالَتْ: يَا رَسُولَ اللَّهِ لِمَ تَرُدُّنِى؟ لَعَلَّكَ أَنْ تَرُدَّنِى كَمَا رَدَدْتَ مَاعِزًا، فَوَاللَّهِ إِنِّى لَحُبْلَى، قَالَ: ((إِمَّا لاَ، فَاذْهَبِى حَتَّى تَلِدِى))، قَالَ: فَلَمَّا وَلَدَتْ أَتَتْهُ بِالصَّبِىِّ فِى خِرْقَةٍ، قَالَتْ: هَذَا قَدْ وَلَدْتُهُ، قَالَ: ((اذْهَبِى فَأَرْضِعِيهِ حَتَّى تَفْطِمِيهِ))، فَلَمَّا فَطَمَتْهُ أَتَتْهُ بِالصَّبِىِّ فِى يَدِهِ كِسْرَةُ خُبْزٍ، فَقَالَتْ: هَذَا يَا رَسُولَ اللَّهِ قَدْ فَطَمْتُهُ، وَقَدْ أَكَلَ الطَّعَامَ، فَدَفَعَ الصَّبِىَّ إِلَى رَجُلٍ مِنَ الْمُسْلِمِينَ، ثُمَّ أَمَرَ بِهَا فَحُفِرَ لَهَا إِلَى صَدْرِهَا، وَأَمَرَ النَّاسَ فَرَجَمُوهَا، فَيُقْبِلُ خَالِدُ بْنُ الْوَلِيدِ بِحَجَرٍ فَرَمَى رَأْسَهَا فَتَنَضَّحَ الدَّمُ عَلَى وَجْهِ خَالِدٍ فَسَبَّهَا، فَسَمِعَ نَبِىُّ اللَّهِ -صلى الله عليه وسلم- سَبَّهُ إِيَّاهَا، فَقَالَ: ((مَهْلاً يَا خَالِدُ! فَوَالَّذِى نَفْسِى بِيَدِهِ لَقَدْ تَابَتْ تَوْبَةً لَوْ تَابَهَا صَاحِبُ مَكْسٍ “وهو الذي يأخذ الضرائب” لَغُفِرَ لَهُ)). رواه مسلم.

ބުރައިދާ رضي الله عنه ރިވާކުރެއްވިއެވެ: ހަމަކަށަވަރުން މާޢިޒް ބުން މާލިކު އަލްއަސްލަމީ ރަސޫލުﷲ صلى الله عليه وسلم ގެ އަރިހަށް އައިސް ދެންނެވިއެވެ: “އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުން އަޅުގަނޑުގެ އަމިއްލަ ނަފްސަށް އަނިޔާވެރިވެ ޒިނޭކޮށްފީމެވެ. ކަލޭގެފާނު އަޅުގަނޑު ޠާހިރުކޮށް ދެއްވާށެވެ.” ފަހެ އެކަލޭގެފާނު އޭނާ ފޮނުވާލެއްވިއެވެ.

ފަހެ ޖެހިގެން އައިދުވަހުވެސް އެކަލޭގެފާނުގެ އަރިހަށް އޭނާ އައިސް ދެންނެވިއެވެ: ” އޭ ﷲގެ ރަސޫލާއެވެ.  ހަމަކަށަވަރުންވެސް އަޅުގަނޑު ޒިނޭކޮށްފީމެވެ.” އެކަލޭގެފާނު ދެވަނަ ފަހަރަށް އޭނާ ފޮނުވާލެއްވިއެވެ.

ފަހެ ރަސޫލުﷲ صلى الله عليه وسلم އޭނާގެ ޤައުމުގެ މީހުން ބަލާފޮނުވިއެވެ. (ނުވަތަ އެބައިމީހުންގެ ގާތަށް މީހަކު ފޮނުއްވިއެވެ.) ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭނާގެ ބުއްދި ހަމަނުޖެހޭކަން ތިޔަބައިމީހުންނަށް އެނގޭހެއްޔެވެ؟ ތިޔަބައިމީހުން އޭނާގެ ކިބައިން އެއްވެސްކަމަކަށް އިންކާރުކުރަން ހެއްޔެވެ؟” އެމީހުން ދެންނެވިއެވެ. “ތިމަންމެންނަށް އޭނާއަކީ ބުއްދި ހަމަޖެހޭމީހެއްގެގޮތުގައި މެނުވީ އެނގިފައިނުވެއެވެ. އޭނާ ވަނީ ތިމަންމެންގެ ޞާލިޙުންގެ ތެރެއިންނެވެ.” ފަހެ އެކަލޭގެފާނުގެ އަރިހަށް އޭނާ ތިންވަނަ ފަހަރަށް އައެވެ. އަދި ރަސޫލުﷲ صلى الله عليه وسلم އޭނާގެ ޤައުމުގެ މީހުން ވެސް ބަލާ ފޮނުވިއެވެ. (ނުވަތަ އެބައިމީހުންގެ ގާތަށް މީހަކު ފޮނުއްވިއެވެ.) ފަހެ އޭނާއާއި ބެހޭގޮތުން ސުވާލުކުރުމުން އޭނާގެ ބުއްދީގައި މައްސަލައެއްނެތްކަމަށް އެމީހުން ޚަބަރުދިނެވެ. ހަތަރުވަނަ ދުވަހު އޭނާއަށް ވަޅެއްކޮނުނެވެ. ދެންފަހެ އޭނާ ރަޖަމުކުރަން އަމުރުކުރެއްވިއެވެ.

(ބުރައިދާ رضي الله عنه) ވިދާޅުވިއެވެ. (ރަސޫލުﷲ صلى الله عليه وسلم ގެ އަރިހަށް) އަލްޣާމިދިއްޔާ(ޣާމިދު ޤަބީލާގެ އަންހެންމީހާ) އައެވެ. ފަހެ އެކަމަނާ ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުން ތިމަން ޒިނޭކޮށްފީމެވެ. ތިމަން ޠާހިރުކޮށްދެއްވާށެވެ.” އެކަލޭގެފާނު އެކަމަނާ އަނބުރާ ފޮނުވާލެއްވިއެވެ.

ފަހެ އެކަމަނާ އަނެއް ދުވަހު އައިސް ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ތިމަންކަމަނާ ފޮނުވާލެއްވީ ކީއްވެގެންތޯއެވެ؟ މާޢިޒް ފޮނުވާލިގޮތަށް ތިމަންކަމަނާވެސް ފޮނުވާލައްވަނީތޯއެވެ؟ ފަހެ ﷲ ގަންދީބުނަމެވެ. ތިމަންކަމަނާ ބަނޑުބޮޑެވެ.” އެކަލޭގެފާނު ދެންނެވިއެވެ. “ނޫނެކެވެ. (ތިބާގެ އަމިއްލަނަފްސު ފޮރުވުމަށް ނޭދޭކަމަށްވާނަމަ) ކަމަނާ ވިހަންދެން އެނބުރިދާށެވެ.”

ފަހެ އެކަމަނާ ވިހެއުމުން ދަރިފުޅު ފޮތިގަނޑަކަށްލައިގެން އެކަލޭގެފާނުގެ އަރިހަށް އައެވެ. އަދި ދެންނެވިއެވެ. “މިއޮތީ ތިމަން ވިހޭ ދަރިއެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެކުއްޖާއަށް ކިރުދޭން ދާށެވެ. ކިރުތުނބުން ވަކިވުމުން އަންނާށެވެ.”

އެކުއްޖާއަށް ކިރުދީ ނިމުމުން އެކުއްޖާ ގޮވައިގެން އައި އިރު އެކުއްޖާގެ އަތުގައި ރޮށިފަޅިއެއް އޮތެވެ. ފަހެ އެކަމަނާ ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުން އޭނާ ކިރުތުނބުން ވަކިވެއްޖެއެވެ. އަދި ހަމަކަށަވަރުން އޭނާ މިހާރު ކާބޯތަކެތި ކައެވެ.” ފަހެ މުސްލިމުންގެ ތެރެއިން މީހަކާ އެކުއްޖާ ހަވާލުކުރިއެވެ. ދެން އެކަމަނާ މެއާހަމައަށް ވަޅެއް ކޮންނަން އަމުރުކުރެއްވިއެވެ. އަދި މީސްތަކުންނަށް އެކަމަނާ ރަޖަމުކުރުމަށް އަމުރުކުރެއްވުމުން އެކަމަނާ ރަޖަމުކުރެވުނެވެ. ޚާލިދު ބުން ވަލީދު ވަޑައިގެން ހިލައެއް ނަންގަވާ އެކަމަނާގެ ބޮލަށް އެއްލިއެވެ. އަދި އެކަމަނާގެ ލޭ ޚާލިދުގެފާނުގެ މޫނުފުޅަށް ބުރިއެވެ. އަދި ޚާލިދުގެފާނު އެކަމަނާއާދިމާއަށް އިހާނެތިކޮށް ބަސްފުޅު ވިދާޅުވިއެވެ. އެކަމަނާއާ ދިމާއަށް ޚާލިދުގެފާނު އެއްޗެތިކީ އަޑު ﷲގެ ނަބިއްޔާ صلى الله عليه وسلم އަށް އިވިވަޑައިގަތެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭ ޚާލިދެވެ! ތިމަންކަލޭގެފާނުގެ ނަފްސުފުޅު އެއިލާހެއްގެ އަތްޕުޅުގައިވާ ފަރާތްގަންދީ ބުނަމަވެ. ހަމަކަށަވަރުން މަކްސްގެ މީހަކުވެސް(އެއީ ޓެކްސް ނަގާމީހުން)، އެކަމަނާވިފަދަ ތައުބާއަކުން ތައުބާވިނަމަ، އެމީހެއްގެ ފާފަވެސް ފުހެވުނީހެވެ.”

ދެންއެއަށްފަހު އެކަމަނާގެ މައްޗަށް (ކަށު)ނަމާދުކުރުމަށް އަމުރު ކުރެއްވިއެވެ. އަދި ވަޅުލެވުނެވެ.

އަދި އެހެން ރިވާޔަތެއްގައިވެއެވެ.

فَقَالَ عُمَرُ: يَا رَسُولَ اللَّهِ رَجَمْتَهَا ثُمَّ تُصَلِّي عَلَيْهَا؟ فَقَالَ: ((لَقَدْ تَابَتْ تَوْبَةً لَوْ قُسِمَتْ بَيْنَ سَبْعِينَ مِنْ أَهْلِ الْمَدِينَةِ وَسِعَتْهُمْ، وَهَلْ وَجَدْتَ شَيْئًا أَفْضَلَ مِنْ أَنْ جَادَتْ بِنَفْسِهَا لِلَّهِ عَزَّ وَجَلّ)). رواه عبد الرزاق في مصنفه ٧/٣٢٥

ފަހެ ޢުމަރުގެފާނު ވިދާޅުވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. އޭނާ ރަޖަމުކޮށްފަ ދެންއެއަށްފަހު އޭނާގެ މައްޗަށް (ކަށު)ނަމާދު ކުރައްވަނީ ހެއްޔެވެ؟” ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން އެކަމަނާގެ ތައުބާ މަދީނާގެ އަހުލުވެރިންގެތެރެއިން ހަތްދިހަ މީހުންނަށް ބަހާލިޔަސް އެބައިމީހުންނަށް ފުދޭނެއެވެ. ﷲއަށްޓަކައި އެކަމަނާގެ  ނަފްސުން ޤުރުބާންވިމީހަކަށްވުރެ ހެޔޮމީހަކުވާކަން ތިބާ ދެކުނިންހެއްޔެވެ؟”1

-ނުނިމޭ-

_________________________________

[1]  މިޙަދީޘްއިން ބައެއް މީހުންނަށް ދޭހަވާގޮތުގައި ޒިނޭގެ ފާފައަށް އަރައިގަނެވިއްޖެމީހާ، ތައުބާވާނަމަ އަމިއްލައަށް ކޯޓުގައި އެދިގެން އޭނާގެ މައްޗަށް ޙައްދުޤާއުމުކުރަންޖެހެއެވެ. އަދި އެއީ އޭނާ ތައުބާވުމުގެ ޝަރުތެކެވެ. ނަމަވެސް މިއީ ކުށްހީއެކެވެ. އެހެންފާފަތަކޭ އެއްގޮތަށް ޒިނޭގެ ފާފައަށްވެސް އަރައިގަނެވިއްޖެމީހާ، އޭނާ ފުރިހަމަ ތައުބާއަކުން ތައުބާވެއްޖެނަމަ ﷲ ތަޢާލާ އޭނާގެ ތައުބާ ޤަބޫލުކުރައްވާނެއެވެ. އަދި އޭނާ އެފާފަކުރިކަން އަމިއްލައަށް ކޯޓަށް އަންގާކަށްނުޖެހޭނެއެވެ. މިދެޞަޙާބީބޭފުޅުންގެ ތައުބާއާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އިމާމް އައްނަވަވީ رحمه الله ވިދާޅުވެފައިވެއެވެ.

” ފަހެ (މީހަކު) ބުނެފާނެއެވެ. މާޢިޒު رضي الله عنه އާއި ޣާމިދު ޤަބީލާގެ އަންހެން މީހާ رضي الله عنها،  ތައުބާވުމުން ފުއްދާނުލެއްވީކީއްވެހެއްޔެވެ. އެއީ އެދެބޭކަލުންވެސް ބޭނުންވިކަން (ތައުބާވުމުން) ޙާޞިލުވީހެވެ. އެއީ ފާފަ ފޮހެލުމެވެ. އަދި ކިޔެއްހެއްޔެވެ. އެކަމަށް އިޤުރާރުވުމުގައި އެދެބޭކަލުން މެދުނުކެނޑިތިއްބެވިއެވެ. އަދި ރަޖުމުވުން އިޚްތިޔާރުކެއްވިއެވެ.

ފަހެ އެކަމުގެ ޖަވާބަކީ: ޙައްދުޤާއިމުކުރެވިއްޖެނަމަ ފާފައިން ބަރީއަތްވެ އެފާފަ ފޮހެވުން އެއީ ކޮންމެ ޙާލެއްގައިވެސް ޔަޤީންކަމެކެވެ. ޚާއްޞަކޮށް ނަބިއްޔާ صلى الله عليه وسلم ގެ އަމުރުފުޅަށް ޙައްދު ޤާއިމުކުރެވުމުންނެވެ.

ނަމަވެސް ތައުބާވެއްޖެނަމަ އެތައުބާއަކީ އިޚްލާޞްތެރިތައުބާއަކަށް ނުވުމުގެ ބިރު އެބައޮތެވެ. އަދި ތައުބާގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއްވެސް އުނިވުމުގެ ބިރުއެބައޮތެވެ. ފަހެ އޭގެ ސަބަބުން އެކުށާއި އެކަމުގެ ފާފަ ދާއިމަށް އޭނާއާއެކު ވެދާނެއެވެ. ފަހެ އެބޭކަލުން އިޚްތިމާލުއޮތް(ދެކޮޅަށްކިރޭފަދަ) މަގު ދޫކޮށް އިޚްތިޔާރުކެއްވީ އެކަމުން ބަރީއަތްވުމުގައި ޔަޤީންކަން އޮތް މަގެވެ. والله أعلم [شرح مسلم للنووي / مجلد:١١ / ص: ١٩٩ / طبعة: دار المؤيد]

މިލިޔުމުގެ އެހެން ބައިތައް ބައްލަވާ