[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް)7

medina

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މަދީނާގެ މިމާތްބިމުގައި މަތިވެރިވެގެންވާ ދެ މިސްކިތެއްވެއެވެ. އެއީ އަލްމަސްޖިދުއްނަބަވީ އާއި އަލް މަސްޖިދުލްޤުބާއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމްގެ މިސްކިތްކޮޅާމެދު ދަންނައެވެ. ފަހެ ހަމަކަށަވަރުން އެތަނުގެ މާތްކަމާބެހޭ ގޮތުން ޙަދީޘްތަކެއް ވާރިދުވެފައިވެއެވެ. އޭގެ ތެރެއިން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމްގެ އަންނަނިވި ޙަދީޘް ހިމެނެއެވެ.

((لاَ تُشَدُّ الرِّحَالُ إِلاَّ إِلَى ثَلاَثَةِ مَسَاجِدَ مَسْجِدِى هَذَا وَمَسْجِدِ الْحَرَامِ وَمَسْجِدِ الأَقْصَى)) رواه البخارى ومسلم   

 މާނައަކީ: “ތިންމިސްކިތަކަށް ފިޔަވާ ދަތުރުކުރުމެއް ނުވެއެވެ. އެއީ ތިމަން ކަލޭގެފާނުގެ މި މިސްކިތާއި (އެބަހީ: މަސްޖިދުއްނަބަވީ) މަސްޖިދުލް ޙަރާމް އާއި  މަސްޖިދުލް އަޤްޞާއެވެ.”

ފަހެ މިމަދީނާގައި ނަބީބޭކަލުން ބިނާކުރެއްވި ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތްވެއެވެ. އެއީ އެ މިސްކިތްތައް ފިޔަވާ އެހެން މިސްކިތްތަކަށް ދަތުރުކުރުން މަނާ މިސްކިތްތަކެވެ. މިމިސްކިތުގައި ކުރެވޭ ނަމާދަކީ އެެހެން މިސްކިތްތަކުގައި ކުރާ އެއްހާސްނަމާދަށްވުރެ ޡަވާބު އިތުރުވެގެންވާ ނަމާދެއްކަން އެނގޭ ޙަދީޘްތައްވަނީ ވާރިދުވެފައެވެ. އެކަލޭގެފާނު ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްްކުރެއްވިއެވެ.

((صَلَاةٌ فِي مَسْجِدِي هَذَا خَيْرٌ مِنْ أَلْفِ صَلَاةٍ فِيمَا سِوَاهُ إِلَّا الْمَسْجِدَ الْحَرَامَ)) رواه البخاري و مسلم

މާނައީ:”ތިމަންކަލޭގެފާނުގެ މިިމިސްކިތްކޮޅުގައި(މަސްޖިދުއްނަބަވީގައި) ކުރާނަމާދު އެހެން މިސްކިތްތަކުގައި ކުރާ އެއްހާސް ނަމާދަށްވުރެ ހެޔޮކަންބޮޑު ވެގެން ވެއެވެ. މަސްޖިދުލް ޙަރާމްގައި ކުރާނަމާދު ފިޔަވައެވެ.”

މިއީ މާތްމަތިވެރިކަމެކެވެ. އަދި އާޚިރަތަށްޓަކައި ޖަމާކުރުމުގެ މޫސުމެެވެ. އެތަނުގައި ފައިދާތައްވަނި ގުނަ ކުރެވިގެންނެވެ. ދިހަގުނައަކުން ސަތޭކަގުނަ އަކުންނޫނެވެ. ނަމަވެސް އެތައްހާސް ގުނައަކަށްވުރެ އިތުރެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ހަމަކަށަވަރުން ވިޔަފާރިވެރިން އެބައިމީހުންނަށް ތަނެއްގައި ވަކިދުވަސްވަރެއްގައި، ވަކި ވަޤުތުތަކެއްގައި އެބައިމީހުންގެ ވިޔަފާރިމުދާ ވިކޭނެނަމަ އެބައިމީހުން އެމޫސުމަށް ތައްޔާރުވެއެވެ.އެއީ ދެބައިކޮށްފަ އެއްބައި ނުވަތަ ދެގުނައަށް ފައިދާ ވިޔަސްވެއެވެ. އެހެންކަމުން އާޚިރަތުގައި ފައިދާލިބިގަތުމަށްޓަކައި އަޅުގަނޑުމެން އަވަސްވެ ނުގަންނަންވީ ކީއްވެގެން ހެއްޔެވެ؟؟ ފައިދާ މިއޮތީ ދިހަގުނައަކުން ސަތޭކަގުނައަކުން ފަސްސަތޭކަގުުނައަކުން ހަސަތޭކަ ގުނައަކުން ނޫނެވެ. އަކި ކިއެއްހެއްޔެވެ. ހާހަށްވުރެވެސް ގިނައިންނެވެ.

=ނުނިމޭ=

މިފޮތުގެ އެހެނިހެން ބައިތައް