[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަޅުކަމަކީ ދުޢާއެވެ.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މީސްތަކުން ތެރެއިން ޝިރުކުގެ ތެރެއަށް ވަދެފައިވާ މީހުން އެންމެބޮޑަށް ޝިރުކުގެ ތެރެއަށް ވަދެފައިވަނީ އެބައިމީހުން ދަންނަވާ ދުޢާތަކުގެ ތެރެއިންނެވެ. މިއީ އެންމެ ފާޅުކަންބޮޑު، އެންމެ ގިނަބަޔަކު ޝިރުކުގެ ތެރެއަށް ވަދެފައިވާ ދިމާލެވެ. އެބައިމީހުންގެ އެ ޢަމަލު އެބައިމީހުންނަށް ޝައިޠާނާ ޒީނަތްތެރިކޮށްދެތެވެ. އެޒީނަތުގެ ސަބަބުން އެބައިމީހުން އެތިބީ ޙައްޤު މަގުގައިކަމަށް އެބައިމީހުންނަށް ހީކުރެވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެންމެ ނުރުއްސަވާ ފާފައަށް އަރައިގެނެވެމުންދާއިރު ރޭކާވެސްނުލައެވެ. މިބައިމީހުންގެ ޖާހިލުކަމާއި، އަމިއްލައެދުން ޙައްޤުގެ މަގަށް އެނބުރި އައުމަށް ހުރަސްއަޅައެވެ. އެހެންކަމުން، ކޮންމެ މުސްލިމަކަށް އެންމެ މުހިއްމުވެގެންވާ ކަމަކީ ދީން އުނގެނި، ޝިރުކާއި ޝިރުކުގެ މަގުން އެއްކިބާވުމެވެ. ތައުޙީދާއި، ތައުޙީދު މަގުދައްކާގޮތަށް ތަބާވުމެވެ.

މިފޮތަކީ، ދުޢާއާއި، ދުޢާގެ މަތިވެރިކަމާއި، ދުޢާއާ ﷲ އެއްކައުވަންތަކުރުމާ ދެމެދުގައިވާ ގުޅުމާއި، ދުޢާގެ ތެރެއަށް ޝިރުކު ވަންނަގޮތާއި، ދުޢާގައި ޝިރުކުކުރާމީހުންގެ ޝުބުހަތަކަށް ރައްދު އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާފޮތެކެވެ.

ދުޢާއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ މިފޮތުގެ ފައިދާ އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ފޯރުކޮށްދެއްވުމެވެ. އާމީން.

ފޮތުގެ ނަން:  އަޅުކަމަކީ ދުޢާއެވެ.

ލިޔެ ޖަމާކުރީ:  މުޙައްމަދު ސިނާން

ޞަފްޙާގެ ޢަދަދު: 54 ޞަފްޙާ (A4 ސައިޒް).

ފައިލް ސައިޒް: 1.91 MB

ފޮތް ޑައުންލޯޑުކުރައްވާ