[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަޢުވަތު ސިލްސިލާ: 09 (ޢީދު މީލާދު ފާހަގަކުރުން)

foto meelaadh

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިސްލާމްދީނަކީ ފުރިހަމަ ދީނެކެވެ. އަދި ހުރިހާ ޒަމާނަކާ ތަނަކަށްވެސް އެކަށީގެންވާ ދީނެކެވެ. ރަސޫލާ صلى الله عليه وسلم އަވަހާރަވެވަޑައިގެންނެވިއިރު އެކަލޭގެފާނުވަނީ އުންމަތަށް ފައިދާހުރި އެންމެހާ ކަމެއް އުނގަންނަވާ ދެއްވާފައެވެ. އަދި ހަމައެފަދައިން އުންމަތަށް ގެއްލުންހުރި އެންމެހާ ކަންތައްތަކުން ރައްކާތެރިވުމަށްވެސް އެކަލޭގެފާނުވަނީ އިރުޝާދުދެއްވާފައެވެ.

ދީނަށް އަލަށް އިތުރުކުރުވޭ ކޮންމެކަމަކީ މަގުފުރެދުމުގެ ތެރެއިން ހިމެނިގެންދާ ކަންތައްތަކެވެ.

މިގޮތުން ރަސޫލާ صلى الله عليه وسلم ގެ ޢީދު މީލާދު ފާހަގަކުރުމަކީ ގިނަ ބަޔަކަށް ނޭނގިނަމަވެސް، އިސްލާމީ އުންމަތުގައި ކޮށްއުޅޭ ބިދުޢައެކެވެ. މިފަދަ ކަންތައްތައްކުރާ މީހުންނަށް މިކަމުގެ ނުބައިކަމާ އަދި ނުރައްކާތެރިކަން ބަޔާންކޮށްދިނުމަކީ ޙައްޤު އެނގޭ މީހުންގެ މައްޗަށް އޮތްކަމެކެވެ.

ވީމާ ވީހާވެސް ގިނަބަޔަކަށް މިކަމުގެ ޙަޤީޤަތް  ބަޔާންކޮށްދީ، އިސްލާމީ އުންމަތުން ޝިރުކާއި ބިދުޢަތަކުން ސަލާމަތްކުރުމަށް ކުރެވެމުންދާ މަސައްކަތުގައި ގިނަ ބަޔަކު ބައިވެރިވުމަކީ އަޅުގަނޑުމެން އެދޭ އެދުމެވެ. އޭރުން އެކަމުގެ ހެޔޮ ނަތީޖާ إن شاء الله ފެނިގެންދާނެއެވެ.

އޭﷲ އަޅަމެންގެ އުންމަތް ޝިރުކާއި ބިދުޢައިގެ އަނދިރިކަމުން ސަލާމްކުރައްވާނދޭވެ!

 ލީފްލެޓް ޑައުންލޯޑުކުރައްވާ

 

ދަޢުވަތު ސިލްސިލާގެ އެހެނިހެން ބައިތައް