[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: އަލްޢަލްމާނިއްޔަތު ނުވަތަ ސެކިއުލަރިޒަމްގެ ޙަޤީޤަތް

އަލްޢަލްމާނިއްޔަތުގެ (secularism) ޙަޤީޤަތަކީ ކޮބާ ހެއްޔެވެ؟

 

އެބައިމީހުންގެ ޙަޤީޤަތަކީ އެބައިމީހުން އިސްލާމްދީނުން ނަގަނީ އެބައިމީހުންނާ މުނާސަބުވާ އެއްޗެކެވެ. އަދި އެބައިމީހުންގެ މުޖުތަމަޢުއާވެސް މުނާސަބުވާ އެއްޗެކެވެ. އެބައިމީހުންނާ ނުގުޅޭކަމެއްވާނަމަ އެކަމެއް ދޫކޮށްލައެވެ. އަދި އެކަމަކީ މުންކަރާތެއްކަމުގައި އެބައިމީހުންގެ ބޮޑުން ދެކޭ ކަންތައްތަކާއި އެބައިމީހުންގެ މުޖުތަމަޢުތައް ދެކޭކަންތައްތައްވެސް ދޫކޮށްލައެވެ.

ފަހެ ނަމާދާމެދު ފަރުވާކުޑަކުރާ މުޖުތަމަޢުއެއްގައި އުޅޭނަމަ ނަމާދު އެޅުން އެބައިމީހުން ހުއްދަ ކުރެއެވެ. އަދި ނަމާދު ކުރާމީހުން ޖަމާޢަތަށް ނުދިޔަ ނަމަވެސް އެއީ މައްސަލައެއްކަމުގައި އެބައިމީހުން ނުދެކެއެވެ.

އަދި މަސްތުވާ ތަކެއްޗާ، ތުނބުޅި ބޭލުމާ، [ފރިހެނުން ލާ] ހެދުން ދިގުކުރުމާ، ކާފަރުންނަށް މަދަޙަ ޘަނާކިޔުމާއި އެބައިމީހުންނަށް ނަޞްރުދިނުން އެފަދަ މީހުން ހުއްދަކުރެއެވެ.

އަދި ޒިނޭކުރުމާ ރިބާ ކެއުމާ އަދި އެފަދަ އެހެނިހެން ކަންތައްތަކަކީވެސް ހުއްދަ ކަންތައްތައް ކަމުގައި އެބައިމީހުން ބުނާނެއެވެ. އެއީ އެފަދައިން ބުނުމަށް ހިތްވަރު ލިބޭފަދަ ކަންތައްތަކެއް ވާނަމެއެވެ.

އަދި އަންހެނުން ގައިގޯޅިވެ އުޅުމާއި އައުރަ ނިވާނުކޮށް އުޅުމަކީ މިނިވަންކަމޭ އެބައިމީހުން ކިޔާނެއެވެ. އަދި އަންހެނަކު އޭނާގެ ބައްޕަ ނުވަތަ ފިރިމީހާގެ އަމުރެއްނެތި އުޅުމަށްވެސްމެއެވެ.

ފަހެ އެފަދައިން އުޅޭމީހަކަށް ޢަލްމާނީއެއްގެ ނަން ތެދުވެގެން ދެއެވެ. އެއީ ޞާލިޙުންގެ ގާތުގައި އުޅޭއިރު އޭނާއަކީ އިސްލާމްދީނުގައި ވަރުގަދައަށް ހިފަހައްޓާ، އެކަމަށް ފޯރިހުރި މީހެއްކަމުގައި ދައްކާ އުޅުނު ނަމަވެސްއެވެ. އެއީ މުނާފިޤުންވެސް ކަންތައްކޮށް އުޅުނު ގޮތެވެ. އެބައިމީހުންނާ ބެހޭގޮތުން ﷲ ވަޙީކުރެއްވިއެވެ.

﴿وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَوْا إِلَىٰ شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ﴾ [ البقرة ١٤]

މާނައީ: “އަދި އީމާންވި މީހުންނާ އެބައިމީހުން ބައްދަލުވެއްޖެނަމަ، އެބައިމީހުން ބުނެއުޅެނީ، ތިމަންމެން މިތިބީ އީމާން ވެގެންނެވެ. އެބައިމީހުންގެ ޝައިޠާނުންނާ (އެބަހީ: ދެކޮޅުވެރިކަމާއި ކުފުރުވެރިކަމުގައި އެބައިމީހުންގެ ތެރެއިން ކުރިޔަށް ތިބިމީހުންނާ) އެބައިމީހުންން އެއްތަންވެއްޖެނަމަ، އެބައިމީހުން ބުނެއުޅެނީ، ތިމަންމެންވަނީ، ކަށަވަރުންވެސް ތިޔަބައިމީހުންނާ އެކުގައެވެ. ތިމަންމެންނީ، ފުރައްސާރަކުރާ ބަޔަކީމުއެވެ.”

والله أعلم.

ފަޟީލަތުއްޝައިޙް ޢަބްދުﷲ ބުން ޢަބްދުއްރަޙްމާނު އަލްޖިބްރީނު رحمه الله

___________________________________

މިފަތުވާގެ އަޞްލު (ޢަރަބި ބަހުން): ލިންކު