[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަނގަޅުގޮތުގައި އަނބިމީހާ ގެންގުޅުން

Orange-Heartsއެބަހީ ތިމާ ކައިބޮއިހަދާ ފެންވަރަށް އަނބިމީހާއަށްވެސް ކާންދިނުމެވެ. ތިމާ ފޭރާންލައި އުޅޭ ނިސްބަތަކުން އަނބިމީހާއަށްވެސް ފޭރާންދީ ނިވައިކޮށްދިނުމެވެ. އޭގެ މާނައަކީ ތިމާ ގަމީސްބުރި ލައި ޓައީބައްދާފައި ހުންނަފަދައިން އަނބިމީހާވެސް ގަމީސް ބުރި ލައްވާ ޓައީ ބައްދުވަންވީ ވާހަކައެއް ނޫނެވެ. އެޔާ މުޅިން ޚިލާފަށް އިސްލާމްދީނުގައި އަންހެނުންގެ ހެދުން ބަހައްޓަންޖެހޭ ގޮތަށް ތިމާގެ ފެންވަރުގެ ނިސްބަތުގައި ބެހެއްޓުމެވެ. އެއީ ފޭރާމުގެ ގިނަމަދުމިނާއި މޮޅުދެރަކަމުގެ ނިސްބަތުން ތިމާގެ ފެންވަރުގެ  ވާހަކައެވެ. އަދި ނުވަތަ ތިމާގެ އަނބިމީހާ ރީތި ފޭރާންލައްވައި ޒީނަތްތެރިކުރުވާ ހިތްވާ މީހަކު އެކަންކުރުމީވެސް މަނާކަމެއް ނޫނެވެ. ދެރަކޮށް އަދި މަދުކޮށްލުން ރަނގަޅެއް ނުވާނެއެވެ. ކޮންމެ ފެންވަރެއްގެ ހެދުމެއްނަމަވެސް މުޅި ހަށިގަނޑު ނިވާވާ އިސްލާމީ ޞޫރަތުގެ ހެދުމެކެވެ. ކެއިން ބުއިމާއި އެހެނިހެންކަންކަންވެސް މިފަދައެވެ. މިފަދަ ހުރިހާކަމެއްގައި ބަލަންޖެހޭ މޮޓޯއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ

وَعَاشِرُوهُنَّ بِالْمَعْرُوفِ-  النساء: ١٩

 މާނައީ: “އަންހެނުންނާ މެދު ރަނގަޅު ހެޔޮގޮތުގައި ކަލޭމެން ކަންތައް ކުރާށެވެ”. މި މަޢުނަވީ ބަސްފުޅުގެ ތެރޭގައި ހުރިހާ ބާވަތެއްގެ ހެޔޮކަމެއް އެކުލެވިގެންވެއެވެ. ނަމަވެސް އެއީ އިސްލާމްދީން ޤަބޫލުކުރާ ހެޔޮކަންކަމެވެ. އެނޫން ހެޔޮކަމެއް ނޫނެވެ.

ޙަކީމް ބުނު މުޢާވިޔަތު އަލްޤުޝައިރީ އެކަލޭގެފާނުންގެ ބައްޕަގެ ކިބައިން ރިވާ ކުރައްވާފައިވެއެވެ. އެބައްޕަ ވިދާޅުވިއެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމުގެ އަރިހުގައި ތިމަންކަލޭގެފާނުން ސުވާލުކުރީމެވެ. އަނބިންނަށްޓަކައި ފިރިންގެ މައްޗަށް ވާޖިބުވާ ޙައްޤު ތަކަކީ ކޮބައިތޯއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. أَنْ تُطْعِمَهَا إِذَا طَعِمْتَ وَتَكْسُوَهَا إِذَا اكْتَسَيْتَ وَلاَ تَضْرِبْ الْوَجْهَ وَلاَ تُقَبِّحْ وَلاَ تَهْجُرْ إِلاَّ فِي الْبَيْتِ(އަބޫދާއޫދު 2128)  “އެއީ ތިބާ ކައިގެން ހުރިނަމަ އޭނާއަށްވެސް ކާން ދިނުމެވެ. އަދި ތިބާ ފޭރާންލާ ނިވާވެގެން ހުރިނަމަ އޭނާވެސް ނިވައިކޮށްދިނުމެވެ. އަދި އެކަނބަލުންގެ މޫނުގައި ނުޖަހާށެވެ. އަދި އެކަނބަލުންނަށް ހަޑިހުތުރު އެއްޗެތި ނުކިޔާށެވެ. އަދި ގޭގައި އުޅޭއިރު މެނުވީ އެކަނބަލުންނާއި ވަކިނުވާށެވެ. ނުވަތަ އެކަނބަލުން އެހެން ގެއަކަށް ނުފޮނުވާށެވެ”. މިއެވެ.