[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުގެ ސަފުތައް އެއްވަރުކުރުމަށް އެންގުމަށް ވާރިދުވެފައިވާ ބައެއް ޞީޣާތައް

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ނަމާދުގެ ސަފުތައް ސީދަލަށް ހެދުމަށް ރަސޫލުﷲ صلى الله عليه وسلم ނުހަނު ބާރު އަޅުއްވާފައިވެއެވެ. އަދި އެކި ޞީޣާތަކުން އެކަލޭގެފާނު صلى الله عليه وسلم އެފަދައިން އަމުރުކުރައްވާފައިވެއެވެ.

ރާއްޖޭގައި ކުރީގައި ނަމާދަށްސަފުތައް ހަދާ އުޅުނުގޮތާ އަޅާކިޔާއިރު މިއަދު ހެދޭ ސަފުތައް ފުރިހަމައެވެ. އަދި ވަރަށް ގިނަ މިސްކިތްތަކުގެ އިމާމުން އެކަމަށް ބާރު އަޅާލެއް ބޮޑުކަންވެސް އުފަލާއެކު ފާހަގަކުރަންޖެހެއެވެ. ނަމަވެސް ރާއްޖޭގައި މިސްކިތްތަކުގެ އިމާމުން ސަފަށްގޮވާއިރު ޢަރަބި ޢިބާރާތްތައް ނުބައިކޮށް ކިޔޭކަން ވަރަށް ގިނައިން ފާހަގަކުރެވެއެވެ. ގިނަފަހަރު އެހެންވުމަށް މެދުވެރިވެފައިވަނީ މިޢިބާރާތްތައް ދަސްވެފައި ހުންނަނީ އެހެން އިމާމުން ކިޔާ ޢިބާރާތްތައް އަޑުއަހައިގެން ކަމަށްވުންވެސް އެކަށީގެންވެއެވެ. އެގޮތުން މިލިޔުމުގައި މި ހިމަނާލަނީ ރަސޫލުﷲ صلى الله عليه وسلم ގެ ސުންނަތުން ޘާބިތުވާ، އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ ބައެއް ޢިބާރާތްތަކެވެ. ދަށު ރޮނގު ދެމިފައި އެވަނީ އެޢިބާރާތްތަކުގައެވެ. މިލިޔުމުގައި ވާރިދުވެފައިވާ ޢިބާރާތްތައް ނޫން އެހެން ޢިބާރާތްތައްވެސް އެކަލޭގެފާނު އަރިހުން ޘާބިތުވެފައިވެއެވެ.

1. عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- (( سَوُّوا صُفُوفَكُمْ فَإِنَّ تَسْوِيَةَ الصَّفِّ مِنْ تَمَامِ الصَّلاَةِ )). [رواه مسلم / كتاب: الصلاة / باب: تسوية الصفوف… / رقم: ١٢٤- (٤٣٣)]

އަނަސް ބުން މާލިކު رضي الله عنه ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.  “ސަފުތައް ސީދާކުރާށެވެ. ފަހެ ހަމަކަށަވަރުން ސަފު ސީދާކުރުމަކީ ނަމާދު ފުރިހަމަވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

2. عَنْ أَنَسٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((سَوُّوا صُفُوفَكُمْ فَإِنَّ تَسْوِيَةَ الصُّفُوفِ مِنْ إِقَامَةِ الصَّلَاةِ)). [رواه البخاري / كتاب: الأذان / باب: إقامة الصف من تمام الصلاة/ رقم: ٧٢٢]

ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަނަސް رضي الله عنه ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ސަފުތައް ސީދާކުރައްވާށެވެ. ފަހެ ހަމަކަށަވަރުން ސަފުތައް ސީދާކުރުމަކީ ނަމާދު ޤާއިމުކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

3. وعن النُّعْمَانَ بْنَ بَشِيرٍ رضي الله عنهما قال : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُسَوِّي صُفُوفَنَا حَتَّى كَأَنَّمَا يُسَوِّي بِهَا الْقِدَاحَ ، حَتَّى رَأَى أَنَّا قَدْ عَقَلْنَا عَنْهُ ثُمَّ خَرَجَ يَوْمًا فَقَامَ حَتَّى كَادَ يُكَبِّرُ ، فَرَأَى رَجُلا بَادِيًا صَدْرُهُ مِنْ الصَّفِّ ، فَقَالَ : (( عِبَادَ اللَّهِ ، لَتُسَوُّنَّ صُفُوفَكُمْ أَوْ لَيُخَالِفَنَّ اللَّهُ بَيْنَ وُجُوهِكُمْ )) . [رواه مسلم / كتاب: الصلاة / باب: تسوية الصفوف… / رقم: ١٢٨].

އައްނުޢުމާނު އިބްނު ބަޝީރު رضي الله عنه އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ދުނިދަނޑިތަކެއް އެއްވަރުކުރައްވާ ފަދައިން ރަސޫލުﷲ صلى الله عليه وسلم އަޅުގަނޑުމެންގެ ސަފުތައް އެއްވަރުކުރައްވައެވެ. އެއީ އެކަލޭގެފާނުގެ އަރިހުން އަޅުގަނޑުމެންނަށް އެކަން ވިސްނިއްޖެކަން އެކަލޭގެފާނަށް ފެނިވަޑައިގަންނަވަންދެނެވެ. ދެން އެއަށްފަހު އެއްދުވަހަކު އެކަލޭގެފާނު ނުކުމެވަޑައިގަތެވެ. ފަހެ ނަމާދަށް ހުއްޓި ތަކުބީރު ކިޔުއްވަން އުޅުއްވަނިކޮށް ސަފަށްވުރެ ބޭރަށް މީހެއްގެ މޭ ނުކުމެފައިވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. ފަހެ ޙަދީޘްކުރެއްވިއެވެ. “ﷲގެ އަޅުތަކުންނޭވެ. ތިޔަބައިމީހުންގެ ސަފުތައް ސީދާކުރާހުށިކަމެވެ. ނޫންނަމަ ﷲ ތިޔަބައިމީހުންގެ މޫނުތައް ބައިބައިކުރައްވަފާނެއެވެ.

 

ވީމާ ސަފުތައް ސީދަލަށް ހެދުމަށް ޖަމާާޢަތުގައި ނަމާދުކުރާ ކޮންމެ މީހަކުވެސް ސަމާލުވާންޖެހެއެވެ. ހަމައެފަދައިން އެކަމަށް އިމާމުން ބާރު އަޅާ ހަނދުކޮށްދޭންޖެހެއެވެ. ދުޢާއަކީ އަޅަމެންގެ އަޅުކަންތަކާއި އަދި އެންމެހާ ޢަމަލުތައް ﷲ ތަޢާލާ ރުއްސަވާ ގޮތަށް ބައްޓަންކުުރުމުގެ ތައުފީޤުދެއްވުމެވެ.