ޝަރުޢީ ރުޤްޔާއަށް ޚާއްޞަ ޞިއްޙީ މަރުކަޒެއް ހުޅުވުން ހުއްދަވާނެހެއްޔެވެ؟
ޝަރުޢީ ރުޤުޔާގައި އައުލާވެގެންވަނީ އެކަން ފުޅާދާއިރާއަކަށް ތަނަވަސްކޮށް އިތުރުނުކުރުމަށެވެ. ނަމަވެސް ރުޤްޔާ ރަނގަޅަށް ހަދަން އިނގޭ ކޮންމެ މީހާކުވެސް ފަރުދީގޮތުން އެކަން ކުރުމަށް ދޫކޮށްލެވިފައިވެއެވެ.
ޞިއްޙީ މަރުކަޒެއްފަދައިން ނުވަތަ އެފަދަ ތަނެއްގޮތަށް ހެދުމާ ބެހޭގޮތުން ދަންނައެވެ. މިއީ މިކަމުގައި މުބާލަޣާކުރުމެވެ.(1) މިކަމުގެ ޝަރުޢީ މިންގަނޑުން ބޭރެވެގެންދާ ސަބަބެއްކަމުގައި މިކަންވުން އެކަށީގެންވެއެވެ.
سماحة الشيخ عبد العزيز بن عبد الله بن محمد آل شيخ – حفظه الله –
مجلة البحوث الإسلامية / عدد: 59 / الإصدار: من ذي القعدة إلى صفر لسنة 1420 هــ
_______________________________________
1 مبالغة ކުރުމަކީ: ކަމެއްގައި މާ މައްޗަށް ދިޔުމެވެ. ނުވަތަ ހައްދުފަހަނައެޅުމެވެ. ބައްލަވާ المعجم الوسيط
މިފަތުވާގެ އަޞްލު ބައްލަވާ: ލިންކު