[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބަވީ އިރުޝާދުތަކުގެ ތެރެއިން 26

hadis

عَنَ ابْنِ عُمَرَ رَضِيَ الله عَنْهُمَا قَالَ : قَالَ رَسُوْلُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ : (( لاَ تَمْنَعُوا نِسَاءَكُمْ المَسَاجِدَ، وَبُيُوْتُهُنَّ خَيْرٌ لَهُنَّ )). [رواه أبوداود وحسنه الألباني في صحيح أبي داود رقم: ٥٧٦]

ޙަދީޘްގެ މާނަ :

އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

” އަންހެން ކަނބަލުން މިސްކިތަށް ދިޔުން ތިޔަބައިމީހުން މަނާނުކުރާށެވެ. އެކަނބަލުންނަށް، އެކަނބަލުންގެ ގެތައް ހެޔޮކަން ބޮޑުވެގެންވެއެވެ.”

މިޙަދީޘް ގެންނަވާފައިވަނީ އަބޫދާވޫދެވެ.

މިޙަދީޘުން ލިބޭ ބައެއް ފައިދާ :

* މިޙަދީޘުން ދޭހަވާގޮތުގައި އަންހެންކަނބަލުންނަށް ނަމާދުކުރުމަށް އެންމެ ހެޔޮކަން ބޮޑުވެގެންވަނީ އެކަނބަލުންގެ ގޭގައެވެ.

* އަންހެންވކަނބަލުންނަށްވެސް މިސްކިތަށްގޮސް ނަމާދުކުރުމުގެ ހައްޤުވލިބިގެންވާކަމާއި އެކަނބަލުންނަށް ރައްކާތެރިކަމާއިއެކު މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހުންނަން ޖެހޭނެކަން މިޙަދީޘުން ފާހަގަ ކުރެވެއެވެ.