[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިން އަޞްލާއި އޭގެ ދަލީލުތައް 1

بسم الله الرحمن الرحيم

 الحمد لله والصلاة والسلام على رسول الله

ތަޢާރަފު

ޘަލާޘަތުލް އުޞޫލި ވަ އަދިއްލަތުހާ (ތިން އަޞްލާއި އޭގެ ދަލީލުތައް) އަކީ ޝައިޚުލް އިސްލާމްގެ މަތިވެރި ލަޤަބު އެރުވިގެންވާ އިސްލާމްދީނުގެ މުޖައްދިދު އިމާމު މުޙައްމަދު ބިން ޢަބްދިލް ވައްހާބު ރަޙިމަހުﷲ ލިޔުއްވާފައިވާ ކުރު ރިސާލާއެކެވެ. މިރިސާލާ ބިނާކުރައްވާފައިވަނީ ކަށްވަޅުގައި އިންސާނާއާ ކުރެއްވޭނެކަމަށް ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޚަބަރުކުރައްވާފައިވާ ތިން ސުވާލުގެ ޖަވާބުގެ މައްޗަށެވެ. އެއީ ތިމާގެ ވެރި ރައްބު މަޢުރިފާކޮށް ދެނެގަތުމާއި އެއިލާހުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަޢުރިފާކޮށް ދެނެގަތުމާއި އިސްލާމްދީން މަޢުރިފާކޮށް ދެނެގަތުމެވެ.

 ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކިބައިން ވާގިއެދި ހުރެ މިފަށައިގަންނަނީ މި ރިސާލާގެ ޝަރަޙަ ދިވެހިބަހުން ހުށަހަޅާލުމުގެ މަސައްކަތެވެ. ދުޢާއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ މިކަމަށް މިއަޅާއަށް ތައުފީޤުދެއްވާ މިޢަމަލަކީ ޤަބޫލުކުރެވިގެންވާ ޢަމަލެއްކަމުގައި ލެއްވުމެވެ. އަދި މީގެ ފައިދާ އަޅުގަނޑުގެ ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންނަށް ފުރިހަމަގޮތުގައި ދެއްވުމެވެ. وما توفيقي إلا بالله وهو حسبي ونعم الوكيل.

 އަޅުގަނޑު މިޝަރަޙަ ލިޔުމުގައި އެންމެ މުހިއްމު މަޞްދަރުތަކެއްގެ ގޮތުގައި ބަލާލުމަށް ޤަޞްދުކޮށްފައިވަނީ މިފޮތުގެ މިލިޔާ ޝަރަޙަތަކެވެ.

 ހ. ޝަރްޙު ޘަލާޘަތިލް އުޞޫލި –ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ ބިން ބާޒް

ށ. ޝަރްޙު ކިތާބު ޘަލާޘަތިލް އުޞޫލި – ޞާލިޙް ބިން ޢަބްދުލްޢަޒީޒް އާލްޝައިޚް

ނ. ތައިސީރުލް ވުޞޫލް ޝަރްޙު ޘަލާޘަތިލް އުޞޫލް – ޢަބްދުލްމުޙްސިން ބިން މުޙައްމަދުލް ޤާސިމް

ރ. ޝަރްޙު އަލްއުޞޫލުއް ޘަލާޘާ – ޢަބްދުލް ޢަޒީޒް ބިން ޢަބްދިﷲ އައްރާޖިޙީ

ބ. ޙުޞޫލުލް މައުމޫލި ބިޝަރްޙި ޘަލާޘަތިލް އުޞޫލި – ޢަބްދުﷲ ބިން ޞާލިޙް އަލްފައުޒާން

ޅ. ޙާޝިޔަތު ޘަލާޘަތިލް އުޞޫލް – ޢަބްދުއްރަޙްމާން ބިން މުޙައްމަދު ބިން ޤާސިމް

ކ. ޝަރްޙު އަލްއުޞޫލުއް ޘަލާޘާ – ޞާލިޙް ބިން ފައުޒާނުލް ފައުޒާން

އ. ތަސްހީލުލް ވުޞޫލި އިލާ ޘަލާޘަތިލް އުޞޫލި – މުޙައްމަދު އައްޠައްޔިބު އަލްއަންޞާރީ

ވ. ޝަރްޙު ޘަލާޘަތުލް އުޞޫލި – މުޙައްމަދު ބިން ޞާލިޙް އަލްއުޘައިމީން

މ. އިތްޙާފުލް ޢުޤޫލި ބިޝަރްޙިއް ޘަލާޘަތިލް އުޞޫލި – ޢުބައިދު ބިން ޢަބްދިﷲ ބިން ސުލައިމާން އަލްޖާބިރީ

ފ. ޝަރްޙު ޘަލާޘަތިލް އުޞޫލި – މުޙައްމަދު އަމާނުލް ޖާމިއްޔި

ދ. ޠަރީޤުލް ވުޞޫލް އިލާ އީޟާޙި ޘަލާޘަތިލް އުޞޫލް – ޒައިދު ބިން މުޙައްމަދު ބިން ހާދީ އަލްމަދްޚަލީ

(ނުނިމޭ)

ދެވަނަ ބަޔަށް ދޭ