[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަޢުވަތު ސިލްސިލާ: 05 (ބުރުޤާއެޅުންވެސް ކުޅިވަރަކަށް…)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ﷲ ސުބުޙާނަހޫ ވަތަޢާލާ މުއުމިނުތަކުންނަށް އަމުރުކުރައްވާފައިވާ މުހިއްމު އެއްކަމަކީ އެބައިމީހުންގެ ޢަވްރަތަކަށް ރައްކާތެރިވުމެވެ. މިގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މުއުމިނު އަންހެން ބޭކަނބަލުން ޙިޖާބުތައްއަޅައި ނިވާވުމަށް އަންގަވާފައެވެ. އެއިލާހުގެ ޙައްޤުމަގުން އާދަމުގެ ދަރިން އެއްކިބާކުރުމުގެ މަސައްކަތުގައި ޝައިޠާނާ ބޭނުންވާ އެންމެ މުހިއްމު ލަނޑިތަކުގެ ތެރޭގައި، އާދަމުގެ ދަރިންގެ ޢަޥްރަތައް ކަޝްފުކުރުންވެއެވެ.

މިހާރަކަށް އައިސް އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ތަފާތުގޮތްގޮތަށް ބުރުގާއަޅާ އުޚްތުން އުޅޭކަން ހިތާމައާއެކު ފާހަގަކޮށްލަންޖެހެއެވެ. ބައެއް އުޚްތުން ބުރުޤާ އަޅާ ގޮތަކީ އިސްލާމްދީނުގައިވާ ޢަވްރަނިވާކުރުމުގެ ގޮތްތަކާ ޚިލާފުގޮތްތަކެއްކަންވެސް ފާހަގަކޮށްލަންޖެހެއެވެ.  އެގޮތުން މިލީފްލެޓަކީ މިޢަމަލާމެދު ސަމާލުކުރުވުމަށާއި، އެކަން އިޞްލާޙުކުރުމަށްޓަކައި ނަޞޭޙަތެއްގެގޮތުން ތައްޔާރުކުރެވިފައިވާ ލީފްލެޓެކެވެ.

 ދުޢާއަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ މި ލީފްލެޓްގެ ފައިދާ ވީހާވެސް ގިނަބަޔަކަށް ފޯރުކޮށްދެއްވުމެވެ.

ލީފްލެޓް ޑައުންލޯޑުކުރައްވާ

ދަޢުވަތު ސިލްސިލާގެ އެހެނިހެން ބައިތައް