[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: ކޮއްކޮގެ ކުޅޭއެއްޗެހީގެ ސަބަބުން…

toysކިޔާން ރޮނީއެވެ. ބައްޕަ ގެއަށްވަދެ ކުޑަކުޑަކިޔާން ކުރެން އަހާލިއެވެ. “ދަރިފުޅު ކީއްވެ ތި ރޮނީ؟؟؟”

ޖަވާބުގައި އެންމެ ހަތަރު އަހަރުކިޔާން ރޮމުން ބުންޏެވެ. “މަންމަ ވެއްޓުނީ”

އެހެންބުނެ ސިޓިންގ ރޫމްގައި ހުރި ކިޔާންގެ ކޮޓަރިއަށް އިޝާރާތްކޮށް ކޮޓަރިއަށް ދިޔައެވެ. އޭރުކިޔާންގެ މަންމަ ބޮލުގައި ގަނޑުފެންއަޅަނީއެވެ.

ކިޔާންގެ ބައްޕައަހާލިއެވެ. “މަންމަ ވެއްޓުނީ ކީއްވެ؟” ޖަވާބުގައި ދެލޯފޮހެމުން ކިޔާން ބުންޏެވެ.

” މަންމަ ވެއްޓުނީ ކޮއްކޮގެ ކުޅޭ އެއްޗެހީގެ ސަބަބުން. ކޮއްކޮ ކުޅެފައި ކުޅޭއެއްޗެހި ނުނަގާ ހުއްޓާ މަންމަ ފައިން އެރި ކައްސާލާފައި ވެއްޓުނީ. މަންމާ! ބައްޕާ! އަޅުގަނޑަށް މަޢާފްކުރައްވާ! އަޅުގަނޑުދެން އަބަދުވެސް މަންމަ އާއި ބައްޕަ ބުނުއްވާގޮތަށް ކުޅެ ނިންމާފައި ކުޅޭ އެއްޗެހި ނަގާނަން.”

މަންމަ ކިޔާން ގަޔާ ކައިރިކޮށްލިއެވެ. އަދި ބުންޏެވެ. “އާދޭ. މަންމަގެ ބޮލުގައި ގަނޑުފެން އަޅާދޭން. ކުޅޭއެއްޗެހި ނަގަން ހަނދާން ނެތުނީ ދޯ.”

ކިޔާން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަދި ކިޔާންގެ ކުޑަކުޑަ ދެއަތުން މަންމަގެ ބޮލުގައި ގަނޑުފެން އަޅައިދޭން ފެށިއެވެ. އަދި އޭގެފަހުން އަބަދުވެސް ކުޅެ ނިންމާފައި ކިޔާން ކުޅޭއެއްޗެހި ނަގައެވެ.