[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ރޯދަވެރިޔާ އިޙްތިލާމުވެއްޖެނަމަ…

ރޯދަވެރިއަކު އިޙްތިލާމުވެއްޖެނަމަ އޭނާގެ ރޯދަ ޞައްޙަވާނެ ހެއްޔެވެ؟ [1]

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އާއެކެވެ. އޭނާގެ ރޯދަ ޞައްޙަވާނެއެވެ. ފަހެ ހަމަކަށަވަރުން އިޙްތިލާމުވުމަކީ ރޯދަ ބާޠިލުކުރާ ކަމެއްނޫނެވެ. އެހެނީ އެއީ އިންސާނާގެ އިޚްތިޔާރެއްނެތި ވާކަމެކެވެ. ހަމަކަށަވަރުން އޭނާ ނިދާފައި އޮންނަ ޙާލު އޭނާގެ ކިބައިންވަނީ ގަލަން އުފުލިގެންނެވެ…

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله

فتاوى أركان الإسلام / ص: ٤٨۰/ طبعة: دار الثريا للنشر

_________________________________________________

[1] އިޙްތިލާމުވުމަކީ: ނިދީގައި ކުރިމަތިފަރާތުން މަނިބޭރުވުމެވެ. އެކަން މެދުވެރިވެއްޖެނަމަ ރޯދަނުގެއްލުނުކަމުގައި ވިޔަސް ފެންވެރުން ވާޖިބުވާނެއެވެ. އެހެނީ އޭނާ އެހެރީ އިޙްތިލާމުވުގެ ސަބަބުން ބޮޑު ޙަދަޘްވެރިވެފައެވެ.