[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފާފަ ފުއްސެވޭކަންތައްތައް – 3

48787

توبة ވުމުގެ ޝަރުތުތައް.

އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ކޮންމެ ފާފައަކުންވެސް ތައުބާ ވުމަކީ ވާޖިބު ވެގެންވާކަމެކެވެ. އަދި ކުރެވިފައިވާ ފާފައަކީ، މީސްތަކުންގެ ޙައްޤާއި ގުޅިފައިނުވާ، ހަމައެކަނި ﷲތަޢާލާއާއި އެ އަޅަކާއި ދެމެދު ކުރެވިފައިވާ ކަމެއްނަމަ ތައުބާވުމަށްޓަކައި 3 ޝަރުތެއްފުރިހަމަވާން ޖެހެއެވެ. އެއީ

1- ފާފަކުރުން ހުއްޓާލައި އެކަމުން އެއްކިބާވުން.

2- ފާފައަށް އަރައިގަނެވުނު ކަމުގެ މައްޗަށް ދެރަވެ ހިތާމަކުރުން.

3- އަލުން އަނބުރައި އެފަދަ ފާފައަކަށް ދުވަހަކުވެސް އަރައިނުގަތުމަށް ޢަޒުމުކަނޑައެޅުން.

މިތަނުން އެއްވެސް ޝަރުތެއްފުރިހަމަ ނުވާކަމުގައިވާނަމަ، އޭނާގެ ތައުބާ ފުރިހަމައެއްނުވާނެއެވެ. އަދި، ކުރެވިފައިވާ ފާފައަކީ މީހެއްގެ ހައްޤަކާއި ގުޅިފައިވާ ކަމެއްކަމުގައިވާނަމަ، އިތުރު ޝަރުތެއްވާކަމުގައި އިމާމު ނަވަވީ ރަޙިމަހުﷲ ބަޔާންކުރައްވާފައި ވެއެވެ. އެއީ،

4- މީހެއްގެ ހައްޤެއްވާނަމަ އެހައްޤެއް އަދާކޮށް އެކަމަކުން އޭނާގެ ހިތް ޚަލާޞް ހޯދުން. އެބަހީ އޭނާގެ މުދަލެއް އަތުލައިފައިވާނަމަ އެ އަނބުރާ ރައްދު ކޮށްދިނުމެވެ. ނުވަތަ ގަޛުފު ކުރުން އަދި ޣީބަބުނުން ކަހަލަ ކަމެއް ކުރެވިފައިވާނަމަ އޭނާގެ ކިބައިން މާފަށްއެދުމެވެ. މިކަމުގެ ސަބަބުން އެއަށްވުރެ ބޮޑު ފަސާދައަކަށް ދޮރުހުޅުވިގެންދާފަދަ ކަމަކަށް ނުވާނަމައެވެ.

ހުރިހާފާފަ އަކުން ތައުބާނުވެ ބައެއްފާފަތަކުން ތައުބާވި ކަމުގައިވާނަމަވެސް އެތައުބާއެއް ޞައްޙަވެދާހުއްޓެވެ. އެހެން ނަމަވެސް ހުރިހާ ފާފައަކުންވެސް ތައުބާ ވުމަކީ ވާޖިބުވެގެންވާ ކަމެކެވެ.

– ނުނިމޭ-
މި ލިޔުމުގެ އިތުރު ބައިތައް ވިދާޅުވުމަށް