[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: މިސްކިތުގައި ނަމާދުކުރާ އަންހެނުންނަށް އިމާމުމީހާ ފެނުމަކީ ޝަރުޠެއްނޫން

މިސްކިތުގައި ނަމާދުކުރާ އަންހެނުންނަށް އިމާމުމީހާއާއި މައުމޫމުން ނުފެންނަގޮތަށް ހުންނަ މިސްކިތްތަކުގައި ނަމާދުކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟ އެކަނބަލުންނަށް ހަމައެކަނި އިވެނީ އަޑެވެ. މިކަމުގައި އަޅުގަނޑުމެންނަށް ފަތުވާދެއްވާދެވެ. جَزَاكُمُ اللهُ عَنَّا وَعَنِ المسْلِمِيْنَ خَيْراً

…މިމައްސަލަ އިތުރަށް ބަޔާންކޮށްދިނުމުގެ ގޮތުން އަޅުގަނޑު ދަންނަވަމެވެ:

ފުރަތަމައީ: މައުމޫމުމީހާ މިސްކިތްތެރޭގައިވާނަމަ ފަހެ ކޮންމެ ޙާލެއްގައިވެސް އޭނާ އިމާމުމީހާއާއެކު ފުރިހަމަކުރުން ޞައްޙަވާނެއެވެ. އެއީ އޭނާއަށް އިމާމުފެނުނުނަމަވެސް އަދި ނުފެންނަ ނަމަވެސްއެވެ. އަދި މައުމޫމުން ފެނުނުނަމަވެސް ނުވަތަ ނުފެނުނު ނަމަވެސްއެވެ. އެހެނީ އެއީ އެއްތަނެކެވެ.

އޭގެ މިޘާލަކީ: މައުމޫމުމީހާ މަތީބުރީގައިވެފައި ނުވަތަ ތިރީ ބުރީގައި ވެފައި، އިމާމުމީހާ މަތީ ބުރީގައިވުމެވެ. ނުވަތަ އެދެމުދުގައި ފާރެއް ނުވަތަ ފަރުދާއެއް ހުރަހެއްގެ ގޮތުގައިވުމެވެ.

ދެވަނައީ: މިސްކިތްތެރޭގައި ތަނަވަސްކަމާއި ޖާގަހުރެ މައުމޫމުމީހާ މިސްކިތުން ބޭރުގައި ނަމާދުކޮށްފިނަމަ އޭނާ އިމާމުމީހާއާއެކު ނަމާދު ފުރިހަމަކުރުން ޞައްޙައެއްނުވާނެއެވެ. އެއީ އިމާމުމީހާ ނުވަތަ މައުމޫމުން ފެނުނުނަމަވެސްއެވެ. ނުވަތަ އެތަނުން އެކަކު ނުފެނުނުނަމަވެސްއެވެ. އެހެނީ ވާޖިބުވެގެންވަނީ ޖަމާޢަތް އަދާކުރެވޭ ތަނަކީ އެއްތަނަކަށްވުމެވެ.

ތިންވަނައީ: މިސްކިތުން ޖާގައެއްނުލިބުމުން [ނަމާދުކުރުމަށް] ބޭރުގައިވީނަމަ، ފަހެ ޞަފުތައް މިސްކިތުގެ ސަފުތަކާ ގުޅިގެންގޮސްފައިވާނަމަ އެބައިމީހުންވަނީ މިސްކިތް ތެރޭގައިވާ ބައެއްފަދައިންނެވެ.

ފަޟީލަތުއްޝައިޚު މުޙައްމަދު އިބްނު ޞާލިހުލް ޢުޘައިމީން رحمه الله

___________________________________

ޢަރަބިބަހުން މިލިޔުމުގެ އަޞްލު ޑައުންލޯޑްކުރައްވާ: ލިންކު