[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަނބީން ކައިރީގައި ރޭކުރުމުގެ އަދަބު

Feng_Shui_Bedroom_Colorsއިސްލާމްދީނަކީ މުޅި އިންސާނިއްޔަތުގެ ދީނެވެ. އިންސާނިއްޔަތަށް ފައިދާހުރި އެއްވެސް ކަމެއް އެކަމެއްގެ އިރުޝާދު ދެއްވާފައި ނޫނީ އިސްލާމް ދީން ދޫނުކުރެއެވެ. އިންސާނީ ޙަޔާތުގެ އެންމެ މަތީ ދަރަޖައިގެ ކަންތަކުން ފެށިގެން އެންމެ އާދައިގެ ކަންކަމާ ހަމައަށްވެސް އިސްލާމްދީންގެ އިރުޝާދާއި އެދީނުގެ ތަޢްލީމު ހުސްވެގެން ނުވެއެވެ. ހަމައެފަދައިން އިންސާނީ ޙަޔާތަށް ގެއްލުންހުރި ހުރިހާ ކަމެއްވެސް ސާފުސާފުކޮށް ބަޔާންކޮށް ދެއްވައި އެކަންކަމުން ބިރުގަންނަވާފައި ވެއެވެ. ކުރުކޮށް ދަންނަވާނަމަ އިސްލާމް ދީނަކީ އިންސާނީ ޙަޔާތުގެ ބާއްޖަވެރިކަމެވެ.

މި ޢިބާރާތް ކޮޅުގައި އަޅުގަނޑު މިބަޔާން ކުރަނީ ޙަޔާތުގެ މައިދާނުގެ ވަރަށްވެސް މުހިއްމު ދަނޑިވަޅެއްގައި އިސްލާމްދީން ކުޅެދީފައިވާ ރޯލެކެވެ. އާދެ! ދެމަފިރިވަންތަކަމުގެ ހަރުފަތްގަނޑަށް އެރުމަށްފަހު އެންމެފުރަތަމަ ތިމާ އެފަރާތަކަށް ލެބިލެވޭ ފަރާތްކަމުގައވާ ތިމާގެ އަނބިމީހާގެ ގައިގައި ބީހިއުޅުމުގައި އިސްލާމްދީން ދެއްވާފައިވާ އިރުޝާދެވެ.

އަނބިމީހާއަށް ތިމާގެ އަތުން ކޮންމެވެސް އެއްޗެއް ބޯންދިނުން.

އަންހެންކުއްޖާ ތިމާގެ އަނތްބަކަށްވުމަށްފަހު އެކަނބުލޭގެ ގާތު ރޭކުރުމުގެ ކުރީން އެކަނބުލޭގެ ގާތަށްގޮސް އޭނާއާއި އޯގާވެރިކަމުގެ ވާހަކަ ދައްކައި އަދި ތިމާގެ އަތުން ނަގާފައި ކޮންމެވެސް އެއްޗެއް ބޯންދިނުމީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ފެންނަކަމެކެވެ. މިގޮތުން ދޭން އެންމެ ރަނގަޅީ ކިރުފޮދެކެވެ. ނުވަތަ އެބާވަތުގެ ކޮންމެވެސް އެއްޗެކެވެ. އަލްއިމާމު އަޙްމަދު ބުނު ޙަންބަލް އެކަލޭގެފާނު މުސްނަދުގައި އަސްމާ ބިންތި ޔަޒީދު ބުނުއްސަކަންގެ ކިބައިން ރިވާ ކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ކައިވެނި ބައްލަވައިގަތުމަށްފަހު އެކަމަނާ ޒީނަތްތެރިކުރެއްވުމަށް ތިމަންކަމަނާ ވަޑައިގަތީމެވެ. އަދި ޒީނަތްތެރިވެ ވަޑައިގަތުމަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަޑައިގެން އެކަމަނާގެ އަރިހުގައި އިށީދެވަޑައިގެންފައި ކިރު ޤަދްޙެއް ގެންނަވައި އެކަލޭގެފާނު އެއިން ބައެއް ހިއްޕަވަފާއި ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް އެރުވިއެވެ. ނަމަވެސް އެކަމަނާ ލަދުފުޅުން އިސްތަށިފުޅު ތިރިކުރެއްވީމާ ތިމަންކަމަނާ ދެންނެވީމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަތްޕުޅުން ކަމަނާ ކިރުފޮދު ހިއްޕަވާށެވެ. ދެން އެކަމަނާ ޤަދްޙުގައި ހިއްޕަވައި ކޮންމެވެސް މިންވަރަކަށް އެއިން ކިރުފޮދު ހިއްޕެވިއެވެ.” މިއެވެ. މި ޙަދީޘަކީ ވަރަށްދިގު ޙަދީޘެކެވެ. ވީމާ މި މައުޟޫއާއި ބެހޭނުގުތާ ހަމައެކަނި ލިޔެލީ ދިގުވާތީއެވެ. (މުސްނަދު އަޙްމަދު)

(ނުނިމޭ)