[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: އަމިއްލަ ބޭނުމަށް ބޭނުންކުރާ ކާރުގެ ޒަކާތް ދޭކަށްނުޖެހޭނެ

(ސ 386)އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ކާރުގެ ޒަކާތް ނެރެންޖެހޭނެ ހެއްޔެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އޭގެ ޒަކާތެއްނުވެއެވެ. ރަނުން ނުވަތަ ރިހިން ހަދާފައިވާ ގަހަނާ ފިޔަވާ، އިންސާނާގެ އަމިއްލަ ބޭނުމަށް ބޭނުންކުރާ އެއްވެސް އެއްޗެއްގެ ޒަކާތްނެރޭކަށް ނުޖެހޭނެއެވެ. އެއީ ކާރެއްވިޔަސް ޖަމަލެއް ވިޔަސް އަދި ދަނޑުވެރިކަމުގައި ބޭނުންކުރާ އާލަތެއްނަމަވެސް އެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘްފުޅުގެ ސަބަބުންނެވެ.

((لَيْسَ عَلَى الْمُسْلِمِ فِى عَبْدِهِ وَلاَ فَرَسِهِ صَدَقَةٌ)).[أخرجه البخاري، كتاب: الزكاة / باب: ليس على المسلم في عبده صدقة (1464)، ومسلم ،كتاب: الزكاة / باب: لا زكاة على المسلم في عبده وفرسه (982).]

މާނައީ: “މުސްލިމަކު ގެންގުޅޭ އަޅެއްގެ ނުވަތަ އަހެއްގެ ޒަކާތް ނެރުމެއް އޭނާއަކަށް ނުވެއެވެ.”

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله

فتاوى أركان الإسلام / ص: ٤٣٦ / طبعة: دار الثريا للنشر